Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް މައްސަލަ

ބަރަހަނާ މަންޒަރު ނަގައިގެން ބްލެކްމެއިލްކުރާތީ މަޖުބޫރުވެގެން ޑްރަގް ވިއްކާކަމަށް ބުނާ ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އޭނާ ބުނެފައިވަނީ އޭނާ އެކަން ކުރީ މަޖުބޫރުވެގެން ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޖެނުއަރީ 2024 | ހުކުރު 06:32
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ބަރަހަނާ މަންޒަރު ނަގައިގެން ބަޔަކު އޭނާ ބްލެކްމެއިލްކުރާތީ މަޖުބޫރުވެގެން ޑްރަގް ވިއްކާކަމަށް ބުނާ ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު މީގެކުރިން ވަނީ ވެސް އިތުރުކޮށްފައެވެ. މިމަހުގެ 4 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް ޖެހުމަށްފަހު ބަންދުގެ މުއްދަތު އިތުރު 15 ދުވަހަށް ޖަހާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

އޭނާގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތެވެ.

މި މައްސަލައާ ގުޅިގެން އޭނާ ބަންދު ކުރުމަށް ބޭއްވި އަޑުއެހުމުގައި އޭނާގެ ފަރާތުން ބުނެފައިވަނީ އޭނާ ލައްވާ އެކަން ކުރުވާފައިވަނީ، ގްރޫޕަކުން އޭނާ ރަހީނުކޮށް، މަޖުބޫރުކުރުވައިގެން ކަމަށެވެ. އަދި ހާދިސާ ހިނގިތަނުގައި ބަޔަކު އޭނާ ލައްވާ ކަތުރުން އެއްޗެއް ކަފަން މަޖުބޫރު ކުރިވިކަމަށާއި، އެތަނުން މަސްތުވާ އެއްވެސް އެއްޗެއް އޭނާ ނުދޭކަމަށެވެ. މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާގެ އަތުން އެތަނުގެ ތަޅުދަނޑިއެއް ފެނުނު ކަމަށާއި، އެ ތަޅުދަނޑިން އެތަން ހުޅުވާފައިވާ އިރު، އޭނާ ލައްވާ މިކަމަކީ ބަޔަކު މަޖުބޫރުކޮށްގެން ކުރިވިކަމެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވުމާއި، ސީންއަށް ދިޔަ ފުލުހުންގެ ބަޔާން ވެސް ހުށަހަޅާފައިވުމެވެ.

އަދި ސީނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލަތްތައް ފެނިފައިވެއެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ ދަށުން މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު އޮފިސަރު ވަނީ ތުހުމަތުވާ މީހާއަކީ 2017 ވަނަ އަހަރުން ފެށިގެން ޤަވާއިދާ ޚިލާފަށް ވޯކްޕާމިޓެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީއެއްކަން ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ސިޓީ ކައުންސިލްގެ ބާރުތައް ނަގައިގެންވެސް ސަރުކާރަށް ކޮށްދެނު ކަމެއްނެތް، ރައްޔިތުންގެ ނިކަމެތިކަން ދަނީ އިތުރުވަމުން: ޝިފާ

16 އެޕްރީލު 2017
ސިޓީ ކައުންސިލްގެ ބާރުތައް ނަގައިގެންވެސް ސަރުކާރަށް ކޮށްދެނު ކަމެއްނެތް، ރައްޔިތުންގެ ނިކަމެތިކަން ދަނީ އިތުރުވަމުން: ޝިފާ
06 އެޕްރީލު 2017

ވެކްސިން އަތަށް ނަގައިގެން އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޑރ ރަމީލާ

06 އެޕްރީލު 2017
ވެކްސިން އަތަށް ނަގައިގެން އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޑރ ރަމީލާ
01 އެޕްރީލު 2017

ކެޓީ ޕްރައިސްގެ ބަރަހަނާ ފޮޓޯއާ ބެހޭ ގޮތުން އެއްވެސް މީޑިއާއަކާ ވާހަކަ ދައްކާފައެއް ނުވާނެ: ފުލުހުން

01 އެޕްރީލު 2017
ކެޓީ ޕްރައިސްގެ ބަރަހަނާ ފޮޓޯއާ ބެހޭ ގޮތުން އެއްވެސް މީޑިއާއަކާ ވާހަކަ ދައްކާފައެއް ނުވާނެ: ފުލުހުން
29 މާރިޗު 2017

ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު

29 މާރިޗު 2017
ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު
19 މާރިޗު 2017

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު