Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ސްމިތް ރޯވް ހޯދުމަށް ވެސްޓު ހޭމުން ހުށަހެޅި ހުށަހެޅުން، އާސެނަލް އިން ރިޖެކްޓު ކޮށްފި

21 ޖެނުއަރީ 2024 | އާދީއްތަ 01:57

2018 ވަނަ އަހަރު އާސެނަލް އިން ސީނިއާ ކެރިއަރު ފެށި ނަމަވެސް، ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ ދެ ކުލަބަކަށް ކުޅެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2024 | އާދީއްތަ 01:57
އާސެނަލަށް ކުޅެމުން އަންނަ އެމީލް ސްމިތް ރޯވް

އާސެނަލަށް ކުޅެމުން އަންނަ އެމީލް ސްމިތް ރޯވް

އާސެނަލަށް ކުޅެމުން އަންނަ އިންގްލެންޑުގެ އެޓޭކިން މިޑްފީލްޑަރު ހޯދުމަށް، ވެސްޓް ހޭމް ޔުނައިޓެޑުން ހުށަހެޅި ހުށަހެޅުން، އާސެނަލުން ރިޖެކްޓު ކޮށްފި އެވެ.

އުމުރުން 23 އަހަރުގެ ޒުވާން ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް އާސެނަލް އިންނެވެ. 2018 ވަނަ އަހަރު އާސެނަލް އިން ސީނިއާ ކެރިއަރު ފެށި ނަމަވެސް، ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ ދެ ކުލަބަކަށް ކުޅެފަ އެވެ. އެއީ ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގްގެ އިތުރުން އިންގްލެންޑުގެ ހަންޑަސްފީލްޑް ޓައުން އަށެވެ. އޭގެ ފަހުން، 2020 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން އަނެއްކާ ވެސް އޭނާ އަންނަނީ އާސެނަލަށް ކުޅެމުންނެވެ.

ވެސްޓް ހޭމުން ހުށަހެޅީ ލޯނު އެއްބަސްވުމެއްގެ ދަށުން ސްމިތް ރޯވް ހޯދުމަށެވެ. ނަމަވެސް އާސެނަލުން ވަނީ އެ ހުށަހެޅުން ބަލައި ނުގަންނަން ނިންމައިފަ އެވެ. އެއީ ލޯނު އެއްބަސްވުމެއްގެ ދަށުން ވެސް ނުވަތަ، ދާއިމީ އެއްބަސްވުމެއްގެ ދަށުން ވެސް އޭނާ ދޫކޮށްލަން ބޭނުން ނުވާތީ އެވެ. ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ޕްލޭންގައި އޭނާ އަކީ މުހިންމު ކުޅުންތެރިޔެކެވެ. އެހެންވެ، އޭނާ ދޫކޮށްލުމަށް ދެކޮޅު ހަދަނީ ވެސް އާޓެޓާ ކަމަށް ވަނީ ބުނެފަ އެވެ.

ސްމިތް ރޯވް ވަނީ މިހާތަނަށް އާސެނަލަށް 107 މެޗު ކުޅެދީ 18 ލަނޑު ޖަަހައިފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި އޭނާ ވަނީ އާސެނަލަށް 11 މެޗު ކުޅެދީފަ އެވެ. އޭގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގަައި އޭނާ ކުޅެފައި ވަނީ ހަ މެޗެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އާސެނަލްގައި ކުޅުމުގެ ފުރުސަތު ނުލިބޭތީ، ސްމިތް ރޯވް ހުންނަނީ ހިތްހަމަ ޖެހިގެނެއް ނޫނެވެ. އާސެނަލާ އެކު އޭނާ ވަނީ އެފްއޭ ކޮމިއުނިޓީ ޝީލްޑް ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް