Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައްދޫ ޖަނަރޭޓަރު ސެޓް

ގައްދޫ ރައްޔިތުންނާ ދެކޮޅަށް ވެސް އެރަށުގައި ހުރި ޖަނަރޭޓަރު ގެންދާނެކަމަށް ފެނަކައިން ބުނެފި

ގައްދޫގައި ހުރި ޖަނަރޭޓަރުގެ ބަދަލުގައި އެމަރޖެންސީކޮށް ހޯދާ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ގައްދޫއަށް ގެންދާނެ ކަމަށް ފެނަކައިން ބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޖެނުއަރީ 2024 | އާދީއްތަ 01:44
ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު

ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު

ގދ. ގައްދޫ ރައްޔިތުންނާ ދެކޮޅަށް ވެސް އެރަށުގައި ހުރި ޖަނަރޭޓަރު ފުވައްމުލައް ސިޓިއަށް ގެންދާނެކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކަައިން މިފަދައިން ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި، ގައްދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އެރަށަށް ގެންދިޔަ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓް، އެރަށުން ފުވައްމުލައް ސިޓީއަށް ގެންދަން ފެނަކައިން ކުރަމުން އަންނަ މަސައްކަތާއި ދެކޮޅަށް ގައްދޫ ރައްޔިތުން އިހްތިޖާޖުކޮށްފައިވަނިކޮށް، އެކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނުގައެވެ.

Advertisement - newsAdvertisement

ގައްދޫގެ ކަރަންޓު ހާލަތު ދަށްވެ މިހާރު ހުރި 3 ޖަނަރޭޓަރުގެ ތެރެއިން 2 ޖަނަރޭޓަރުގައި މައްސަލަ ޖެހި ލޯޑް ބޮޑުވަމުން އަންނަ އިރު އެކަން ހައްލުކުރުމަށް ގައްދުއަށް ގެންދިޔަ ޖަނަރޭޓަރަކީ އެރަށުގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ގެންދިޔަ ޖަނަރޭޓަރެކެވެ. އަދި ފުވައްމުލަކުގެ ކަރަންޓު މައްސަލަ ހައްލު ނުވެ މަހަކަށް ވުރެ ގިނަ ދުވަހު ދިގުލައިގެން ގޮސްފައިވާއިރު، އެ މައްސަލަ ހައްލުކުރަން ފެނަކައިން ނިންމީ ގައްދޫގައި ހުރި ޖަނަރޭޓަރު ސެޓް ފުވައްމުލަކަށް ގެންދިއުމަށެވެ. ނަމަވެސް އެކަމާއި ދެކޮޅަށް ގައްދޫ ރައްޔިތުން ވަނީ އިހްތިޖާޖުކޮށްފައެވެ.

ނަމަވެސް ފެނަކައިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ގދ ގައްދޫއިން ފުވައްމުލައް ސިޓީއަށް ގެންދިއުމަށް އެ ކުންފުނިން ހިފި އުޅަނދު ފޮނުވުމުން ގދ. ގައްދޫ ރައްޔިތުންގެ ތެރެއިން މަދުބަޔަކު ނުކުމެ އިހްތިޖާޖުކޮށް، އެ ކުންފުނިން ފޮނުވި އުޅަނދުގެ ފަޅުވެރިންނަށް ބިރުދައްކާފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ދެކޭގޮތުގައި، އެ ކުންފުނިންދޭ ހިދުމަތަށް ބުރޫނާރާނެ ގޮތަށް އެ ކުންފުނީގެ ހަރުމުދަލެއް ކުންފުނިން ހިދުމަތްދޭ ބްރާންޗުން އެހެން ބްރާންޗަކަށް ބަދަލުކުރުމުގެ އިހްތިޔާރު އެ ކުންފުންޏަށް އޮންނަންވާނެ ކަމަށެވެ.

އަދި ކުންފުނިން އަދިވެސް ދަނީ އެކަމާއި ގުޅުންހުރި ފަރާތްތަކާއި ވާހަކަ ދައްކާ، ސުލްހަވެރިކަމާއެކު ގދ. ގައްދޫގައި ހުރި 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ފުވައްމުލަކު ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ކަމަށް އެބަޔާނުގައި ވެއެވެ. ފެނަކައިން ބުނެފައިވަނީ ގައްދޫގައި ހުރި ޖަނަރޭޓަރުގެ ބަދަލުގައި އެމަރޖެންސީކޮށް ހޯދާ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ގައްދޫއަށް ގެންދާނެ ކަމަށެވެ.

ފެނަކައިން ގައްދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކަމަށް ސިފަ ކުރިނަމަވެސް، ގައްދޫ ކައުންސިލުން ވަނީ އެރަށުގައި ހުރި 3 ޖަނަރޭޓަރުގެ ތެރެއިން 2 ޖަނަރޭޓަރުގެ މައްސަލަ ހުރި ކަމާއި، ރޯދަމަސް އަންނަ އިރު 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ބޭނުން ކުރަން ނުފެށިއްޖެނަމަ ދަތިތައް ދިމާވާނެކަމަށް ބުނެފައެވެ. އަދި ޖަނަރޭޓަރު ނުގެންދިއުމަށް ގޮވާލާ ކައުންސިލުން ވަނީ ގަރާރެއް ވެސް ފާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު