Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއަރ އެމްބިއުލާންސްގެ ޚިދުމަތް

ރާއްޖެއާއި ލަންކާއާ ދެމެދު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށަނީ

ރާއްޖެ އާއި ލަންކާއާ ދެމެދު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް ހުއްދަ ދިނުމަށް ފްރޭމްވޯކެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 31 ޖެނުއަރީ 2024 | ބުދަ 01:54
ވަޒީރު މުޙައްމަދު އަމީން، ލަންކާގެ އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ވަޒީރު މުޙައްމަދު އަމީން، ލަންކާގެ އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރާއްޖެއާއި ސްރީލަންކާގެ ދެމެދުގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް ނިންމައިފިއެވެ.

މިކަން ނިންމާފައިވަނީ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ކޮލޮމްބޯއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހު ލަންކާގެ ޕޯޓްސް ޝިޕިން އަދި އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ކުރެއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގެ މައުލޫމާތު ދެއްވަމުން ސިރިޕަލާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކަށާއި ބަލިތަކަށް ފަރުވާ ހޯދުމަށް ބޭނުންވާ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދެ ގައުމުގެ ދެމެދުގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ފެށުމަށް ނިންމާފައިވަނީ އަންނަ މާރިޗު މަހުން ފެށިގެން ކަމަށް ސިރިފަލާ ވިދާޅުވިއެވެ.

ވަޒީރު އަމީނާ ހަވާލާދީ ސިރިފަނާ އިތުރަށް ވިދާޅުވީ، އެމަޖެންސީ ފަރުވާއަށް ރާއްޖެއިން އިންޑިއާއަށް އެކި މީހުން ގެންގޮސްފައިވާ ކަމަށާއި އެހެން ނަމަވެސް ލަންކާގެ އިމަޖެންސީ ފަރުވާގެ ކޮލިޓީއަށް ރިއާޔަތްކޮށް ކުރިއަށް އޮތް ތަނުގައި އެފަދަ ބަލި މީހުން ލަންކާގެ ހޮސްޕިޓަލްތަކަށް ފަރުވާ އަށް ފޮނުވުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން މި ކަމަށް އިޝާރަތްކުރައްވައި ވަޒީރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އާއި ލަންކާއާ ދެމެދު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް ހުއްދަ ދިނުމަށް ފްރޭމްވޯކެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް ވަޒީރު ދެއްވާފައެއް ނުވެއެވެ.

ރާއްޖެއިން ލަންކާއަށް ކުއްލި ޙާލަތުގައި ބަލި މީހުން ގެންދަން ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން އިންޑިޔާއާއި ރާއްޖެއާ ދެމެދު ބޮޑެތި މައްސަލަތަކެއް ޖެހިފައިވާ ދުވަސްވަރެއްގައިއެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2017

ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ

03 ޖޫން 2017
ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ
01 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފި

01 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފި
24 މެއި 2017

ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މެއި 2017
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
21 މެއި 2017

ވިއްސާރަވުމުގެ ސަބަބުން ދެ ފްލައިޓަކަށް އެއަރޕޯޓުގައި ނުޖެއްސުނު

21 މެއި 2017
ވިއްސާރަވުމުގެ ސަބަބުން ދެ ފްލައިޓަކަށް އެއަރޕޯޓުގައި ނުޖެއްސުނު
20 މެއި 2017

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ

20 މެއި 2017
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
24 ޖެނުއަރީ 2017

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު