Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް ޕީއެންސީ ޕްރައިމަރީ

ޕީޕީއެމް ޕީއެންސީ ޕްރައިމަރީގެ ވޯޓާސް ލިސްޓާ ގުޅޭގޮތުން ޒުވާބާއި ހަމަނުޖެހުން

ބައެއް ވޯޓުފޮށިތައް ކައިރީގައި ހަމަނުޖެހުންތައް ހިނގާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2024 | ހޮނިހިރު 10:03
ޕީޕީއެމް ޕީއެންސީ ޕްރައިމަރީގެ ވޯޓާސް ލިސްޓާ ގުޅޭގޮތުން ޒުވާބާއި ހަމަނުޖެހުން

ޕީޕީއެމް ޕީއެންސީ ޕްރައިމަރީގެ ވޯޓާސް ލިސްޓާ ގުޅޭގޮތުން ޒުވާބާއި ހަމަނުޖެހުން

ޕީޕީއެމް ޕީއެންސީ މަޖިލިސް ޕްރައިމަރީ ހޫނުވެ، ބައެއް ވޯޓުފޮށިތައް ކައިރީގައި ހަމަނުޖެހުންތައް ހިނގައިފިއެވެ.

ބައެއް ވޯޓުފޮށިތައް ކައިރީގައި ހަމަނުޖެހުންތައް ހިނގައިގެން އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން ހެންވޭރުގެ ފޮށިތަކުގައި މައްސަލަތައް ގިނަ ކަމަށާއި، ލިސްޓުން ނަން އުނިކުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ޒުވާބާއި ހަމަނުޖެހުންތައް ހިންގާފައިވާކަމަށް އެކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ބައެއް ވޯޓުފޮށިތައް ހުރި ތަންތަނަށް ފުލުހުން ވަދެ ކޮންޓްރޯލް ކުރަންވެސް ޖެހިފައިވެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ފަރާތަކަށް ގޮނޑި ހޯދައިދިނުމަށް، އެ ދާއިރާގެ ޕްރައިމަރީ ގައި ވޯޓު ލެވޭ މީހުންގެ ލިސްޓުން، އެ ޕާޓީގެ އިދިކޮޅު މެންބަރަށް ތާއީދުކުރާ 300 އަށް ވުރެ ގިނަ އާންމު މެންބަރުން ވެރިކަން ކުރާ ކޯލިޝަނުން އުނިކޮށްފައިވާކަމަށް ބުނާ މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ.

މިކަން ހިނގިކަން އެނގުނީ، އެ ޕާޓީން ނެރުނު ވޯޓާސް ލިސްޓުން 330 އާންމު މީހަކު މަދުވުމާ ގުޅިގެން، އެ ދާއިރާގެ އާންމު މެންބަރުން ބެލި ބެލުމާ ގުޅިގެންނެވެ. އެގޮތުން "ރާއްޖެ އެމްވީ" އަށް އެނގިފައިވާ ގޮތުގައި، މެދު ހެންވޭރު ދާއިރާގެ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު 985 ފަރާތަކަށް ލިބޭ ކަމަށް ޕީއެންސީން އެންމެ ފުރަތަމަ ނެރުނު ލިސްޓުގައި އޮތް ނަމަވެސް، ބުރާސްފަތި ދުވަހު ޕީއެންސީން އާންމު ކުރި ލިސްޓުގައި އޮތީ 656 މެންބަރެކެވެ. އެއީ އެ ޕާޓީން އެންމެ ފުރަތަމަ އިއުލާން ކުރި ލިސްޓުގައި ހުރި އާންމު މެންބަރުންނަށް ވުރެ 330 އާންމުން މަދު ލިސްޓެކެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު