Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިން ކުށްތަކުން ރައްކާތެރިކުރުން

ކުޑަކުދިން ނަހަމަގޮތުގައި ބޭނުންކޮށްގެން ކުށްކުރާ މައްސަލަތައް ހުއްޓުވުމަށް ޕީޖީން ޚާއްސަ މަސައްކަތްތަކެއް ފަށައިފި

ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމްގައި ކުރެވުނު މަޝްވަރާގެ މަތިން ޚާއްސަ ނިންމުންތަކެއް ނިންމާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޖެނުއަރީ 2024 | ހުކުރު 07:48
ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމްގެ ތެރެއިން

ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމްގެ ތެރެއިން

ޖިނާއީ އެކި ކުށްކުށުގެ ޢަމަލުތަކުގައި ކުޑަކުދިން ބައިވެރިކޮށްގެންނާއި، ކުޑަކުދިން ނަހަމަގޮތުގައި ބޭނުންކޮށްގެން ކުށްކުރާ މައްސަލަތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އިސްނެގުމާ އެކު މަސައްކަތްތަކެއް ފަށައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ ފަދަ މަސައްކަތްތަކެއް ފަށާފައި ވަނީ ޔުނިސެފްގެ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި ކުޑަކުދިންގެ ޢަދުލުގެ ކަމާބެހޭ އިދާރާތަކާއެކު ތިން ދުވަހުގެ މުއްދަތަށް ބޭއްވި ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމްގައި ކުރެވުނު މަޝްވަރާގެ މަތިން ކަަމަށެވެ. އަދި މި ސިމްޕޯޒިއަމްގައި ޖުވެނައިލް ޖަސްޓިސް ނިޒާމުގައި މިހާރު ކުރަން ހުރި މައިގަނޑު ކަންކަން ދެނެގަތުމުގެ މަސައްކަތް ކޮށްފައިވާ ކަަމަށް އެ އިދާރާއިން ބުނެއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އެކްޝަން ޕްލޭނަކަށް މިހާރު އެއްބަސްވެފައިވާ ކަަމަށެވެ. އަދި މި ޕްލޭންގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ މަތިވެފައި އޮތީ، ކުޑަކުދިން ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަތަކުގައި ކޯޓުގައި ދައުވާއެއްކޮށް ސާބިތުކުރެވޭ މިންވަރުގެ ހެކި ހޯދޭނޭގޮތަކަށް ފުލުހުންގެ ތަޙްޤީޤު ގެންދާނެ ގޮތުގެ އިރުޝާދެއް ތައްޔާރުކޮށް، ތަންފީޒުކުރުމުގެ މަސައްކަތް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން މިހާރު ޕީޖީ އޮފީހުން މަސައްކަތް ފަށާފައިވާ ކަމަށާއި މި އަންނަ ރަމަޟާން މަސް އަންނަންވާއިރަށް، އެ މަސައްކަތް ނިންމައި، އެކަމާބެހޭ ތަމްރީނުތައް ބާއްވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު