Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ސިޔާސަތު

ސިޔާސަތަކީ މަގުމައްޗަށް ނުކުތުމެއް ނޫން ނަމަވެސް ޑިމޮކްރަސީގެ ނިޒާމު ފުނޑުފުނޑުކޮށްލާނަމަ މަގުމައްޗަށް ނުކުންނާނަން: ފައްޔާޒު

26 ޖެނުއަރީ 2024 | ހުކުރު 03:46

މި ސަރުކާރަށް ޖެއްސުމެއް ނުކުރަން، ގައުމު ހިންގުމަށް ފުރުސަތު ދޭނަން

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖެނުއަރީ 2024 | ހުކުރު 03:46
އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއީލް

އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއީލް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސަތަކީ މަގުމައްޗަށް ނުކުތުން ނޫން ކަމަށާއި، ނަމަވެސް ޑިމޮކްރަސީގެ ނިޒާމު ފުނޑުފުނޑުކޮށްލާ، ރާއްޖެ ބިރުވެރިކަމަކަށް ވައްޓާލާނަމަ މަގުމައްޗަށް ނުކުންނާނެ ކަމަށް އެޕާޓީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ-ދަ ޑިމޮކްރެޓްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ މަގުމައްޗަށް ނުކުންނަންޖެހޭ ހާލަތުގައި މަގުމައްޗަށް ނުކުންނާނެ ޕާޓީއެއް ކަމަށެވެ.

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ މަގު މައްޗަށް ނުކުންނަނީ ނުކުންނަ ހިތްވެގެން ނޫން ކަމަށާއި، އެގޮތަށް އަމަލުކުރަންޖެހެނީ ގައުމުގައި ހިންގާ ބައެއް ކަންކަމުގެ ސަބަބުން ބިރުވެރިކަން ރައްޔިތުންނަށް ކުރިމަތިވުމުން ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ މި ސަރުކާރަށް ޖެއްސުން ކުރަން މަސައްކަތްނުކުރާ ކަމަށާއި، ގައުމު ހިންގުމަށް ފުރުސަތު ދޭން ބޭނުންވާ ކަމަށެވެ. އެމްޑީޕީން ސަރުކާރަށް ބަހެއް ބުނެފައި ހުންނާނީ މާލެސިޓީގެ މޭޔަރުގެ އިންތިޚާބުގެ ކެންޕޭން ތެރޭގައި ކޮންމެހެން ބުނަންޖެހިގެން ކަމަށާއި، ނަމަވެސް ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ސަރުކާރަށް ފާޑުކިޔައި، ބަސް ބުނެފައިނުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފޮރިން ޕޮލިސީއަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ ފޮރިން ޕޮލިސީގެ ސިޔާސަތުގެ ސަބަބުން ބިރުވެރި ނާޒުކު ފައްތަރަކަށް ރާއްޖޭގެ އިތުރުން މުޅި ރީޖަން ވެއްޓިގެންދާ ކަމަށެވެ. މި ކަމުގެ ސަބަބުން ނޭދެވޭ އަސަރު މުޅި ގައުމަށް ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގައުމާއި ރައްޔިތުންނަށް ގެއްލުން ލިބޭ ކަންކަމުގައި ބަލަން ނުތިބޭނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ގައުމަށް ކުރިމަތިވާ މިފަދަ މައްސަލަތައް ހައްލު ކުރުމުގައި ދެ ޕާޓީން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް