Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހީތުގެ މަރު

މުހީތުގެ މަރު: ކުށް ސާބިތުވި ދެމީހުންނަށް ވަކީލަކު އައްޔަނުކުރަން ހައިކޯޓުން އަނެއްކާވެސް ފުރުސަތެއް ދީފި

31 ޖެނުއަރީ 2024 | ބުދަ 07:23

ކްރިމިނަލް ކޯޓުން 7 މެއި 2019 ގައި ވަނީ މައިމޫނާއި މުހުޖަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖެނުއަރީ 2024 | ބުދަ 07:23
އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުން

އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުން

އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، އެ ޙުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ތިން މީހަކަށް ދައުވާ ކުރިއެވެ. އެއީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއު އެވެ.

ކްރިމިނަލް ކޯޓުން 7 މެއި 2019 ގައި ވަނީ މައިމޫނާއި މުހުޖަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ، މުހީތު މަރުވެފައިވަނީ މުހްޖަތު އަހްމަދު ނާސިހާއި އިތުރު ބަޔަކު ތޫނު އެއްޗަކުން ހަމަލާދިނުމުން ލިބުނު ޒަހަމުތަކަށް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ކްރިމިނަލް ކޯޓުން އެ ދެ މީހުން މެރުމަށް ކޮށްފައިވާ ހުކުމުގައިވާ ގޮތުން މުހީތުގެ ހުރިހާ ވާރިސުން ބޭނުންވަނީ ގާތިލުންގެ ފުށުން ޤިޞާޞް (މަރަށް މަރު) ހިފުމަށެވެ. އަދި އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުގައި ބުނެފައިވާ ގޮތަށް މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ބުދަ ދުވަހު ވަނީ ހައިކޯޓުގައި އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލައިގައި މީގެ ކުރިން ދެފަހަރެއްގެ މަތިން ވަކީލެއް އައްޔަނު ކުރުުމުގެ ފުރުސަތު ދެވިފައިވާއިރު، ބުދަ ދުވަހުގެ އަޑުއެހުމުގައިވެސް މައިމޫނާއި މުހުޖަތު ބައިވެރިވެފައިވަނީ ވަކީލަކާއި ނުލައެވެ. އެމީހުން ވަނީ އަޑުއެހުން ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއެކުގައި ކަމަށް ބުނެފައެވެ.

މި އަޑުއެހުމުގައި އެމީހުން ބުނީ، ވަކީލަކު އައްޔަނުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޯޓަށް އެ މައުލޫމާތު އަދި ލިބިފައިނުވާކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

އެމީހުން ވަނީ ވަކީލުންގެ ފުރުސަތު ހޯދުމުގައި ދަތިތައް ހުރިކަން ފާހަގަކޮށް އެކަން ޝަރީއަތުގައި ހިއްސާކޮށްފައެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު އަބްދުލް މާނިއު ހުސައިން، އިސްފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

ފަނޑިޔާރުން ވަނީ ވަކީލަކު އައްޔަނު ކުރުމަށް އިތުރު ފުރުސަތެއް ދެއްވާފައެވެ.

އަދި ގިނަ ދުވަސްވީ މައްސަލަތަކަށް އިސްކަންދީގެން ހައިކޯޓުން މައްސަލަތައް ބަލަމުންދާއިރު، މި މައްސަލައިގެ ގަޒިއްޔާއަށްވެސް ދުވަސްތަކެއް ވެފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އެގޮތުން މިއީ 2019 ގައި އިސްތިއުނާފު ކުރެވުނު މައްސަލައެއްކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

އަދި ވަކީލަކާއި ނުލައި ހާޒިރުވި ނަމަވެސް، ދެން އޮންނަ އަޑުއެހުން ކުރިއަށް ގެންދަވާނެކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް