Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ތަރައްގީކުރުން

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަން އާޒިމް ކާމިޔާބުކުރެއްވީ 7621 ވޯޓާއެކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖެނުއަރީ 2024 | ބުދަ 09:01
އިންތިހާބީ މޭޔަރު އާދަމް އާޒިމް

އިންތިހާބީ މޭޔަރު އާދަމް އާޒިމް

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ހިޔާލާއެކު މާލެ ސިޓީ ތަރައްގީކުރުން ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާއަށް ގުޅުއްވާ ތަހުނިޔާ ވިދާޅުވެ އަދި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިކަމަށާއި، އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ. އާޒިމް ވިދާޅުވީ އޭނާގެ ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއެކު މާލެ ސިޓީ ތަރައްގީކޮށް ރައްޔިތުން އުޅޭހިތްވާ ތަނަކަށް މާލެސިޓީ ހެދުން ކަމަށެވެ.

އަދި އެންމެން ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަކީ އެންމެން އެދިއެދި ތިބި ހިތްފަސޭހަކަމާއި، ފަހިކަން މާލެ ސިޓީއަށް ގެނައުމަށް މުހިއްމުކަމެއް ކަމަށާއި، ރައްޔިތުން އޭނާއަށް އިތުބާރުކޮށް ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެގޮތެއްނުވެ ދެމިހުންނަވާނެ ކަމަށެވެ.

ފޯނުން ގުޅުއްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި މާލެ ސިޓީ ކައުންސިލަށާއި އަދި މާލެ ސިޓީގެ މޭޔަރަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި ސަރުކާރުގެ މަސައްކަތްތަކުގައި މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ. މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވޯރކްސްއިން ބުނީ ސަރުކާރުން ނިންމާފައިވަނީ، ނިމިގެންދިޔަ ބައި-އިލެކްޝަނުގައި މާލެ ސިޓީގެ މޭޔަރުގެ އިންތިޚާބު ކާމިޔާބުކުރެއްވި އާދަމް އާޒިމާއި، އިންތިޚާބީ ކައުންސިލަރުންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ވަރަށް ފުރިހަމަ ގޮތެއްގައި އަންނަ ހަފުތާގެ ހޯމަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވުމަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދާއިމީ ނަތީޖާއިން ދައްކާގޮތުގައި، މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމު ކާމިޔާބުކުރެއްވީ 7621 ވޯޓާއެކު އެވެ. އެއީ އެ އިންތިޚާބުގައި ވޯޓުލީ މީހުންގެ 44.81 އިންސައްތައެވެ. މާލެ ސިޓީ މޭޔަރު އިންތިޚާބުގައި 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު، އޭގެ ތެރެއިން ވޯޓުލާފައިވަނީ 17،410 މީހުންނެވެ. އެއީ 31.84 އިންސައްތައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު