Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލް

މާލޭގެ މޭޔަރ އާދަމް އާޒިމް އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރައްވައިފި

މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވީ 7621 ވޯޓުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2024 | ހޯމަ 17:02
މާލޭގެ މޭޔަރ އާދަމް އާޒިމް އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލޭގެ މޭޔަރ އާދަމް އާޒިމް އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލޭގެ މޭޔަރ އާދަމް އާޒިމް އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން މަޤާމުގެ ހުވާކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭބޭފުޅުން ހުވާ ލައިދެއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. އާޒިމްގެ އިތުރުން މިރޭ ހުވާކުރައްވާފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރ ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ، މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމް، މެދުހެންވޭރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގަތުމަށް ފަހު ހުވާކުރެއްވުމުގެ ކުރިން ޕީއެންސީ އަށް ސޮއިކުރައްވާފައިވާ އަހްމަދު ރިޝްވާންއެވެ.

Advertisement - newsAdvertisement

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެންނެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ބައެއް ގޮނޑިތައް ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ އިސް ބައެއް މަޤާމުތަކަށްވަޑައިގަންނަވާފައިވާތީއެވެ. އާ މޭޔަރ އާދަމް އާޒިމް އަކީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އިނގިރޭސި ވިލާތުގެ ނޮޓިންހަމް ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އިން ފައިނޭންސިން އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗްލާ އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ އާޒިމް އަކީ ފާއިތުވި 20 ވަރަކަށް އަހަރު ހިންގުމުގެ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވާފައިވަނީ މާލެ ސިޓި މޭޔަރުގެ ބައި-އިލެކްޝަނާއި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާއާއި މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެ ބައި އިލެކްޝަނެވެ. އެމްޑީޕީން ކާމިޔާބު ކުރީ މާލެ މޭޔަރު ގޮނޑިއާއި މެދު ހެންވޭރު ދާއިރާގެ ގޮނޑިއެވެ. ނަމަވެސް ހެންވޭރު މެދު ދާއިރާގެ ސިޓީ ކައުންސިލްގެ މެމްބަރު ވަނީ މިއަދު ޕީއެންސީ އަށް ސޮއިކުރައްވާފައެވެ.

މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވީ 7621 ވޯޓުންނެވެ. އެއީ އެ އިންތިޚާބުގައި ވޯޓުލީ މީހުންގެ 44.81 އިންސައްތައެވެ. މާލެ ސިޓީ މޭޔަރު އިންތިޚާބުގައި 54،680 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބުނުއިރު ވޯޓުލާފައިވަނީ 17،410 މީހުންނެވެ. އެއީ 31.84 އިންސައްތައެވެ. މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކޮންގްރެސް ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓް ހަސަން ނިޡާމް ކާމިޔާބު ކުރެއްވީ 383 ވޯޓުންނެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި އެ ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓް އާމިނަތު ރިޝްފާ އަހުމަދު 411 ވޯޓުން ކާމިޔާބު ކުރެއްވިއިރު މެދު ހެންވޭރު ދާއިރާގެ ގޮނޑި އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް އަހުމަދު ރިޝްވާން ރަޝީދު ކާމިޔާބު ކުރެއްވީ 320 ވޯޓުންނެވެ. މީގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ޒަޢީމާ ޢަބްދުއްރަޝީދު ކާމިޔާބު ކުރެއްވީ 243 ވޯޓުންނެވެ. ހޮނިހިރު ދުވަހުގެ ބައި އިލެކްޝަންތަކުގައި ޖުމްލަ 56،002 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބުނުއިރު ވޯޓު ލާފައިވަނީ 32 އިންސައްތައެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ އެހެން ބައި އިލެކްޝަންތަކާ އަޅާބަލާއިރު ގޯސް އަދަދެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު