Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

ކަރަބޯ ކަޕްގެ ފައިނަލަށް ޗެލްސީ

ކަރަބޯ ކަަޕްގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖެނުއަރީ 2024 | ބުދަ 05:44
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިނގިރޭސި ލީގު ކަޕް (ކަރަބޯ ކަޕް) ގެ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފި އެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ ޗެލްސީން ޔަގީން ކުރީ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި މިޑްލްސްބަރާ ބަލިކޮށްގެންނެވެ. ފުރަތަމަ ލެގު މިޑްލްސްބަރާގެ އަމިއްލަ ދަނޑުގައި ކުޅުނުއިރު، އެ މެޗުގައި މިޑްލްސްބަރާ އިން ވަނީ 1-0 އިން ޗެލްސީ ބަލިކޮށްފަ އެވެ. ނަަމަވެސް، ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ ލެގު އެ ޓީމުން ކާމިޔާބު ކުރީ 6-1 އިންނެވެ.

މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ލިބުނީ މިޑްލްސްބަރާގެ ޖޯނީ ހޯސަން އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 29 ވަނަ މިނެޓުގައި ޗެލްސީގެ ލީޑު ފުޅާ ކޮށްދިނީ އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާ އެންޒޯ ފެނާންޑޭޒް އެވެ. ޗެލްސީގެ ތިން ވަނަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި އެލެކްސް ޑިސާސީ ޖެހީ، ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ ހަތަރު ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. 42 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ، ކޯލް ޕާމާ އެވެ.

ދެ ވަނަ ހާފުގައި ޗެލްސީގެ ފަސް ވަނަ ލަނޑު ޖެހީ ވެސް ޕާމާ އެވެ. އޭގެ ފަހުން ޗެލްސީގެ ހަ ވަނަ ލަނޑު، 81 ވަނަ މިނެޓުގައި ޖެހީ ނޯނީ މަޑުއޭކޭ އެވެ. ޗެލްސީން ހަ ލަނޑު ޖެހި ފަހުން، މިޑްލްސްބަރާގެ ހަމައެކަނި ލަނޑު 88 ވަނަ މިނެޓުގައި ޖެހީ މޯގަން ރޮޖާސް އެވެ.

ކަރަބޯ ކަަޕްގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ. ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ނިކުންނާނެ ޓީމެއް ޔަގީން ވާނީ ބުދަ ދުވަހުގެ ރޭ ލިވަޕޫލް އަދި ފުލަމް ކުޅޭ މެޗުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު