Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން ފުޓްބޯޅަ

ނިއުރޭޑިއަންޓުގެ މެޗެއް ބަލަން އިތުރު އިންތިޒާރެއް، މެޗު ލިބުނީ ނުކުޅެ!

މިމަހުގެ 19 ވަނަ ދުވަހު ނިއު ވާދަކުރާނީ ދަ ގްރާންޑޭއާ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 ޖެނުއަރީ 2024 | ހޮނިހިރު 13:27
ނިއުރޭޑިއަންޓުގެ ސަޕޯޓަރުން އެ ކްލަބުގެ ދިދައާއެކު، މިދިޔަ އަހަރު ސަޕޯޓް ކުރަނީ: ފޮޓޯ-މުހައްމަދު ޝާބިން

ނިއުރޭޑިއަންޓުގެ ސަޕޯޓަރުން އެ ކްލަބުގެ ދިދައާއެކު، މިދިޔަ އަހަރު ސަޕޯޓް ކުރަނީ: ފޮޓޯ-މުހައްމަދު ޝާބިން

މިއަހަރުގެ ދެވަނަ ޑިވިޝަންގައި ނިއުރޭޑިއަންޓުގެ މެޗެއް ބަލަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އަދި ކުރީގެ ގަދަ ބާރު ކަމަށްވާ ނިއުރޭޑިއަންޓް ދެވަނަ ޑިވިޝަންގައި ވާދަކުރަން އޮތް ފުރަތަމަ މެޗު، ވިއްސާރައިގެ ސަބަބުން ފަސްކުރީ ދަނޑަށް ހާޒިރުވި ފަހުންނެވެ. ދަ ގްރާންޑޭއާ ވާދަކުރަން އޮތް އެ މެޗު ފަސްކުރުމުން ނިއުރޭޑިއަންޓަށް ދެން އޮތީ ޓީނޭޖާ ވާދަކުރަން އޮތް ދެވަނަ މެޗެވެ. ދެވަނަ މެޗަށް ނިއުރޭޑިއަންޓް ހާޒިރުވިނަމަވެސް, އިދިކޮޅުން ކުޅެން އޮތް ކްލަބް ޓީނޭ ހާޒިރެއްނުވެއެވެ. އެހެންކަމުން މެޗު ނުކުޅެ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލް ނިއުއަށް ދިނުމަށްފަހު، މެޗުގެ ނަތީޖާ ކަނޑައެޅީއެވެ. ތިންވަނަ މެޗަކަށް ނިއުރޭޑިއަންޓް ނިކުންނަން ޖެހޭނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެއީ ފަސްކުރި ދަ ގްރާންޑޭ މެޗެވެ. އެހެންކަމުން މުބާރާތުގައި އެންމެ އަވަހަސް ނިއުރޭޑިއަންޓްގެ މެޗެއް ފެނުމުގެ ފުރުސަތު އޮތީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ނިއުރޭޑިއަންޓުގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ޖާގަ އަލުން ހޯދަން މަސައްކަތްކުރަމުން އަންނަ ކުރީގެ ގަދަބާރު ވިކްޓްރީން ވަނީ ދެ މެޗު ކުޅެ, ދެ މެޗުންވެސް ބޮޑު މޮޅެއް ހޯދާފައެވެ. މުބާރާތް ފެށީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. ފުރަތަމަ ދެމެޗަށް ދިމާވި ގޮތުން، ނިއުރޭޑިއަންޓް މެޗެއް ކުޅެން ޖެހޭނީ މުބާރާތް ފެށިތާ 23 ދުވަސް ފަހުންނެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތްނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
01 ސެޕްޓެމްބަރު 2025

ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

01 ސެޕްޓެމްބަރު 2025
ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި
28 ޖޫން 2025

ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

28 ޖޫން 2025
ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި
14 މެއި 2025

ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

14 މެއި 2025
ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު