Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު

ހަފުތާ 14ގެ އެންމެ މުހިންމު އެއް ވަޢުދު ފެނަށް؟

18 ޖެނުއަރީ 2024 | ބުރާސްފަތި 04:55

ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހަށް، ސަރުކާރަށް 100 ދުވަސް ހަމަވާއިރު، އިސްތިއުނާފު ކުރުމުގެ ކުރިން ހަދާ ރިޕޯޓުތައް ނިމޭނީ ފެބްރުވަރީ މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2024 | ބުރާސްފަތި 04:55
ހަފުތާ14

ހަފުތާ14 | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެެއްވި ރިޔާސީ ކެމްޕެއިނުގައި ގިނަ ވަޢުދުފުޅުތަކެއް ވަނީ ވެވަޑައިގެންފަ އެވެ. މި ވައުދުފުޅުތަކުގެ ތެރޭގައި އެކިއެކި ދާއިރާތަކުން މުހިންމު ވަޢުދުފުޅުތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ އެންމެ މުހިންމު އެއް ވަޢުދުފުޅަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު 'އަލުން އަނބުރާ' ހޯދުމެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް، ރައްޔިތުންނަށް ގިނަ ހުވަފެންތަކެއް ދެއްކެވި އެވެ. ވެރިކަމަށް ދެ މަސް ދުވަސްވާން ވެފައިވާއިރު، އެއިން އެއްވެސް ކަމެއްގައި ކުލަ ޖެހޭ މަންޒަރެއް ނުފެނެ އެވެ. އެތައް އުންމީދެއް ދައްކައިގެން އައި ސަރުކާރުން، ރައްޔިތުން ނާއުންމީދު ކޮށްލަން ފަށައިފި އެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން، ރިޔާސީ ވަޢުދުފުޅުތަކުގެ ތަފްސީލު ހިމެނޭހެން ބޮޑު ޕްލޭނެއް ވެސް ހެއްދެވި އެވެ. "ހަފުތާ14" ގެ ނަމުގަައި ޚާއްސަ ވެބްސައިޓެއް ހައްދަވައި، ވަޢުދުތައް ފެންނާހެން އެހުރީ އެވެ. ނަމަވެސް، ސަރުކާރުގެ ބަސްމަގު ހުރި ގޮތުން، ހަފުތާ 14ގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދުފުޅު ފުރިހަމަ ނުވާނެ ކަމުގެ ޔަޤީންކަން މިހާރު ލިބިއްޖެ އެވެ. އެވެސް އަދި ވެރިކަމަށް ވަޑައިގެންނެވުމަށް ދެއްކެވި އެންމެ މުހިންމު އެއް ވާހަކަފުޅެވެ.

މިނިވަންކަމާއި ސިޔާދަތުގެ ދަށުން ވެފައިވާ އެންމެ މުހިންމު އެއް ވައުދަކީ، ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ޙުކުމް އިސްތިޢުނާފުކުރުމެވެ. ކުރީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލިކަމަށް ބުނެ، އެންމެ ގަދަޔަށް އެ ވާހަކަ ދެއްކެވީ މިހާރުގެ ރައީސާއި، އެމަނިކުފާނުގެ ޕާޓީ އާއި އެކްޓިވިސްޓުންނެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވާނެ ތާރީޚަކަށް ވާނީ އަންނަ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހެވެ. މި މުއްދަތުގައި ސަރުކާރުން ވައުދުވެފައި ވަނީ، އިޓްލޮސް އިން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމެވެ. ނަމަވެސް، ސަރުކާރުގެ ލަވަ އާއި ރާގު ބަދަލުވެއްޖެ އެވެ. މިދިޔަ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބޭރުގެ ޕްރޮފެސަރުންގެ އެހީތެރިކަމާއެކު، ހަދަން ޖެހޭ ދިރާސާތައް ހަދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ނާޡިމް ވިދާޅުވީ ޕްރޮފެސަރުގެ ރިޕޯޓު ނިންމާލެވޭނީ އަންނަ ފެބްރުވަރީ މަހުގެ ނިޔަލަށް ކަމަށެވެ. ނާޡިމް ވިދާޅުވި ގޮތުން އެއީ މައްސަލަ އިސްތިއުނާފު ކުރުމުގެ ކުރިން، ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއާއެކު ނޫސްވެރިޔަކު ދެންނެވި ސުވާލަކީ، ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހަށް 100 ދުވަސް ހަމަވާއިރު، އެ ވައުދު ފުރިހަމަ ވާނެތޯ ނުވަތަ ނޫންތޯ އެވެ! ނާޡިމް ވިދާޅުވީ އެ ވަޢުދުގެ ސްޓޭޓްމަންޓް އޮތް ގޮތް ބަލާލުން ރަނގަޅު ވާނެ ކަމަށެވެ. އެއާއެކު ވިދާޅުވީ ނާޡިމް އަށް އެނގިވަޑައިގެންފައި އޮތް ގޮތުން، އޭގައި އޮންނާނީ އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށާނެ ވާހަކަ ކަަމަށެވެ. ނަމަވެސް، ނޫސްވެރިޔާ ވަނީ ހަފުތާ 14 ގައި އޮތް ގޮތަށް ބުނެފަ އެވެ. އޭގައި އޮތީ އިސްތިއުނާފު ކުރާނެ ކަމަށެވެ.

އިތުރަށް ނާޡިމް ވިދާޅުވީ، އެކަން ކުރިއަށް ދާނީ ކުރިން ވެސް ދެންނެވި ހަމަތަކާއި، އުސޫލުގެ މަތިން ކަމަށެވެ. އެއީ ހަދަން ޖެހޭ ރިޕޯޓުތަކާއި ދިރާސާތައް ހެދުމަށްފަހު ކަމަށް ވިދާޅުވި އެވެ. ނާޡިމް ވިދާޅުވީ ނޫސްވެރިޔާ ބުނަނީ ހިސާބުތައް ދިމާނުވާ ވާހަކަ ކަމަށާއި އެހެންނަމަވެސް، އެކަމުގައި އިތުރު ބަހުސަކަށް ދާން ބޭނުންނުވާ ކަމަށެވެ. އަދި އެކަން ކުރިއަށް ދާނެ ގޮތަކީ އެއީ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން، ސަރުކާާރުގެ އެންމެ މުހިންމު ވަައުދުފުޅު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނުފުއްދެވޭނެކަން ޔަގީންވެއްޖެ އެވެ. ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހަށް، ސަރުކާރަށް 100 ދުވަސް ހަމަވާއިރު، އިސްތިއުނާފު ކުރުމުގެ ކުރިން ހަދާ ރިޕޯޓުތައް ނިމޭނީ ފެބްރުވަރީ މަހުގެ ނިޔަލަށް ކަމަށް ސަރުކާރުން ބުނެ އެވެ.

ޑރ. މުހައްމަދު މުއިއްޒުހަފުތާ 14ރައީސް އޮފީސް

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

5

ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެބެން ކާމިޔާބުކަމާއެކު ވަކިކޮށްފި

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ

21 ސެޕްޓެމްބަރު 2026
ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ
21 ސެޕްޓެމްބަރު 2026

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

21 ސެޕްޓެމްބަރު 2026
އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ
21 ސެޕްޓެމްބަރު 2026

ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް

21 ސެޕްޓެމްބަރު 2026
ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް
21 ސެޕްޓެމްބަރު 2026

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

21 ސެޕްޓެމްބަރު 2026
ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި
21 ސެޕްޓެމްބަރު 2026

ޔާމީން މުއިއްޒު އަށް: އަރިހުގައި ތި ގެންގުޅުއްވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބަލާފައި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާ!

21 ސެޕްޓެމްބަރު 2026
ޔާމީން މުއިއްޒު އަށް: އަރިހުގައި ތި ގެންގުޅުއްވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބަލާފައި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާ!
20 ސެޕްޓެމްބަރު 2026

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

20 ސެޕްޓެމްބަރު 2026
ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
19 ސެޕްޓެމްބަރު 2026

މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން

19 ސެޕްޓެމްބަރު 2026
މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން
19 ސެޕްޓެމްބަރު 2026

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރާ މުއްދަތުތަކަށް ބަދަލުތަކެއް ގެނެސްފި

19 ސެޕްޓެމްބަރު 2026
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރާ މުއްދަތުތަކަށް ބަދަލުތަކެއް ގެނެސްފި
19 ސެޕްޓެމްބަރު 2026

ޤައުމު އިސްކުރާ އެއްވެސް މީހަކު ޕީއެންސީގެ ފަލްސަފާއާ ދެކޮޅު ނުވާނެ: ރައީސް މުއިއްޒު

19 ސެޕްޓެމްބަރު 2026
ޤައުމު އިސްކުރާ އެއްވެސް މީހަކު ޕީއެންސީގެ ފަލްސަފާއާ ދެކޮޅު ނުވާނެ: ރައީސް މުއިއްޒު
19 ސެޕްޓެމްބަރު 2026

ޕީއެންސީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި

19 ސެޕްޓެމްބަރު 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް