Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސިޓް-ސްކީ ކުރުން

މޭކަށިގަނޑުން ތިރި ވާގިނެތިފައި ވާ މީހަކު ދުނިޔޭގެ ދެކުނު ތަނޑިއަށް: ކީއް ކުރަން ކަން އެނގޭތަ؟

އެކަން ކުރަން ނިންމާފައި ވަނީ މިއަހަރުގެ ޑިސެމްބަރު މަހު، ދުނިޔޭގެ ދެކުނު ތަނޑިއަށް އޭނާ ކުރާ ދަތުރުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2024 | ބުދަ 10:57
ޑެރަން އެޑްވަޑްސް؛ މޭކަށިގަނޑުން ތިރި ޕެރަލައިޒް ވެފައި ވާ މީހެއް

ޑެރަން އެޑްވަޑްސް؛ މޭކަށިގަނޑުން ތިރި ޕެރަލައިޒް ވެފައި ވާ މީހެއް

ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމަކީ އަމިއްލަ އުފުލަށްޓަކައި އާދަޔާ ޚިލާފު ކަންކަން ތަޖުރިބާ ކުރުމާއި، އަނެކާއަށް ފައިދާއެއް ކޮށްފާނެ، އެހެން ނަމަވެސް ގޮންޖެހުން ބޮޑު މައިދާންތައް ހުރަސް ނުކުރެވޭންވީ ސަބަބެއް ނޫން ކަން ސާބިތު ކޮށްދެމުން ދާ އެކަކީ އިނގިރޭސިވިލާތަށް އުފަން، ޑެރަން އެޑްވަޑްސްއެވެ.

ފުރޮޅުލީ ގޮނޑިއެއްގައި މިއަދު އިނަން މަޖުބޫރުވިއެއް ކަމަކު އެޑްވަޑްސް ޢަމާޒު ހިފާފައި ވަނީ ދުނިޔޭގެ ދެކުނު ތަނޑީގައި ސްކީ ކޮށްގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމަށެވެ. އެކަން ކުރަނީ ފަހަރެއްގައިވެސް އޭނާގެ ނަން ރީތި ކުރާކަށް ނުވަތަ ބޭނުމެއް ނެތް ގޮތެއްގައި މީހުންގެ ސަމާލުކަން ދަމައިގަތުމަކަށް ނޫނެވެ. އެ ކަން އޭނާ ކުރަނީ، ސްޕައިނަލް ކޯޑަށް ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމާ ބެހޭ ދިރާސާތަކަށް ބޭނުންވާ މާލީ އެހީ ހޯދުމުގެ މަޤްޞަދުގައެވެ.

މީގެ އަހަރުތަކެއް ކުރިން އެޑްވަޑްސް އަކީވެސް އިންތިހާއަށް ހަރަކާތްތެރިކޮށް އުޅުނު ޒުވާނެކެވެ. އޭނާގެ ހަށިގަނޑުގެ މޭކަށިގަނޑުން ފެށިގެން ތިރިން ވާގި ގޮސް، ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނީ 2016 ވަނަ އަހަރުގެ ތެރޭގައި ނޯތު ވޭލްސްގައި ފަރުބަދައަކަށް އަރަން އުޅުމުގެ ތެރޭގައި ހިނގި ހިތާމަވެރި ޙާދިޘާގައެވެ.

އެޑްވަޑްސްގެ ޢަމާޒަކީ އިށީނދެ އިނދެގެން 333 ކިލޯމީޓަރު ނުވަތަ 207 މޭލުގެ ރާސްތާއަކަށް ސްކީ ކުރުމެވެ. އެކަން ކުރަން ނިންމާފައި ވަނީ މިއަހަރުގެ ޑިސެމްބަރު މަހު، ދުނިޔޭގެ ދެކުނު ތަނޑިއަށް އޭނާ ކުރާ ދަތުރުގައެވެ.

ޢަމާޒަށް ވާސިލުވުމަށް އެޑްވަޑްސް ބޭނުން ކުރުމުން ދާނީ ޙާލަތަށް ފެތޭ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ސްކީ-ޑިވައިސްއެކެވެ. ޢާންމުކޮށް މީހުން ސްކީ ކުރަން ބޭނުން ކުރާ ޢާލާތްތަކާއި ޚިލާފަށް އެޑްވަޑްސް ބޭނުން ކުރާ ސިޓް-ސްކީ ފަރުމާކޮށްފައި ވަނީ، ކޮޅަށް ހުންނަ އިރު އަތް އަޅުވައިގެން އިތުރު ބާރު ހޯދޭ ފަދަ ކްރަޗް ނުވަތަ ހިނގާ ދަނޑިގަނޑާވެސް އެކުގައެވެ. ސްކީ ކުރަމުގައި ގެންނަ ހަރަކާތްތައް ކޮންޓްރޯލް ކުރާނީ އެޑްވަޑްސްގެ މަތީ ހަށިގަނޑުގެ ބައިތަކުންނެވެ. އަތާއި ކޮނޑުގެ ބޭނުންވެސް ކޮށްގެންނެވެ.

ދުނިޔޭގެ ރެކޯޑް ހަދާ، ސްޕައިނަލް ކޯޑުގެ އަނިޔާތަކަށް ފަރުވާ ކުރުމާ ގުޅޭ އިތުރު ދިރާސާތަކަށް ފައިސާ ހޯދުމަށް ހިންގާ ހަރަކާތް ޢިއުލާން ކުރުމަށް ލަންޑަންގައި ވާހަކަދައްކަމުން އެޑްވަޑްސް ބުނީ، ދުނިޔޭގެ ދެކުނު ތަނޑި ނުވަތަ ސައުތު ޕޯލްގައި، އިނގިރޭސި ކަނޑުގެ އަސްކަރިއްޔާގެ ރޮބަރޓް ސްކޮޓް ކުރި ތަޖުރިބާތަކާއި ހޯދި ހޯދުންތަކާ އޭނާއަށް ލިބުނު މަޢުލުމާތުތަކަށް ފަހު، ޚުދު އޭނާވެސް އެތަނަށް ޒިޔާރަތް ކުރަން އިންތިހާއަށް ބޭނުންވި ކަމަށެވެ.

ސައުތު ޕޯލްގައި އެޑްވަޑްސް ކުރާ އާދަޔާ ޚިލާފު ދަތުރުގައި، ޖިސްމާނީ ގޮތުން ކުޅެދޭ އިތުރު 2 މީހަކު، ޓީމް މެމްބަރުންގެ ގޮތުގައި ބައިވެރިވާނެއެވެ. އެ ދަތުރުގައި ކޮންމެ ދުވަހަކުވެސް 12 ގަޑިއިރު ހޭދަ ކުރާނީ ސައުތު ޕޯލްގެ ސްނޯތަކާއި ގަނޑުފެންގަނޑުތައް ހުރަސް ކުރުމުގެ މަސައްކަތުގައެވެ. އެމީހުންގެ ހަށިގަނޑުގައި ކަފުޖަހާފައި ވާ ސާމާނުތަކުގެ ބަރުދަނުގައި އެކަނިވެސް 80 ކިލޯ ހުންނާނެއެވެ. ގަނޑުފެނުގެ ދަރުބާރުގައި އެޑްވަޑަސްއާއި އޭނާގެ ޓީމުން ރޭގަނޑުގެ ވަގުތު ހޭދަ ކުރާނީ ކޭމްޕު ޖަހައިގެންނެވެ.

ޢާންމުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން 3 ލައްކަ ޕައުންޑް ނުވަތަ 381119 އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް އެޑްވަޑްސް އުންމީދު ކުރެއެވެ. އެ ފައިސާ ދާނީ އެތައް ބައެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލާ ސްޕައިނަލް ކޯޑް އަނިޔާތަކަށް ފަރުވާ ކުރުމާ ބެހޭ ދިރާސާތައް ކުރަމުންދާ 'ވިންގްސް ފޮރ ލައިފް' ފައުންޑޭޝަންއަށެވެ. އެޑްވަޑްސްގެ 3 ލައްކައިގެ ޢަމަޒަކީ މިކަމާ ބޮޑު ގުޅުމެއް އޮތް ޢަދަދެކެވެ. އަންދާސީ ހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރެއްގެ ތެރޭގައި ސްޕައިނަލް ކޯޑަށް އަނިޔާވާ މީހުންގެ ޢަދަދު 3 ލައްކައަށް އަރައެވެ.  

ސްޕައިނަލް ކޯޑަށް ލިބޭ އަނިޔާތަކަށް ދާއިމީ ޙައްލެއް ހޯދައިދެނިވި ފަރުވާއެއް އޮތީ އުދަރެހުން މައްޗަށް ތޮޅިލުމާ މާ ދުރަކު ނޫން ކަމަށް އެޑްވަޑްސް ޤަބޫލު ކުރެއެވެ. އިތުރު ދިރާސާތަކުން ލިބޭ ކުރިއެރުންތަކުގެ އެހީގައި، އޭނާ ފަދައިން އަނިޔާ ލިބިފައި ތިބި މީހުންނަށް އިހު އުޅުނު ދިރިއުޅުމަށް ދެވޭ ގޮތް ވުމަކީ އެޑްވަޑްސްގެ އުންމީދެކެވެ.

'ވިންގްސް ފޮރ ލައިފް ޔޫކޭ'ގެ ސީއީއޯ، އެމާ ހައިންޑްސް ބުނި ގޮތުގައި އެ ފައުންޑޭޝަންގެ މަސައްކަތް ކުރިއަށް ދަނީ، ފަރުވާއެއް ހޯދުމުގެ ރަނގަޅު މިޞްރާބުން ކަމަށެވެ. އެގޮތުން، ސްޕައިނަލް ކޯޑަށް އަނިޔާވެ، ނުކުޅެދޭ ޙާލަތަށް ދިޔަ ބައެއް މީހުންނަކީ އެންމެ ފަހުގެ ޒަމާނީ ދިރާސާތަކުގެ އެހީގައި އަލުން ހިނގާބިނގާވެ އުޅުމުގެ ޤާބިލުކަން ލިބުނު މީހުން ކަން އެމާ ފާހަގަ ކުރިއެވެ.

2016 ވަނަ އަހަރުގެ ޙާދިޘާގައި ޕެރަލައިޒް ވުމަށް ފަހުގައިވެސް އެޑްވަޑްސް ވަނީ އާދަޔާ ޚިލާފު އެތައް ހަރަކާތެއްގައި ބައިވެރިވެފައެވެ. އެގޮތުން ވިލާތުގެ އެންމެ ބޮޑު އައިސް-ކެޕްގެ އެއް ކޮޅުން އަނެއް ކޮޅަށް ސިޓް-ސްކީ ކުރިއެވެ. އަދި އިނގިރޭސިވިލާތުގެ އެއްކޮޅުން އަނެއް ކޮޅަށް އޮންނަ ރާސްތާގެ މިނަށް، ކަޔަކްއެއްގައިވެސް އޭނާ ވަނީ ދަތުރުކޮށްފައެވެ.

2022 ވަނަ އަހަރަކީވެސް އެޑްވަޑްސްއަށް ޚާއްޞަ އަހަރެކެވެ. އެޑްވަޑްސްއަކީ ފުރޮޅުލީ ގޮނޑިއެއްގައި ވަރލްޑް މެރަތަން ޗެލަންޖު ފުރިހަމަ ކުރި ފުރަތަމަ މީހާއެވެ. އެ އިވެންޓްގައި އެނާ ވަނީ 7 ދުވަސް މަތިން، ދުނިޔޭގެ 7 ބައްރެއްގައި ކުރިއަށް ގެންދިޔަ 7 މެރަތަން ފުރިހަމަ ކޮށްފައެވެ.

މިއަހަރުގެ ޑިސެމްބަރަށް ތާވަލު ކޮށްފައި ވާ ޚާއްޞަ އިވެންޓަކީ އަނިޔާ ލިބިފައި ތިބި މީހުންގެ އިތުރަށް، ދިރިއުޅުމުގައި އެކި ކަހަލަ ގޮންޖެހުންތަކާއި ތަކުލީފުތައް އުފުލަން މަޖުބޫރުވެފައި ވާ މީހުންނަށް އުންމީދު އައު ކޮށްދެނިވި ހަރަކާތަކަށް ވާނެ ކަމަށް އެޑްވަޑްސް އުންމީދު ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

28 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

16 މާރިޗު 2017
ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

05 މާރިޗު 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު