Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. ޒިޔާދުގެ ކޮރަޕްޝަން މައްސަލަ

ޑރ.ޒިޔާދްގެ މައްޗަށް ސާބިތުނުވި ހުކުމުގެ އިސްތިއުނާފު އަނބުރާ ގެންގޮސްފި

މި ނިންމުމާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖެނުއަރީ 2024 | ބުދަ 15:29
ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރު

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތު ނުވި މައްސަލައިގެ އިސްތިއުނާފު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ.

މިމައްސަލަ އަނބުރާ ގެންގޮސްފައިވަނީ އަންގާރަ ދުވަހެވެ.

މިމައްސަލައާ ގުޅިގެން ޕީޖީން ބުނީ ފަހުގެ ނިންމުންތަކަށް ބަލާއިރު، މި ކޭސް ދަށުން ކޯޓުން މޮޅު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި މި ނިންމުމާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށް ޕީޖީން ބުނެއެވެ.

ޑރ ޒިޔާދުގެ އިތުރުން މި މައްސަލައިގައި ދައުވާ އުފުލި މ. މުހައްމަދީއާބާދު އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2 ނޮވެމްބަރު 2021 ގައެވެ.

ކްރިމިނަލް ކޯޓުން ވަނީ ޑރ. ޒިޔާދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ކުރި އަމަލެއް ބުނެދެވިފައިނުވާކަމަށް ނިންމާފައެވެ. އަދި ކުށް އިބާރާތެއް އޮތްކަން ފާހަގަވި ހިސާބުން އަމިއްލަ އިސްނެގުމަށް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިކަން ވެސް ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ޙުކުމުގައި ބުނެފައިވަނީ، އިދާރީ އޮޅުމެއްގެ ސަބަބުން ޕްރޮޕޯސަލްގައިވާ އަދަދަށްވުރެ އިތުރަށް ފަންގިފިލާ ހިމަނައިގެން އެއްބަސްވުން ޙަވާލުކޮށްފައިވާއިރު، އެއްބަސްވުމުގައި އޮތް އިދާރީ މައްސަލައެއް މިނިސްޓްރީގެ އެކި މުވައްޒަފުންނާއި، ވެރިންނާއި، ފިނޭންސް މިނިސްޓްރީއަށް ވެސް ފާހަގަނުވިއިރު، އެ މައްސަލަ ޑރ. ޒިޔާދު ބާޤިރުއަށް ފާހަގަވާން ޖެހޭނެކަމަށް ސަބަބުވެރި އިންސާނެއްގެ ނަޒަރުން ނުބެލެވޭ ކަމަށެވެ.

ޑރ. ޒިޔާދުގެ މައްޗަށް ކުށް ސާބިތުކުރުމަށް ބަލާ އުންސުރުތައް ސާބިތުވޭތޯ ބަލާއިރު، ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލު އަދި ޑރ. ޒިޔާދުގެ ނުބައި ނިޔަތެއް ފާހަގަވާން ނެތްކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، އިބްރާހީމް އަބްދުﷲ ސައީދަކީ މިސްކިތްތަކާއި އިމާރަތްކުރުމާބެހޭ ސެކްޝަންގެ އިސްވެރިޔާ ކަމަށާއި، ޓެކްނިކަލް ރިޕޯޓު އެކުލަވާލުމުގައި އޭނާގެ ދައުރު އޮތްކަން އެނގެން އޮންނަކަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެސްޖޭ ކޮންސްޓަރްޝަންއާއި ޕްރޮޖެކްޓް ޙަވާލުކުރީ ފިނޭންސްގެ ކޮމިޓީން ހުއްދަދީ، ރައީސް އޮފީހުން އަންގައިގެންކަން އެނގެން އޮންނަކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އަދި އެއްބަސްވުމާ ގުޅިގެން ލީގަލް އޮޕީނިއަން ހޯދާފައި ނުވުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ދައުލަތުން ބުނި ނަމަވެސް، ޕްރޮޖެކްޓުގެ އެއްބަސްވުމާ ހަމައަށް ވާސިލުވުމުގެ މަރުހަލާގައި އިބްރާހިމް އަބްދުﷲ ސައީދުގެ ދައުރެއް ނެތްކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ޝަރީއަތުން ވަނީ ދައުލަތުގެ ދައުވާގައި ފާޅުކަން ބޮޑު ގޮތެއްގައި އުނިކަންތައްތަކެއް ހުރިކަމަށް ވެސް ބަޔާންކޮށްފައެވެ. އަދި މި މައްސަލައިގައި ޑރ. ޒިޔާދާއި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާކަމަށް ހުކުމް ކޮށްފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު