Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާޒިމް ހުވާކުރެއްވުން

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

މި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޖެނުއަރީ 2024 | އަންގާރަ 12:28
މާލެ ސިޓީގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް

މާލޭގެ މޭޔަރުގެ މަގާމަށް ހޮވިވަޑައިގެންފައިވާ އާދަމް އާޒިމާއި މާލޭގެ ތިން ދާއިރާއަކަށް އިންތިޚާބުވެވަޑައިގަތް ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހޯމަ ދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވޯރކްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ލޯކަލް ގަވަރމަންޓް ނިޒާމުގައި ސިޓީ ކައުންސިލްގެ މޭޔަރުންނަކީ ވަރަށް މުހިންމު މަގާމެއް ރާއްޖޭގެ ތާރީޚުގައި ފުރުއްވާފައި ތިއްބެވި ފަރާތްތަކެއް ކަމަށެވެ. އަދި އެފަރާތްތަކަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ.

Advertisement - newsAdvertisement

އަދި ސަރުކާރުން ނިންމާފައިވަނީ، ނިމިގެންދިޔަ ބައި-އިލެކްޝަނުގައި މާލެ ސިޓީގެ މޭޔަރުގެ އިންތިޚާބު ކާމިޔާބުކުރެއްވި އާދަމް އާޒިމާއި، އިންތިޚާބީ ކައުންސިލަރުންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ވަރަށް ފުރިހަމަ ގޮތެއްގައި އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ކަމަށެވެ. އަދި މިކަމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން، އެލްޖީއޭއިން ދޭ އިރުޝާދާއެކު އެތަނެއްގައި އޮންނަ ކައުންސިލަކުން ކުރަމުންދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.

މޭޔަރު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށްގެންދާނީ، އަދި އިދާރީ ހުރިހާ ކަމެއްވެސް ހަމަޖައްސަމުން ގެންދާނީ މާލެ ސިޓީ ކައުންސިލުން ކަމަށާއި، މިކަމާ ގުޅިގެން އެލްޖީއޭއިން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޔަގީންކުރައްވަނީ އަލަށް ހޮވިވަޑައިގެންނެވި މޭޔަރު އަދި އިތުރު މެންބަރުންވެސް ސަރުކާރާއެކު ގުޅިގެން މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ދާއިމީ ނަތީޖާއިން ދައްކާގޮތުގައި، މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަން، 7621 ވޯޓާއެކު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ. އެއީ އެ އިންތިޚާބުގައި ވޯޓުލީ މީހުންގެ 44.81 އިންސައްތައެވެ. މާލެ ސިޓީ މޭޔަރު އިންތިޚާބުގައި 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު، އޭގެ ތެރެއިން ވޯޓުލާފައިވަނީ 17،410 މީހުންނެވެ. އެއީ 31.84 އިންސައްތައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކަކީ މާލެ ސިޓީ މޭޔަރުގެ ބައި-އިލެކްޝަނާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާއާއި މެދުހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާގެ ބައި- އިލެކްޝަނެވެ. މީގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި- އިލެކްޝަން ވެސް ވަނީ ބާއްވާފައެވެ.

ހޮނިހިރު ދުވަހު ބޭއްވި މި ބައި-އިލެކްޝަންތަކުގެ ފަސް ގޮނޑީގެ ތެރެއިން ދެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ. އަދި އެ އިންތިޚާބުގެ ތިން ގޮނޑި ކާމިޔާބުކޮށްފައިވަނީ ކޮންގްރެސް ޕާޓީންނެވެ. އެގޮތުން މާލޭ މޭޔަރު ގޮނޑިއާއި، ހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ. އަދި ކޮންގްރެސް ޕާޓީން ވަނީ މާފަންނު ދެކުނު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާއާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު