Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަރުޢީ ދާއިރާ

މާލޭ ސަރަހައްދުގައި ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް އޮތީ ހުއްޓިފައި، މިކަމަށް އަވަސް ހައްލެއް ބޭނުންވޭ - އުއްތަމަ ފަނޑިޔާރު

19 ޖެނުއަރީ 2024 | ހުކުރު 03:17

ފާއިތުވި އަހަރު ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ ފަނޑިޔާރުންނާއި މުވައްޒަފުން ގުޅިގެން އެއް ރޫހެއްގައި މަސައްކަތް ކުރުންކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ޖެނުއަރީ 2024 | ހުކުރު 03:17
އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން

އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވުމާއި ގުޅިގެން، މާލޭ ސަރަހައްދުގެ ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ހުއްޓިފައި އޮތް އޮތުމަށް އަވަސް ހައްލެއް ހޯއްދަވާދެއްވުމަށް އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން އެދިވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު އެފަދައިން އެދިވަޑައިގަތީ ގަޟާއީ އަހަރު 2024 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، އެހެން އަހަރުތަކެކޭ އެއްފަދައިން ފާއިތުވެ ދިޔަ އަހަރު ވެސް ޝަރުއީ ދާއިރާ އަށް ބޭނުންވާ އުމްރާނީ ތަރައްޤީ ހީނަރުވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރު ވެސް ޖާގައިގެ ދަތިކަމާއި ކުރިމަތިލާން ޖެހުނު ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނިމިދިޔަ އަހަރު ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓާއި، ފެމިލީ ކޯޓާއި، ޑްރަގް ކޯޓުގެ އިތުރުން ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ އިމާރާތްތަކަށާއި ތަކެއްޗަށާއި ވަސީލަތްތަކަށް ގިނަ ގެއްލުންތަކެއް ލިބުނުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ފެމިލީ ކޯޓަށް ލިބުނު ގެއްލުންތަކަށް އަވަސް ހައްލެއް ހޯދައިދެވިފައިވާ ކަމަށާއި ކްރިމިނަލްް ކޯޓަށް ދިމާވި މައްސަލަ އަށް ހައްލު ގެނައުމަށް މަސައްކަތް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވި އަހަރު ކްރިމިނަލް ކޯޓަށް 854 މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ކްރިމިނަލް ކޯޓު ހިންގަމުންދިޔަ އިމާރާތް ބާވެ، އެތަނަކީ މީހުން ހާޒިރުކޮށް މަސައްކަތް ކުރަން އެކަށީގެންވާ އިމާރާތަކަށް ނުވާތީ އެ ކޯޓުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވިއެވެ. މިކަމަކީ ޖިނާއީ އަދުލުގެ ނިޒާމް ހުއްޓި މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފާއިތުވި އަހަރު ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ ފަނޑިޔާރުންނާއި މުވައްޒަފުން ގުޅިގެން އެއް ރޫހެއްގައި މަސައްކަތް ކުރުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ޒިޔާރަތްކުރައްވާ އެ ތަންތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވާ ކަމަށާއި މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާއި ވާހަކަދައްކައިގެން ބެލި ބެލުމުން ބައެއް ކޯޓުތަކަށް ދިމާވެފައިވަ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމަށް ފާހަގަކުރެއްވުނު ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މި ދަތިތަކާއެކު ވެސް ޚިދުމަތް ފޯރުކޮށްދިނުމަށް ކޯޓުތަކުން މަސައްކަތްކުރަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް