Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިސް ޖަޕާން ރީތީގެ މުބާރާތް

ޔޫކްރެއިނަށް އުފަން މޮޑެލަކަށް މިސް ޖަޕާނުގެ ލަގަބު ދިނުމުން ފާޑުކިއުން އަމާޒުވެއްޖެ

24 ޖެނުއަރީ 2024 | ބުދަ 15:32

2015 ވަނަ އަހަރު ވެސް ކަޅު ނަސްލުގެ ކުއްޖަކަށް މިސް ޖަޕާނުގެ ލަގަބު ލިބިފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 24 ޖެނުއަރީ 2024 | ބުދަ 15:32
މިސް ޖަޕާން 2024، ކެރޮލީނާ ޝީނޯ (މެދުގައި)

މިސް ޖަޕާން 2024، ކެރޮލީނާ ޝީނޯ (މެދުގައި)

"ނަސްލީ ތަފާތު ކުރުންތައް ކުރިމަތިވެއެވެ. ޖަޕާނު ރައްޔިތެއްގެ ގޮތުގައި އަޅުގަނޑު ބަލައިގަތުމަށް އަދިވެސް ގިނަ ބަޔަކަށް އެހާ ފަސޭހައެއްނޫނެވެ." ކަރުނަ ފޮހެލަމުން ފަރިތަކަމާއެކު ފުރިހަމަ ޖަޕާނު ބަހުން ކެރޮލީނާ ޝީނޯ ބުނެލިއެވެ.  

ކެރޮލީނާ ޝީނޯއަކީ މިއަހަރުގެ މިސް ޖަޕާން ރީތީގެ މުބާރާތް ކާމިޔާބުކުރި ޒުވާނާއެވެ. އޭނާ އުފަންވެފައިވަނީ ޔޫކްރެއިންގައެވެ. ނަމަވެސް މިހާރު އުމުރުން 26 އަހަރުގެ ޝީނޯގެ އުމުރުން ފަސް އަހަރުގައި އެ އާއިލާވަނީ ޖަޕާނަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. އެހެންކަމުން އޭނާ އުޅެބޮޑުވެފައިވަނީ ޖަޕާނުގައެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ ޖަޕާނު ރައްޔިތަކަށްވެސް ވެފައެވެ.

ޖަޕާން ސިޓިޒަންޝިޕް ދީފައިވާ އެހެން ގައުމެއްގެ ފަރާތަކުން މިސް ޖަޕާން ރީތީގެ މުބާރާތް ކާމިޔާބުކުރި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް ކެރޮލީނާ ޝީނޯގެ ކާމިޔާބީއާއެކު ތަފާތު ފާޑިކިއުންތައް ވަނީ އަމާޒުވެފައެވެ. އެއްބަޔަކު، އެއީ ޒަމާނާއެކު އަންނަން ޖެހޭ ބަދަލެއް ކަމަށް ބުނެފައިވާއިރު، އަނެއް ބަޔަކު ބުނެފައިވަނީ ޝީނޯގެ ސިފަ ޖަޕާނުގެ މީހަކާ އެއްވެސް ވަރަކަށް ވައްތަރު ނޫންކަމުން، މިސް ޖަޕާންގެ ލަގަބު އޭނާއަށް ހައްގު ނޫންކަމުގައެވެ.

2015 ވަނަ އަހަރު، ކަޅު ނަސްލުގެ ކުއްޖެއްކަމަށްވާ އަރިއާނާ މިޔަމޯޓޯއަށްވެސް ވަނީ މިސް ޖަޕާނުގެ ލަގަބު ލިބިފައެވެ. މިޔަމޯޓޯގެ މަންމައަކީ ޖަޕާނު މީހެކެވެ. އަދި ބައްޕައަކީ އެފްރިކަން-އެމެރިކަންއެކެވެ. އެހެން ކަމާއެކުވެސް އެފަހަރުވެސް ކަޅު ނަސްލުގެ ކުއްޖަކަށް މިސް ޖަޕާނުގެ ލަގަބު ދެވޭނެތޯ އެތައް ބަޔަކު ސުވާލު އުފައްދާފައި ވެއެވެ.

މިފަހަރުގެ ރާނީ ޝީނޯގެ މައިންބަފައިންނަކީވެސް ޖަޕާނު މީހުންނަށް ނުވާކަން، މިއީ ބައެއް ފަރާތްތަކުން ގަބޫލުކުރާގޮތުގައި ޝީނޯއަށް ލަގަބު ހައްގު ނޫން ސަބަބެކެވެ. ޔޫރަޕް މީހަކަށް ޖަޕާނުގެ އެންމެ ރީތި އަންހެނާގެ ލަގަބު ދިނުމުން އެއިން ދެވެނީ ގޯސް މެސެޖެއް ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

މުބާރާތް އިންތިޒާމުކުރި ފަރާތުގެ އޮފިޝަލަކު ބުނެފައިވަނީ، ޝީނޯ އިޚްތިޔާރު ކޮށްފައިވަނީ އޭނާގެ ކިބައިގައި ހުރި ފުރިހަމަ "ކޮންފިޑަންސް"ގެ ސަބަބުން ކަމުގައެވެ. މީގެ އިތުރުން އޭނާގެ ވާހަކަދެއްކުމާ ލިޔުމުގައިވެސް އަދަބު އިހުތިރާމާއެކު، ކުށަކާނުލައި ޖަޕާނު ބަހުން މުއާމަލާތު ކުރާކަމަށް ބުނެފައިވެއެވެ. އަދި ގިނަ ޖަޕާން މީހުންނަށްވުރެ ޝީނޯގެ ކިބައިގައި "ޖަޕަނީސް" ސިފަ އެބަހުރިކަމަށް އޭނާ ބުނެފައިވެއެވެ.  

މިދިޔަ އަހަރު ޖަޕާނުގެ ސިޓިޒަންޝިޕް ލިބުމުން އޭނާ ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ ހަށިގަނޑުން ޖަޕާނު މީހަކާ އެއްގޮތް ނުވިނަމަވެސް މިހާ ދުވަހު އުޅެބޮޑުވީ ޖަޕާނުގައިކަމުން އޭނާގެ ސިކުޑި ނުވަތަ ވިސްނުން މިހާރު "ޖަޕަނީސް" ވެފައި ވާކަމުގައެވެ.

މިސް ޖަޕާނުގެ ތާޖާ ހަވާލުވަމުން އޭނާ ބުނެފައިވަނީ މިސް ޖަޕާނުގެ ލަގަބު ހޯދުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމުގައެވެ.        

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

27 ޖޫން 2017

ދުވަސް ނުފުރާ އުފަން ވުމުން ދަރިފުޅު ޑަސްޓްބިނަށް ވައްޓާލައިފި

27 ޖޫން 2017
ދުވަސް ނުފުރާ އުފަން ވުމުން ދަރިފުޅު ޑަސްޓްބިނަށް ވައްޓާލައިފި
23 ޖޫން 2017

އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

23 ޖޫން 2017
އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!
12 ޖޫން 2017

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017
އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ
26 މެއި 2017

ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

26 މެއި 2017
ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ
03 މެއި 2017

ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ

03 މެއި 2017
ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ
24 އެޕްރީލު 2017

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ
10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
21 މާރިޗު 2017

އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ

21 މާރިޗު 2017
އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ
20 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް