Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިމްރާން ޚާންގެ މައްޗަށް އިތުރު ޖަލުހުކުމެއް

އިމްރާން ޚާންގެ މައްޗަށް އިތުރު ޖަލު ހުކުމެއް އިއްވައިފި

އިމްރާން ޚާން މިހާރުވެސް ގެންދަވަނީ ކޮރަޕްޝަނުގެ ކުށުގައި ތިން އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 30 ޖެނުއަރީ 2024 | އަންގާރަ 11:50
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އިމްޚާންގެ ސަޕޯޓަރުން އޭނާގެ ފޮޓޮއެއް ހިފައިގެން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އިމްޚާންގެ ސަޕޯޓަރުން އޭނާގެ ފޮޓޮއެއް ހިފައިގެން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް، ދައުލަތުގެ ސިއްރު ހާމަކުރެއްވިކަމުގެ ކުށުގައި 10 އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

2022 ވަނަ އަހަރު މަޖިލީހުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ދުރުކުރެވިފައިވާ އިމްރާން ޚާން މިހާރުވެސް ގެންދަވަނީ ކޮރަޕްޝަނުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އިމްރާން ޚާން ވިދާޅުވެފައިވާގޮތުގައި މި ހުރިހާ ދައުވާއަކީވެސް ސިޔާސީގޮތުން އޭނާއާ ދެކޮޅަށް ކުރެވިފައިވާ ދައުވާތަކެކެވެ.

ދައުލަތުގެ ސިއްރު ހާމަކުރެއްވިކަމުގެ ކުށުގައި 10 އަހަރުގެ ހުކުމެއް އިއްވާފައި މި ވަނީ ޕާކިސްތާނުގެ އާންމު އިންތިޚާބަށް ހަފުތާއަކަށް ވެފައި ވަނިކޮށެވެ. މި އިންތިޚާބަށް އިމްރާން ޚާނަށް ކުރިމަތިނުލެއްވޭނެ ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފައެވެ.

އިމްރާން ޚާންގެ ޕާޓީ، ތަހްރީކޭ އިންސާފުގެ ވައިސް ޗެއަރމަން، ކުރީގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރައިޝީގެ މައްޗަށްވެސް، ދެބޭފުޅުން ތިއްބެވި ޖަލުތެރޭ ގާއިމް ކުރެވުނު ޚާއްސަ ކޯޓުން 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ.

"ސިފަރ ކޭސް"ގެ ނަމުން މަޝްހޫރު ވެފައިވާ މައްސަލައިގައި އިމްރާން ޚާންގެ މައްޗަށް އޭރު ދައުވާކުރެވުނީ، އެމެރިކާގައި ހުންނަވާ ޕާކިސްތާނުގެ އެމްބެސެޑަރު އިސްލާމް އާބާދަށް ފޮނުއްވި ލިއުމެއް ހާމަކުރެއްވި ކަމަށް ބުނެއެވެ. މަގާމުން ދުރުކުރުމުގެ އެއް މަސްދުވަސް ކުރިން، 2022ގެ މާޗް މަހު ބޭއްވުނު އެއްވުމެއްގައި އިމްރާން ޚާން ވަނީ، ބޭރު ގައުމަކުން އޭނާއާ ދެކޮޅަށް ބަޣާވާތް ކުރަން ރޭވިކަމުގެ ހެކިކަމަށް ވިދާޅުވެ ކަރުދާސްތަކެއް ދައްކަވާފައެވެ. "އިމްރާން މަގާމުން ދުރުކޮށްފިނަމަ މައާފުވެވިގެން ދާނެކަމަށް" އެގައުމަކުން ބުނެފައިވާ ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ. ވަކި ގައުމެއްގެ ނަން ވިދާޅުނުވި ނަމަވެސް އެ ސްޕީޗްގައި އިމްރާން ވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޕްރޮސެކިއުޝަނުން ކޯޓުގައި ބުނެފައިވަނީ، އިމްރާން ޚާންގެ އެ އަމަލަކީ ކްލެސިފައިޑް ޑޮކިއުމަންޓެއް ހާމަކުރެއްވުމާއި ޑިޕްލޮމެޓިކް ގުޅުންތަކަށް ބުރޫއަރާފަދަ އަމަލެއް ކަމަށެވެ. އަދި މިއީ އުމުރު ދުވަހުގެ ޖަލުހުކުމެއް ނުވަތަ މަރުގެ އަދަބުވެސް ދެވިދާނެ ކުށެއް ކަމުގައި ބުނެފައިވެއެވެ.

ޕީޓީއައިގެ ތަރުޖަމާނު ވަނީ، މިހުކުމަކީ ޖޯކެއް ކަމަށާއި، ޕާޓީގެ ފަރާތުން ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު