Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޭމްތައް މައްސަލަތައް

ސްކޭމް މައްސަލަތައް: 2021 އިން ފެށިގެން މިހާތަނަށް ގެއްލުނު ފައިސާގެ އަދަދު ގާތްގަނޑަކަށް 57.8 މިލިއަނަށް ވުރެ އިތުރު

ފޯނު ކޯލު މެދުވެރިކޮށް ފުލެޓެއް ލިބިގެން ނޫނީ ކޮންމެވެސް ބިމެއް ލިބިގެން ކަމަށް ބުނެ ސްކޭމް ހިންގާ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2024 | ބުދަ 16:58
އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދާ މައްސަލަތައް އިތުރު

އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދާ މައްސަލަތައް އިތުރު

ސްކޭމްތަކުގެ މައްސަލަތައް ރިކޯޑު ކުރަން ފެށީއްސުރެ މިހާތަނަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު ގާތްގަނޑަކަށް 57.8 މިލިއަނަށް ވުރެ އިތުރު ކަމަށް ފުލުހުން ބުނެފިއެވެ.

ބުދަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މިވަގުތު ކަންބޮޑުވާ އެންމެ ބޮޑު އެއް މައްސަލައަކީ ސްކޭމްގެ މައްސަލަތައް ކަމަށާއި، ސްކޭމްގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅޭ ކަމަށެވެ.

Advertisement - newsAdvertisement

އަބްދުﷲ ރަޝީދު ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ކުށްކުރާ ގޮތާއި، ކުށްކުރާ ވައްޓަފާޅި ބަދަލުވަމުންދާ ކަމަށާއި، އައު ގޮތްތައް ތައާރަފް ވަމުންދާ ކަމަށެވެ. 2000ގެ ތެރޭގައި ސްކޭމްތައް ފެށިފައިވާކަން ފާހަގަކުރައްވައި އަބްދުﷲ ރަޝީދު ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން ރިކޯޑް ބަލަހައްޓަމުންދާ ކަމަށެވެ.

މިހާތަނަށް ސްކޭމްގެ 28003 މައްސަލައެއް ރިކޯޑު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ އެއީ ޖުމްލަ ގެއްލުނު ފައިސާގެ އަދަދަށް ބަލާއިރު، ގާތްގަނޑަކަށް 57 މިލިއަން 8 ލައްކަ ދިވެހި ފައިސާ ކަމަށެވެ. އަދި 64 ލައްކަ ޑޮލަރު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިންގަމުންދާ އެކިއެކި ސްކޭމްތަކަށް އިޝާރާތް ކުރައްވައި އަބްދުﷲ ރަޝީދު ވިދާޅުވީ ފޯނު ކޯލު މެދުވެރިކޮށް ފުލެޓެއް ލިބިގެން ނޫނީ ކޮންމެވެސް ބިމެއް ލިބިގެން ކަމަށް ބުނެ ސްކޭމް ހިންގާ ކަމަށާއި، ފޯނަށް ފޮނުވާ ލިންކެއް ބޭނުންކޮށްގެން މީހާގެ ޕާސަނަލް އިންފޮމޭޝަން ނޫނީ ޕާސަނަލް އެކައުންޓުތަކުގެ އިންފޮމޭޝަންތައް ނަގައިގެން ހެކުކޮށްގެން ކުރާ ސްކޭމްތައް ހިމެނޭ ކަމަށެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ކޮންމެވެސް ޕްރޮމޯޝަނެއް ހިންގާ ކަމަށް ބުނެ ނޫނީ އިނާމެއް ލިބިގެންކަމަށް ބުނެ މެސެޖު ފޮނުވައިގެން ހިންގާ ސްކޭމްތައް ހިމެނޭ ކަމަށާއި، ރިލޯޑު އަދި ރާސްޓަސް މެދުވެރިކޮށް ހިންގާ ސްކޭމްތައް އަދި ނުދަންނަ ނަންބަރަކުން ގުޅައި އާއިލީ ދަންނަ މީހަކަށް ނޫނީ ރައްޓެއްސަކަށް ހެދިގެން ބޭންކު އެކައުންޓަށް ފައިސާ ޖަމާކޮށްދޭން ބުނެ ހިންގާ ސްކޭމްތައް އަދި ސޯޝަލްމީޑިއާގެ އެކިއެކި ޕްޓުފޯމުތަކުގައި ޑޮލަރު ވިއްކަމުންދާ ކަމަށްބުނެ ހިންގަމުންދާ ސްކޭމްތައް ހިމެނޭ ކަމަށެވެ.

ސްކޭމް ހިންގައިގެން ކުރާ ކުށްތަކުގެ ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވައި އަބްދުﷲ ރަޝީދު ވިދާޅުވީ 2022 ވަނަ އަހަރަށްވުރެ 2023 ވަނަ އަހަރު ހުށަހެޅުނު ސްކޭމްގެ މައްސަލަތައް މަދު ކަމަށެވެ.

އެގޮތުން 2022 ވަނަ އަހަރު 1087 މައްސަލަ ކަމަށާއި މިދިޔަ އަހަރު ރިކޯޑު ކުރެވިފައި ވަނީ 971 މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގެއްލުންވި ފައިސާގެ އަދަދަށް ބަލާއިރު 2023 ވަނަ އަހަރު ގެއްލުނު ފައިސާގެ އަދަދު އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު އިތުރު ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޭމްތައް ހުއްޓުވުމަށް ވަރަށް ބައިވަރު މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން އާއްމު ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށާއި، މިޕްރޮގްރާމްތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ.

ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް ޓެކްނޮލޮޖީ ގުޅުންހުރި އިދާރާތަކުގެ އެއްބާރުލުން ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމުގައި ކަމާގުޅުން ހުރި އިދާރާތަކުގެ އެއްބާރުލުން ލިބޭ ކަމަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު