Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައްޔިތުން ބޭނުންވަނީ މެމްބަރުން ޕާޓީ ބަދަލުނުކުރާނެކަމުގެ ޔަގީންކަން

ރާއްޖޭގައި އަބަދުވެސް ދައުރު ހަމަނުވަނީސް މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2024 | ބުދަ 01:50
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

މެމްބަރުން އިންތިޚާބުވާ ސިޔާސީ ޕާޓީ ދައުރު ހަމަނުވަނީސް ބަދަލުކުރުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. އެމަންޒަރު ފާއިތުވި ފަސް އަހަރު ފެނުލެއް މަދުވިނަމަވެސް 2008 ވަނަ އަހަރު ފާސްކުރި އައު ގާނޫނު އަސާސީގެ ދަށުން އުފެދުނު ކޮންމެ ސަރުކާރެއްގައިވެސް އެއީ ވަރަށް އާންމު ކަމެކެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރި މިންވަރާއި ގާތަށްވެސް ޕާޓީ ބަދަލުކުރިތަން ފެނިފައިނުވަނީ ސަރުކާރު ހިންގާ މައި ޕާޓީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައި އޮތުމުންކަމަށް ބުނުމުގެ ޖާގަ ވަރަށް ބޮޑެވެ. ނަމަވެސް އޭގެކުރީ އަހަރުތަކުގައި ބޮޑު އަގުގައި މެމްބަރުން އެއް ޕާޓީއިން އަނެއް ޕާޓީއަށް ގެންދިޔުމަކީ އާންމު ކަމެކެވެ. މެމްބަރުން ސޮއިކުރުމަށް ބޮޑެތި ޖަލްސާތައް ބާއްވާ އުފާފާޅުކުރުންތައް ބާއްވާފައިވެއެވެ.

އެއް ގޮތަކަށް ބަލާއިރު އެއީ މައްސަލައަކަށް ނުވެދާނެއެވެ. އެމީހަކު ހުރި ސިޔާސީ ޕާޓީއެއްގައި ހުރެގެން ސިޔާސީ މަސައްކަތްކުރުމުގެ ޖާގަ ނެތްކަމަށްވާނަމަ ޕާޓީ ބަދަލުކުރަންވީއެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި މަސައްކަތްކުރަމުން އަންނަ ގޮތަށް ބަލާއިރު އުފެދޭ ޚިޔާލު ތަފާތުވުންތަކުގައި ޕާޓީތައް އެއްކޮށް ރޫޅިގެންގޮސްފައި އެބަހުއްޓެވެ. އެހެންކަމުން އެމީހަކާއި ސިޔާސީ ގޮތުން ވިސްނުން އެއްގޮތް އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވާންވީއެވެ. އާންމުކޮށް ޕާޓީ ބަދަލުކުރަމުން މެމްބަރުން ވިދާޅުވަނީވެސް އެހެންނެވެ. ނަމަވެސް މިއީ އެމެމްބަރުން ހޮވުމަށް ބުރަކޮށް މަސައްކަތްކުރި ރައްޔިތުންނަށް ވެވޭ ބޭވަފާތެރިކަމެއް ނޫން ބާވައެވެ؟

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން އިންތިޚާބުތައް ބޭއްވޭއިރު ކޮންމެ ޕާޓީއަކަށްވެސް އެންމެ މުހިންމުވަނީ އިންތިޚާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރުމެވެ. އެކަމަށްޓަކައި މޮޅު މެނިފެސްޓޯއެއް އެކުލަވާލައެވެ. ރައްޔިތުން ކައިރިޔަށް އަންނަނީ ތަސައްވަރަކާއެކުއެވެ. ސަރުކާރާ އިދިކޮޅު މެމްބަރެއް ނަމަ ސަރުކާރު ޖަވާބުދާރީކޮށް، ފާރަވެރިވެ، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަންކަންކުރާނެކަމުގެ ވައުދާއެކުއެވެ. ސަރުކާރު ހިންގާ ޕާޓީގެ މެމްބަރެއްނަމަ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށެވެ. ސަރުކާރު ޖަވާބު ދާރީކުރުވުމަށެވެ. ނަމަވެސް އަންނަ ސިޔާސީ އޮއިވަރާއެކު ވަކި ހިސާބަކުން މެމްބަރު ހުންނަ ޕާޓީ ބަދަލުކޮށްލަނީއެވެ.

މިހާރު ހިނގަމުން އަންނަ ރައީސް ޑރ މުހައްމަދު މުއިއްޒު ސަރުކާރު ފެށުމާއެކުހެން އިވެން ފެށީ މެމްބަރުން ޕާޓީ ބަދަލުކުރާ ވާހަކަތަކެވެ. އެމަޝްވަރާތައް ކުރެވެމުންދާ ވާހަކައެވެ. ދައުރު ނިމެން ބާކީ ހަތަރުވަރަކަށް މަސް އޮތް ނަމަވެސް އެންމެ ފަހުން އެމްޑީޕީގެ ބައެއް މެމްބަރުން މިވަނީ ސަރުކާރު ހިންގާ ޕާޓީ އާ ގުޅިފައެވެ. އޭގައި ބޮޑެތި އަދަދުތަކެއް ހިމެނޭކަމުގެ ވާހަކަތައްވެސް ދެކެވެއެވެ.

އިންތިޚާބުތަކަށް ގިނަ އަދަދަކުން މެމްބަރުން ޚަރަދުކުރެއެވެ. އެ ފައިސާ ހޯދޭނެ ގޮތްތައް ދައުރު ނިމެންވާއިރަށް އެމެމްބަރަކު ހޯދައެވެ. އެނަމުގައި އެންމެ ފަހުވަގުތު ހުންނަ ސިޔާސީ ޕާޓީ ބަދަލުކޮށްލަނީއެވެ. މިއީ އެއް ބަޔަކު މިކަން ހިނގާގޮތްކަމަށް ބުނާ ގޮތެވެ. ކޮންމެ ބޭނުމެއްގައި މެމްބަރުން މިކަންކުރިނަމަވެސް މިއީ ރައްޔިތުން އަބަދުވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ. މިފަހުން މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މެމްބަރަކު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާ ގުޅިވަޑައިގަތީ ހުވާވެސް ނުކުރައްވައެވެ. އެއާއެކު މީހުން ކޮށްފައި ހުރި ކޮމެންޓްތަކަށް ބަލާއިރު ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްވެސް މިކަންބޮޑުވުންތައް ރައްޔިތުންގެ އޮތްކަން އެނގެއެވެ.

މިސާލަކަށް އިދިކޮޅު މެމްބަރުންނަށް މަޖިލީހުގެ މެޖޯރިޓީ ދިން ނަމަވެސް ސަރުކާރު ކޮޅަށް އެމެމްބަރުން ނުދާނެކަމުގެ އޮތީ ކޮން ޔަގީންކަމެއްތޯ އެއީ އާންމުން މިއަދު އުފައްދާ ސުވާލެކެވެ. މިސަރުކާރުން ކަންކަން ކުރަމުން އަންނަ ގޮތަށް ބަލާއިރު ސަރުކާރު ބޭނުންވާ އަދަދަށް މަޖިލީހުން ގޮނޑި ނުލިބިއްޖެނަމަ ދެން ފެނިގެންދާނީ އަނެއްކާވެސް ބޮޑު އަގުގައި މެމްބަރުން ގަތުމުގެ ކަންތައްތަކެއްކަން އެއީ ޔަގީންވާ ކަމެކެވެ. އެހެންކަމަށްވާއިރު ރައްޔިތުންނަށް މީގައި އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ރައްޔިތުންގެ ތެރެއިން ބަޔަކު ބުރަ މަސައްކަތްކޮށްގެން މީހަކު ހޮވީމާ ފަހުވަގުތު ޕާޓީ ބަދަލުކުރުމުން އެއީ ރައްޔިތުންނަށްޓަކައި ނިންމި ނިންމުމެއްކަމަށް ބުނެވޭ ހެއްޔެވެ؟ ދެން އޮތީ ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްގެން މިކަން ހުއްޓުވުމެވެ. ނަމަވެސް އެފަދަ އިހުލާސްތެރިކަމެއް ހުރީ ވަކި ކާކުގެ ހެއްޔެވެ؟ 2008ން ފެށިގެން ރާއްޖޭގެ ސިޔާސީ ނިޒާމުގައި ތަކުރާރުކޮށް ފެންނަ މިފަދަ ކަންކަން ގާނޫނަކުން ހުއްޓުވުމުގެ ފުރުސަތު އޮތްނަމަވެސް އެކަންކަން މިހާތަނަށްވެސް ކޮށްފައެއްނުވެއެވެ.

އެހެންކަމުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ޖަވާބަކީ މެމްބަރުން ޕާޓީ ބަދަލުނުކުރާނެކަމުގެ ޔަގީންކަމެވެ. އެއީ ކޮންމެ ޕާޓީއަކުން އިންތިޚާބުވިނަމަވެސްހެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުވަމުންދާ ގޮތަށް ބަލާއިރު އެޔަގީންކަން ބޭނުންވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު