Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިގްތިޞާދު

މި ސަރުކާރުން ރާއްޖޭގެ ރީތި 'ބްރޭންޑް ނޭމް' ހުތުރުކޮށްލައިފި، އެ ނޫން އެހެން ސިނާއަތްތަކަށް ވެސް އަސަރުކުރާނެ - އަމީރު

ނެގެޓިވް ޕަބްލިސިޓީގެ ސަބަބުން އެކި ހިސާބުތަކުން އަންނަ ފަތުރުވެރިންނަށް ލިބެނީ ގޯސް މެސެޖެއް ކަމަށް އަމީރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ޖެނުއަރީ 2024 | އަންގާރަ 03:44
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

މި ސަރުކާރުން ރާއްޖޭގެ ރީތި 'ބްރޭންޑް ނޭމް' ހުތުރުކޮށްލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިކަން ނޫން އެހެން ސިނާއަތްތަކަށް ވެސް އަސަރުކުރާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ނެގެޓިވް ޕަބްލިސިޓީގެ ސަބަބުން އެކި ހިސާބުތަކުން އަންނަ ފަތުރުވެރިންނަށް ލިބެނީ ގޯސް މެސެޖެއް ކަމަށެވެ. އަދި ރާއްޖެ އަކީ އެންމެންނާ ވެސަ ގުޅިގެން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި މަޤްބޫލު މަންޒިލެއް ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުގެ އިސް ފަރާތްތައް އަވަށްޓެރި ޤައުމަކަށް ފާޑުކިޔުމުން، އެ ދެވެނީ ގޯސް މެސެޖެއް ކަަމަށާއި އެކަމުގެ ސަބަބުން ރާއްޖެ އަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑަށް ފުރުސަތު އޮތީ ޝޯޓް ހޯލް މާކެޓްތަކުން ފަތުރުވެރިން އިތުރުކުރުމަށް ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން އިންޑިއާގެ މިލިއަނަރުންނާއި ބިލިއަނަރުން އަދި މިޑްލް ކްލާސް މީހުންގެ އާބާދީ ވެސް ބޮޑުކަން އަމީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެއްވެސް މާކެޓެއް ރާއްޖެ އަށް ގެއްލޭ ގޮތަށް ސަރުކާރުން އަމަލުކޮށްގެން ނުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު އިތުރަށް ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގައި އެއްވަނައިގައި އޮތް މާކެޓެއް ރާއްޖެ އަށް ގެއްލުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަަމަށެވެ.

ޒަމާނުއްސުރެ ރާއްޖެ މަޝްހޫރުވެފައި ވަނީ ހިތްހެޔޮ އެންމެންނާއި ގުޅޭ ބައެއްގެ ގޮތުގައިކަން އަމީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ނަން ހަރާބުވުމަކީ ރާއްޖޭގެ އެކި ސިނާއަތްތަކަށް އަސަރު ކުރާނެ ކަމެއް ކަަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތް ފަދަ ސިނާއަތްތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ ރާއްޖެ އަށް އަންނަ އިންވެސްޓަރުންނަށް ވެސް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ. ރާއްޖެ އަށް އަންނަ އިންވެސްޓްމެންޓްތަކާއި ހުރިހާ ސިނާއަތެއް ވެސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި ވަރަށް ބޮޑަށް ގުޅިފައިކަން ވެސް އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވަނީ ރާއްޖޭގެ ރީތި ނަން ސަރުކާރުން ކިލަނބުކޮށްލާފައިވާ ކަަމަށް ފާހަގަކުރައްވާ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ދޭދޭ ޤައުމުތަކާއި އޮންނަ ގުޅުންތަކަށް އަސަރުކުރާ ގޮތަށް އަމަލުކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރާނެ ކަމެއްކަން ވެސް އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު