Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޝްވާން ޕީއެންސީއަށް

އެމްޑީޕީ ޓިކެޓްގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރެއްވި ރިޝްވާން ހުވާކުރެއްވުމުގެ ކުރިން ޕީއެންސީއަށް

22 ޖެނުއަރީ 2024 | ހޯމަ 16:23

މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ އޮތީ ޕީޕީއެމް/ޕީއެންސީގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޖެނުއަރީ 2024 | ހޯމަ 16:23
އަހުމަދު ރިޝްވާން ރަޝީދު ޕީއެންސީ އާ ސޮއިކުރައްވާ ފޯމު ރައީސް އާ ހަވާލުކުރައްވަނީ

އަހުމަދު ރިޝްވާން ރަޝީދު ޕީއެންސީ އާ ސޮއިކުރައްވާ ފޯމު ރައީސް އާ ހަވާލުކުރައްވަނީ

މިމަހުގެ 13 ވަނަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަނުގައި، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މެދު ހެންވޭރު ދާއިރާގެ ކައުންސިލް ގޮނޑިއަށް އިންތިހާބުވި އަހުމަދު ރިޝްވާން ރަޝީދު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ރިޝްވާން ޕީއެންސީއަށް ސޮއިކުރެއްވި ފޯމު، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުއިއްޒުއާ ހަވާލުކުރައްވާ ފޮޓޯއާއެކު ޕީއެންސީން ވަނީ އެކްސްގައި ޕޯސްޓްކޮށްފައެވެ.

ރިޝްވާން ޕީއެންސީއަށް ސޮއިކުރެއްވިއިރު، އައު މޭޔަރާއި ކައުންސިލަށް އަލަށް އިންތިހާބުވި ތިން މެމްބަރުން ހުވާ ކުރެއްވުމުގެ ދަރުބާރު މިރޭ އޮންނާނެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ އެ ހަރަކާތް އޮންނާނީ ދަރުބާރުގޭގައެވެ. ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭހެން ހަތަރު ގޮނޑިއެއް ހުސްވީ ރައީސް މުއިއްޒުގެ ސަރުކާރުގެ މަގާމުތަކަށް އެ ގޮނޑިތަކުގައި ތިއްބެވި ބޭފުޅުން ވަޑައިގަތުމުންނެވެ.

ބައި-އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީން ވަނީ މެދު ހެންވޭރު ދާއިރާގެ ގޮނޑީގެ އިތުރަށް މޭޔަރު ގޮނޑި ކާމިޔާބުކޮށްފައެވެ. ޕީއެންސީއަށް ކާމިޔާބުވީ ހެންވޭރު ދެކުނު ދާއިރާ އަދި މާފަންނު ދެކުނު ދާއިރާއެވެ.

ސިޓީ ކައުންސިލްގައި މޭޔަރު ހިމެނޭހެން 19 ކައުންސިލަރުން ހިމެނޭއިރު، ރިޝްވާން ހިމެނޭހެން 13 ކައުންސިލަރުންނަކީ ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްގެ މެމްބަރުންނެވެ. ރިޝްވާން ޕީއެންސީ ގުޅުނު ސަބަބު ހާމަކުރައްވާފައެއްނުވެއެވެ. އަނެއްކޮޅުން ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ތަކެއް ވަނީ ޕީއެންސީއާ ގުޅިފައެވެ. އެމެމްބަރުން ގުޅިފައިވަނީ ބޮޑެތި އަދަދުތަކުން ފައިސާ ނެންގެވުމަށްފަހުކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް