Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ސިޓީން މިފަހަރު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު: ރޮނާލްޑޯ

މީގެ ދެ އަހަރު ކުރިން ވެސް، އެ ޓީމަށް އެ މުބާރާތް ކާމިޔާބުވުން ޙައްޤުކަމަށް ރޮނާލްޑޯ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2024 | އާދީއްތަ 01:49
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

މެންޗެސްޓަރ ސިޓީން، މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ މިހެން ބުނީ، ހުކުރު ދުވަހުގެ ރޭ ދުބާއީގައި އޮތް ގްލޯބް ސޮކާ އެވޯޑު ޙަފުލާގައި ބައިވެރިވެ، ވާހަކަ ދައްކަމުންނެވެ. ސިޓީ އަކީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިދިޔަ ސީޒަނުގައި އެ ޓީމުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ، ފައިނަލްގައި އިޓަލީގެ އިންޓަ މިލާން ބަލި ކުރުމަށްފަހު އެވެ. އެއީ ސިޓީގެ ތާރީޚުގައި ވެސް އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ސިޓީން ވަނީ ޗެމްޕިއަންސް ލީގަށް އަމާޒުކޮށް، ވަރަށް ބޮޑަށް ތައްޔާރު ވެފަ އެވެ.

ރޮނާލްޑޯ ބުނީ، ސިޓީން ދައްކަމުން އަންނަނީ އާދަޔާ ޚިލާފު މޮޅު ކުޅެއް ކަމަށެވެ. ޚާއްސަކޮށް މިދިޔަ ސީޒަނުގައި ސިޓީން ދެއްކި ކުޅުމަށް، އެ ޓީމުގެ ކުޅުންތެރިންނާއި، ކޯޗިން އޮފިޝަލުންނަށް މަރުޙަބާ ކިޔަން ބޭނުންވާ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. ރޮނާލްޑޯ ބުނީ އެންމެ ފަހުން ސިޓީ އަށް، ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރެވިފައިވާ ކަމަށެވެ. އަދި މީގެ ދެ އަހަރު ކުރިން ވެސް، އެ ޓީމަށް އެ މުބާރާތް ކާމިޔާބުވުން ޙައްޤުކަމަށް އޭނާ ބުންޏެވެ. ޗެމްޕިއަންްސް ލީގު ކާމިޔާބުކޮށް، މިހާރު ވެސް ސިޓީން ދައްކަމުން އަންނަ ކުޅުމަށް އުފާވާ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނީ، މިހާރު ކުރިއަށްދާ ސީޒަންގައި ވެސް، ސިޓީ އަކީ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުން ކަމަށެވެ. ޚާއްސަކޮށް، މި ސީޒަންގެ މުބާރާތް ކާމިޔާބު ކުރުމަށް ވެސް އެ ޓީމަށް ވަރަށް ބޮޑު ފުރުސަތެއް އޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އިތުރަށް ރޮނާލްޑޯ ބުނީ، ސިޓީގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑު އަދި ޖަރުމަނު ލީގުގެ ބަޔާން މިއުނިކަކީ ވެސް، ޗެމްޕިއަންސް ލީގުގެ ފޭވަރިޓުން ކަމަށެވެ.

ގްލޯބް ސޮކާ އެވޯޑު ޙަފުލާގައި ސިޓީގެ ގިނަ ކުޅުންތެރިންނަށް ވަނީ އެވޯޑު ލިބިފަ އެވެ. އެންމެ މޮޅު ގޯލް ކީޕަރަށް ސިޓީގެ އެޑަސަން ހޮވުނުއިރު، އެންމެ މޮޅު މިޑްފީލްޑަރަކީ އެ ޓީމުގެ ރޮޑްރީ އެވެ. މީގެ އިތުރުން އެންމެ މޮޅު ކޯޗަކަށް ސިޓީގެ ޕެޕް ގާޑިއޯލާ ހޮވުނުއިރު، އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސިޓީގެ އާލިން ހާލަންޑް އެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ކުލަބަކަށް ހޮވުނީ ވެސް ސިޓީ އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު