Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައި.ޖީ.އެމް.އެޗް އިންޓަރންޝިޕް

އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

25 ޖެނުއަރީ 2024 | ބުރާސްފަތި 07:16

15 ފެބުރުވަރީ  2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖެނުއަރީ 2024 | ބުރާސްފަތި 07:16
އައިޖީއެމްއެޗް ނަރުހުން

އައިޖީއެމްއެޗް ނަރުހުން

އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ 8 ވަނަ އިންޓޭކް (17 މާރިޗު 2024) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 28 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 15 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި އިންޓޭކްގައި ފުރަސަތު ދިނުމަށް ހަމަޖެހިފައިވަނީ 15 ފަރާތަކަށެވެ. އައިޖީއެމްއެޗުން މައުލޫމާތު ދޭ ގޮތުގައި އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށެވެ.

އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުމާއި، ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން ހިމެނެއެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދޭ ގޮތުގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް  www.igmh.gov.m އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށައި.ޖީ.އެމް.އެޗް ގެ މެޑިކަލް އިންޓަރންޝިޕް އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މެޑިކަލް އިންޓަރންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ލިޔެކިޔުންތަކާއި އެކު 15 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން  އަައި.ޖީ.އެމް.އެޗް ގެ މެޑިކަލް އިންޓަރންޝިޕް އޮފީހަށް ހުށަހަޅަން ޖެހެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

ކެންސަރ ސްކްރީން ކުރަން އަދީބު އިންޑިއާއަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދެއްވި: އެޗްއާރްސީއެމްގެ މެންބަރެއް

25 ސެޕްޓެމްބަރު 2017
ކެންސަރ ސްކްރީން ކުރަން އަދީބު އިންޑިއާއަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދެއްވި: އެޗްއާރްސީއެމްގެ މެންބަރެއް
18 ޖުލައި 2017

އައްޑޫގައި ސުޕަރ ސްޕެޝަލިސްޓުންގެ ހާއްސަ މެޑިކަލް ކޭމްޕެއް ކުރިއަށް ދަނީ

18 ޖުލައި 2017
އައްޑޫގައި ސުޕަރ ސްޕެޝަލިސްޓުންގެ ހާއްސަ މެޑިކަލް ކޭމްޕެއް ކުރިއަށް ދަނީ
08 ޖުލައި 2017

ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ނިމިއްޖެ

08 ޖުލައި 2017
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ނިމިއްޖެ
07 ޖުލައި 2017

ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ފަށައިފި

07 ޖުލައި 2017
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ފަށައިފި
19 ޖޫން 2017

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ޖޫން މަހު ހިދުމަތް ދޭން ފެށޭނެ

19 ޖޫން 2017
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ޖޫން މަހު ހިދުމަތް ދޭން ފެށޭނެ
15 ޖޫން 2017

ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް

15 ޖޫން 2017
ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް
31 މެއި 2017

އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި

31 މެއި 2017
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި
24 އެޕްރީލު 2017

ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފި

24 އެޕްރީލު 2017
ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފި
20 މާރިޗު 2017

ތާހިރު ދިރިއުޅުމަކަށާއި އިސްލާހީ ހަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

20 މާރިޗު 2017
ތާހިރު ދިރިއުޅުމަކަށާއި އިސްލާހީ ހަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް