Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުސްތޫރީ މައްސަލަ

އިންތިޚާބު ކުރުމުގެ ފުރުސަތު ނެތް ބަޔަކު ތިބިކަމަށް ބަލައިގެން ވޯޓެއް ނުނެގޭނެ، މައްސަލައިގެ ތެރެއަށް ވަންނަން ޖެހިއްޖެނަމަ އެކަން ކުރާނެ - އެމްޑީޕީ

މަޖިލީހުން ނިންމާފައިވާ ނިންމުމެއްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެގެން ނުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖެނުއަރީ 2024 | އަންގާރަ 12:55
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މަޖިލީހުގައި ހުސްވެފައިވާ ދާއިރާތަކަށް މެންބަރުން އިންތިޚާބު ނުކުރުމަށް އަންގައި، އަދި އެ މުއްދަތު ވެސް ނެތްއިރު، އިންތިޚާބު ކުރުމުގެ ފުރުސަތު ނެތް ބަޔަކު ތިބިކަމަށް ބަލައިގެން މަޖިލީހުގެ ވޯޓެއްވެސް ނުނެގޭނެ ކަމަށާއި ކޯރަމެއް ވެސް ހަމައެއް ނުކުރެވޭނެ ކަމަށާއި، އަދި މެންބަރުންގެ އަދަދާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަންނަން ޖެހިއްޖެނަމަ އެކަން ކުރާނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބުނެފިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ކޮށްފައި އޮންނަ ކަމެއްގައި، މަޖިލީހުގެ ބާރުގެ ތެރެއަށް އެހެން ބާރަކުން ވަނުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި މިކަމުގައި ގަބޫލުކުރައްވާ ހަމައަކީ، އެކަމުގެ ތެރެއަށް ސުޕްރީމްކޯޓުން ވަދެގެންވެސް ނުވާނެކަމަށް ކަމަށާއި، އަދި އެ މައްސަލައަކީ ބަލައިގަނެވޭނެ މައްސަލައެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނީ އިމުގެ ތެރޭން، ގާނޫނު ހަދާ މަޖިލީހުން ކޮށްފައި ހުންނަ ކަންކަން ގާނޫނެއްގެ ގޮތުގައި ނުވަތަ ގަވާއިދެއްގެ ގޮތުގައި ފާސްވެގެން ދިއުމުން، އެއީ ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ، މަޖިލީހުގެ ޖުމްލަ މެންބަރުން، މިހާރު ގަވާއިދު އިސްލާހުކޮށްފައި އޮތްގޮތް ނޫން ގޮތަކަށް ގުނާނަމަ، އިންތިޚާބު ކުރުމުގެ ފުރުސަތު ނެތް ބަޔަކު އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ބައެއްގެ ގޮތުގައި ގުނައިގެން މަޖިލީހުގެ ވޯޓުގެ އަދަދު ގުނަންޖެހޭ ކަމަށެވެ. އަދި ކޯރަމްވެސް ގުނަންޖެހޭނީ އެގޮތަށް ކަމަށް ހިސާން ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ހިސާން ވިދާޅުވީ، ޓީމްތަކާ މަޝްވަރާކޮށްގެން އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެވޭނަމަ އެކަން ކުރާނެކަމަށެވެ.

ހިސާން ވިދާޅުވީ މަޖިލީހުން ނިންމާ ނިންމުންތަކަކީ ސުޕްރީން ކޯޓުން އެކަންކަން އެގްޒެމައިންކޮށް، އެކަންކަމާ ގުޅޭގޮތުން ކަންކަން ނިންމަންޖެހޭ ވަރުގެ ކަންކަމެއް ނޫންކަމަށެވެ. ފާއިތުވި މުއްދަތުގެ ތެރޭގައި ވެސް އެކަންކަން ވެފައި އޮތީ އެހެންކަމަށާއި، މަޖިލީހުގެ ނިންމުންތަކާ ގުޅިގެން ސުޕްރީމް ކޯޓުން ފަހުގެ ތާރީޚެއްގައި ނިންމުންތަކެއް ނިންމާފައި ނުވާކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު