Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަސްޕެންޑް ކުރި ދެ ވަޒީރުން

ތިއްބެވީ ސަސްޕެންޝަނުގައި، ފޫހި ފިލުވައި "ޕީއާރް" ޖައްސަނީ އާންމުން ވަނުން މަނާ ސަރަހައްދެއްގައި!

އާންމުންނަށް ވަނުން މަނާ ސަރަހައްދަކަށް ސަސްޕެންޑުކޮށްފައި ތިއްބެވި ދެ ނައިބު ވަޒީރުންވަދެ، ސަރުކާރު ޕްރޮމޯޓުކުރުމުގެ މަސައްކަތް ވަނީ ކޮށްފައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2024 | ހުކުރު 13:51
ސަސްޕެންޑް ކުރެއްވި ދެ ނައިބު ވަޒީރުން، އެ ބޭފުޅުން ކުރެއްވި ޓްވީޓާއެކު

ސަސްޕެންޑް ކުރެއްވި ދެ ނައިބު ވަޒީރުން، އެ ބޭފުޅުން ކުރެއްވި ޓްވީޓާއެކު

މަގާމެއްގެ މަސްއޫލިއްޔަތަކުން އެކަހެރިކޮށް، ސަސްޕެންޝަނެއްގައި ހުރުމުގެ މާނައަކީ އެ މަގާމެއްގެ "ހައިސިއްޔަތު" އެމީހަކަށް ނުވަތަ އެ ބޭފުޅަކަށް ވަގުތީ ގޮތުން ނަމަވެސް ނެތުމެވެ. ސިޔާސީ ގޮތުން އޭގެ މިސާލަކަށް ބަލާނަމަ، ނައިބު ވަޒީރަކު އެ މަގާމަކުން މުސާރަ ހިނގާ ގޮތަށް ނަމަވެސް ސަސްޕެންޑް ކުރުމުގެ މާނައަކީ، އެ މަގާމުގެ ހައިސިއްޔަތުގައި ހުންނަވައިގެން އެ މަގާމުގެ މަސައްކަތްތައް ނުކުރެވުމެވެ. އެއާއެކު، އެ ބޭފުޅަކު ވާނީ "ނަމުން" ނައިބު ވަޒީރަކަށް ނަމަވެސް، ކަމުން އާންމު މީހަކަށެވެ. ނުވަތަ ސިޔާސީ ގޮތުން ބަލާނަމަ އެކްޓިވިސްޓަކަށެވެ.

ގާނޫނީ ގޮތުން ބަލާއިރު، ސިޔާސީ އެކްޓިވިސްޓަކީ މަގާމެއް ނުވަތަ މަސްއޫލިއްޔަތެއް ވެސް ނޫނެވެ. އެ މީހަކު ސަރުކާރުގެ ރަސްމީ މަގާމަކަށް އައްޔަނުކުރެވެންދެން، އެއީ މުޖްތަމައުގެ ހައިސިއްޔަތުން ބަލާއިރު އާންމު މީހެކެވެ. ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ބަލާއިރު އެއީ ސިޔާސީ އެކްޓިވިސްޓް ނުވަތަ އެ ޕާޓިގެ މެންބަރެކެވެ.

މި "ކޮންސެޕްޓަކީ" އާންމު ކޮންމެ މީހަކަށް ވެސް ވަރަށް ސާފުކޮށް، ފާޅުކޮށް އިނގޭ އަދި ދަސްވެފައިވާ ކޮންސެޕްޓެކެވެ. ހަމަގައިމު ވެސް، ރާއްޖޭގައި ހިނގާ ކަންކަން ދަންނަ ކޮންމެ މީހަކަށް ވެސް މި ކޮންސެޕްޓަކީ، އެމީހުންނަށް ފަރިތަ ކޮންސެޕްޓެކެވެ. މި ސަރުކާރުގެ އެންމެ ބޭފުޅުންނަށް ވެސް މި ކޮންސެޕްޓަކީ ފަރިތަ ކޮންސެޕްޓަކަށް ވުން ގާތެވެ. ފެންނަ މަންޒަރުން، އެކަން ސާފުނުވަނީ ހަމައެކަނި އެންމެ ދެ ބޭފުޅުންނަށެވެ.

މި ދެބޭފުޅުންގެ ވާހަކަ މި ދުވަސްވަރު މި ދެކެވެނީ މާގިނައިން ކަމަށް ވުން ވެސް އެކަށީގެންވެއެވެ. އެހެން ނަމަވެސް އެ ދެ ބޭފުޅުންގެ ވާހަކަ މި ދުވަސްވަރު އެހާގިނައިން ދެކެވި، މީސް މީޑިޔާގައި ވައިގައި ހިފައިފައިވަނީ ވެސް ސަބަބުތަކެއް އޭގައި ހުރުމުންނެވެ.

މި ދެބޭފުޅުންނަކީ އަނެއްކާ ވެސް، ޒުވާނުންނާ ބެހޭ ވުޒާރާގެ ނައިބު ވަޒީރުންގެ ގޮތުގައި އައްޔަނުކުރައްވައި، މިހާރު ސަސްޕެންޝަނުގައި ތިއްބެވި މަރިޔަމް ޝިއުނާ އަދި މަލްޝާ ޝަރީފްއެވެ. މި ފަހަރު، މި ދެބޭފުޅުން ތިއްބެވީ ދެވަނަ ފިޔަވަހީގެ މިހާރު ހިއްކަމުންދާ ބައިގެ ތެރޭގައިއެވެ. ބޯ ވިއްސާރައިގެ ތެރޭގައިއެވެ. އެތަނުގައި އެބޭފުޅުންނާއެކު މި ސަރުކާރުގެ އެހެން އެކްޓްވިސްޓުންތަކެއް ގޮސް ސަރުކާރު ޕްރޮމޯޓްކުރައްވަނީއެވެ. ޗައިނާގައި ޗުއްޓީ ހޭދަކުރައްވަން ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުގެ އެވެނި ކަމެކޭ، މިވެނި ކަމެކޭ ވިދާޅުވަމުންނެވެ.

އެބޭފުޅުންގެ އަމިއްލަ ޓްވިޓާގައި އާންމު ކުރި ވީޑިޔޯތަކުގައި ހުރީ އެވާހަކަތަކެވެ. އާންމުންނަށް ވަނުން މަނާ ސަރަހައްދަކަށް އެބޭފުޅުންނަށް ވަދެވުނު ގޮތެއް ސާފު ނުވި ނަމަވެސް، އާންމުކޮށް އެތަނަށް ވަދެ ހަދަނީ އަދި އެ ހުއްދަ އޮންނަނީ، އެތަން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ މުވައްޒަފުންގެ އިތުރުން، އެ މަސައްކަތް ހަވާލުކުރި އާބަންކޯ އަދި ރައީސް އޮފީހުގެ ފަރާތުންނެވެ. އެހެން ފަރާތްތަކަށް އެތަނަށް ވަދެވޭނީ ވެސް އާބަންކޯގެ ހުއްދައިގެ ދަށުންނެވެ.

އެހެން ނަމަވެސް، އެ ސަރަހައްދުން ރައީސް މުއިއްޒުގެ ކެމްޕޭނުގެ ހަރަކާތްތައް ހިންގާ "މުއިއްޒު ޓީވީ"ން ވީޑިއޯތައް ނަގައި، މީސް މީޑިޔާގައި ދައުރުކުރަމުންދާއިރު، ނޫސްވެރިން އެތަނަށް ގެންދިޔުމަށް އާބަންކޯ އިން އިއުލާންކޮށްފައެއް ނުވެއެވެ. އެފަދަ ވާހަކަތަކެއް އާބަންކޯގެ މީޑިޔާ ގްރޫޕުގައި ވެސް ނެތެވެ. އެންމެ ފަހުން ނޫސްވެރިން ގެންދިޔުމަށް އާބަންކޯ އިން އިއުލާން ކުރީ، އެތަން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފެށި ދުވަހުއެވެ. އެހެން ނަމަވެސް އެ ދުވަސްވަރަކީ މާލެ ސަރަހައްދަށް ވަރަށް ވިއްސާރަ ދުވަސްވަރަކަށްވުމުން، އެ ދަތުރު އާބަންކޯ އިން ކެންސަލް ކޮށް، އެކަމުގެ މައުލޫމާތު ނޫސްވެރިންނަށް ދިނެވެ.

އެހެން ކަމަށްވާނަމަ، ދެން އެ ފުރުސަތު އޮންނަ ރައީސް އޮފީހުން އެ ބޭފުޅުން އެތަނަށް ގެންދިޔަނަމަ، ޕީޕީއެމް އަދި ޕީއެންސީގެ އެކްޓްވިސްޓުން ނުވަތަ ސަސްޕެންޑް ކޮށްފައިތިއްބެވި ނައިބު ވަޒީރުން އެ ސަރަހައްދަށް ގެންދަވާނެ ހައިސިއްޔަތެއް ނުވިސްނެއެވެ. ކޮންމެއަކަސް، ދެ ނައިބު ވަޒީރުންނަކީ ސަސްޕެންޝަނުގައި ތިއްބެވި ބޭފުޅުންނަށްވެފައި، "މުއިއްޒު ޓީވީ"ގެ މީހުންނަށް އެސަރަހައްދަށް ދެވޭނެ ގޮތެއް ނުވިސްނެއެވެ.

ނައިބު ވަޒީރެއް ކަމަކު، މިއަދު އެބޭފުޅުންނަކީ މަގާމުގެ މަސައްކަތްތަކުން އެކަހެރިވެފައި ތިއްބެވި ބޭފުޅުންތަކެކެވެ. އޭގެ މަނައަކީ މަގާމުގެ މަސައްކަތެއް ކުރުން އަދި ބާރާއި ނުފޫޒުގެ ބޭނުން ކުރުމަކީ މިއަދު އެބޭފުޅުންނަށް ކުރެއްވޭނެ ކަމެއް ނޫނެވެ. އެހެން ކަމަށްވާނަމަ، އެ ބޭފުޅުން ވެވަޑައިގަންނަވާނީ ޕާޓީއެއްގެ އާންމު މެންބަރަކަށެވެ. އާންމު މެމްބަރުންނަކަށް ވެގެން އެ ސަރަހައްދަށް ވަދެވަޑައިގަތުމުގެ ހުއްދައެއް ނޯވެއެވެ. އެހެން ކަމަށްވާނަމަ، އާންމު ހުރިހާ ރައްޔިތުންނަށް ވެސް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ލިބޭނެތާއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބު, މަރްޔަމް ޝިޢުނާމިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބު, މަލްޝާ ޝަރީފްހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު