Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެވިއްޔާ

ރަކިޓިޗްގެ އެއްބަސްވުން ސެވިއްޔާ އިން އުވާލައިފި

އެއްބަސްވުން އުވާލީ ދެ ފަރާތް އެއްބަސްވީ ގޮތެއްގެ މަތިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖެނުއަރީ 2024 | ބުދަ 01:43
ސެވިއްޔާ އަށް ކުޅެމުން އައި އިވާން ރަކިޓިޗް

ސެވިއްޔާ އަށް ކުޅެމުން އައި އިވާން ރަކިޓިޗް

ސްޕެއިންގެ ސެވިއްޔާ އަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗްގެ އެއްބަސްވުން އެ ކުލަބުން އުވާލައިފި އެވެ.

އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ސެވިއްޔާ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރި ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އޭގެ ކުރިން ސެވިއްޔާ އިން މިވަނީ އޭނާގެ އެއްބަސްވުން އުވާލައިފަ އެވެ. އެއީ ދެ ފަރާތް ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ.

ސެވިއްޔާ އިން ރަކިޓިޗްގެ އެއްބަސްވުން އުވާލީ، ސައުދީ ޕްރޯ ލީގުގެ އަލް ޝަބާބަށް އޭނާ ބަދަލުވާށެވެ. އެ ކުލަބަށް ބަދަލުވުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ފުރަތަމަ ބައިގެ ކަންކަން ރަކިޓިޗް ވަނީ ހޯމަ ދުވަހު ފުރިހަމަ ކޮށްފަ އެވެ. އެއަށްފަހު، އަންނަ ހަފުތާގައި ރަސްމީކޮށް އޭނާ އެ ކުލަބާއެކު އެއްބަސްވުމުގައި ސޮއި ކުރާނެ އެވެ. އަލް ޝަބާބާއެކު ރަކިޓިޗް ސޮއި ކުރާނީ އެއް އަހަރާ ބައިގެ އެއްބަސްވުމެއްގައި ކަމަށް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ.

ރަކިޓިޗް އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ސްޕެއިންގެ ބާސެލޯނާގަ އެވެ. އެ ކުލަބުގައި ހޭދަކުރި ހަ ސީޒަންގެ ތެރޭގައި އޭނާ ވަނީ، ބާސެލޯނާ އަށް 310 މެޗު ކުޅެދީ 36 ލަނޑު ޖަހަައިފަ އެވެ. ބާސެލޯނާ އާއެކު އޭނާ ވަނީ 13 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ސްޕެނިޝް ކަޕް، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ. ބާސެލޯނާ އަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅުނީ ވެސް ސެވިއްޔާ އަށެވެ.

ރަކިޓިޗް ވަނީ 2007 ވަނަ އަހަރު ފެށިގެން، 2019 ވަނަ އަަހަރާ ހަމައަށް ކްރޮއޭޝިއާގެ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 106 މެޗު ކުޅެދީ 15 ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު އޭނާ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

16 ޖުލައި 2017

ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ

16 ޖުލައި 2017
ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ
15 ޖުލައި 2017

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު