Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހުޅަނގާއި ޙޫޘީންގެ މައްސަލަ

ހުޅަނގާއި ޙޫޘީން: ރަތް ކަނޑުގެ މައްސަލައަށް ސިޔާސީ ހައްލެއް ހޯދަން ޖެހިފައި

ވޮޝިންޓަނުން ވަނީ ޙޫޘީންނަކީ "ބައިނަލްއަޤްވާމީ ޚާއްޞަ ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާފައިވާ" ބައެއްގެ ގޮތުގައި އަލުން ލިސްޓުކުރަން ނިންމާފައިވާކަން އިޢުލާންކޮށްފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2024 | ބުރާސްފަތި 16:51
އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނުގެ ޙޫޘީންނަށް ދިން ހަމަލާތަކާ ދެކޮޅަށް ޞަންޢާ ޔުނިވަރސިޓީގެ ދަރިވަރުން މުޒާހަރާކުރަނީ

އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނުގެ ޙޫޘީންނަށް ދިން ހަމަލާތަކާ ދެކޮޅަށް ޞަންޢާ ޔުނިވަރސިޓީގެ ދަރިވަރުން މުޒާހަރާކުރަނީ

ހުޅަނގާ ހޫޘީންނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް އިތުރުވަމުންދާއިރު، މެދުއިރުމަތީގެ ބޮޑު ސަރަހައްދުގައި ހަމަނުޖެހުން އުފެދިދާނެކަމުގެ ބިރު ހީވެ، އެމައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް ތަޖުރިބާކާރުން ދަނީ ގޮވާލަމުންނެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ޔަމަނުގެ ރަތް ކަނޑުގެ އުޅަނދުތަކަށާއި ޢަދަނުގެ ކަނޑުއޮޅީގެ އުޅަނދުތަކަށް ޔަމަނުގެ ޙޫޘީ ޖަމާޢަތުން ދެމުން ގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެގޮތުން، އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ޙޫޘީންގެ ގިނަ އަމާޒުތަކަށާއި މަރުކަޒުތަކަށް ހަމަލާތައް ދީފައެވެ.

މިދިޔަ ބުދަ ދުވަހު ވޮޝިންޓަނުން ވަނީ ޙޫޘީންނަކީ "ބައިނަލްއަޤްވާމީ ޚާއްޞަ ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާފައިވާ" ބައެއްގެ ގޮތުގައި އަލުން ލިސްޓުކުރަން ނިންމާފައިވާކަން އިޢުލާންކޮށްފައެވެ.

އެމެރިކާގެ މި ހަމަލާތަކާއި ގުޅިގެން ޙޫޘީން ވަނީ، އިސްރާއީލާ ގުޅުންހުރި އުޅަނދުތަކާއި އެމެރިކާއާއި އިނގިރޭސިވިލާތާ ގުޅުންހުރި އުޅަނދުތަކަށް އަމާޒުކޮށް ހަމަލާތައް ވަރުގަދަ ކުރާނެކަމަށް ބުނެފައެވެ.

ޔޫރަޕާއި، މެދުއިރުމައްޗާއި، އުތުރު އެފްރިކާ، އަދި މެދު އޭޝިއާގައި ހިނގަމުންދާ ހަމަނުޖެހުންތައް ކަވަރުކުރަމުން އަންނަ ޖިއޮޕޮލިޓިކަލް އަދި ސެކިއުރިޓީ އެނަލިސްޓް، އަދި ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭ ނޫސްވެރިޔާ ކުސޯވަކް އަނާޑޯލޫ ނިއުސްއަށް ވިދާޅުވީ ޙޫޘީން ހަމަލާދިނުން ހުއްޓާލާނީ ޔަމަނުގައި މުސްތަޤުބަލުގައި އެމީހުންގެ ހާލަތާ ގުޅޭގޮތުން ސިޔާސީ މަޝްވަރާތަކުގައި އެ މީހުންނަށް މަޤާމެއް ހުށަހަޅައިފިނަމަ ކަމަށެވެ.

އޭނާ ވިދާޅުވީ ޙޫޘީން ބޭނުންވަނީ ޔަމަނުގެ އެތެރޭގައި ކޮންމެވެސް ވަރެއްގެ ސިޔާސީ ބަލައިގަތުމެއް ހޯދުމަށް ކަމަށްވާއިރު، ރަތް ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދިނުން ހުއްޓުވޭނެ ހަމައެކަނި މަގަކީ، އަސްކަރީ ހައްލެއްގެ ބަދަލުގައި ސިޔާސީ ހައްލެއް ކަމަށެވެ.

ޔަމަނުގެ ކޮންފްލިކްޓް އެނަލިސްޓް ހިޝާމް އަލް އުމައިސީ ވެސް ގަބޫލުކުރައްވާ ގޮތުގައި ޙޫޘީން ބަލިކުރުމަށް ހަމައެކަނި ވައިގެ ހަމަލާތަކުން ނުފުދޭނެއެވެ.

ޙޫޘީންގެ ހަމަލާތައް ހުއްޓުވުމަށް މިއަށްވުރެ ފުރިހަމަ ތެދުވެރި އެޕްރޯޗެއް ބޭނުންވާކަމާއި، އަސްކަރީ ކެމްޕެއިނެއް އޮތް ނަމަވެސް ކޮންމެހެންވެސް ސިޔާސީ ކެމްޕޭނެއް އޮންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަމަނުގައި 2015 ވަނަ އަހަރު އެންމެ ފުރަތަމަ ހަނގުރާމަ ފެށިތާ މަދު މަސްތަކެއް ފަހުން އުފެދުނު ފެކްޝަންތައް އަސްކަރީ ޑެޑްލޮކެއްގެ ތެރޭގައި ތާށިވާނެކަން އެނގިވަޑައިގަތް ކަމަށާއި، ހަމައެކަނި ހައްލަކީ ސިޔާސީ މަޝްވަރާތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ރަތްކަނޑުގައި ޙޫޘީންގެ ޢަމަލުތައް ހުރި ގޮތާއި، ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާނެކަމުގެ އިންޒާރު ވެސް ތަޖުރިބާކާރުން ވަނީ ދީފައެވެ.

ކުސޯވަކްގެ ނަޒަރުގައި، އެމެރިކާއާއި އެގައުމުގެ ބައިވެރިން މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައިވަނީ، ޙޫޘީންގެ ކޮންމެ ލޯންޗަރަކާއި ކޮންމެ މިސައިލެއް ނައްތާލުމަކީ ނާދިރު ކަމަކަށް ވާތީ، ޝިޕިންގއަށް އޮތް ނުރައްކާ ކުޑަކުރުމަށެވެ.

މަދަނީ ޝިޕިންއަށް އަމާޒުކުރުމަމުންދާ ޙޫޘީންގެ ޤާބިލްކަން އެމެރިކާއިން ކުޑަކުރާނެ ކަމަށާއި، ނަމަވެސް މުޅިން ހަލާކުނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަލް އުމައިސީ ވިދާޅުވީ، އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން ޙޫޘީންގެ ބައެއް މަރުކަޒުތަކަށާއި ބައެއް ތަންތަނުގައި ހުރި ހަތިޔާރުތަކަށް (ޚާއްޞަކޮށް ރާޑަރުތަކަށް) ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި، ނަމަވެސް އެ ޖަމާޢަތް ނިކަމެތިކުރަން މިހާ މަދު ހަމަލާއަކުން ނުފުދޭނެ ކަމަށެވެ.

ޙޫޘީންގެ ހަތިޔާރުތައް ވަނީ މުޅި ސަރަހައްދަށް ފެތުރިފައެވެ. ޔަމަނުގެ ބޮޑު ސަރަހައްދެއްގައި އެ ހަތިޔާރު ފެތުރުމުގައި ހަގީގަތުގައި ވެސް އެމީހުން ވަނީ މޮޅުވެފައެވެ. ފަރުބަދަތަކުގެ ރޭންޖާއި އެމީހުންގެ ލޯކަލް ސަރަހައްދުތަކުގައި އެމީހުން ތިބީ ގަދަކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅަނގުގެ ގައުމުތަކުން ދޭ ހަމަލާތަކުގެ ސަބަބުން ޙޫޘީންނަށް "ރަތް ކަނޑުގައި އެއަށްވުރެ ވަރުގަދައަށް ރައްދު ދީ، ބަދަލު ހިފުމަށް ބާރު އަޅާނެ" ކަމަށާއި މިހާރު އޭގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާގެ އުޅަނދުތައް ވެސް ހިމެނޭ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

އަލް އުމައިސީ އިންޒާރުދެއްވީ، މިއީ ޓިޓް ފޯ ޓަޓް ހާލަތަކަށް ބަދަލުވެ، އެންމެ ފަހުން "ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ" ހާލަތަކަށް ވެދާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!

މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!

26 ނޮވެމްބަރު 2018
ކަނޑުގެ ދިރުންތައް ޕްލާސްޓިކްގެ ޝިކާރައަކަށް!

ކަނޑުގެ ދިރުންތައް ޕްލާސްޓިކްގެ ޝިކާރައަކަށް!

23 އޮކްޓޯބަރު 2018
ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

13 މެއި 2018
އަލިތަކުރުފާނުގެ ޒިޔާރަތް: ހަށިކޮޅު ތަކަންދޫގައި، އިސްތަށިފުޅު ވަނީ ފުނަދޫގައި!

އަލިތަކުރުފާނުގެ ޒިޔާރަތް: ހަށިކޮޅު ތަކަންދޫގައި، އިސްތަށިފުޅު ވަނީ ފުނަދޫގައި!

11 ޖެނުއަރީ 2018
ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!

ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!

10 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު