Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔުނާން ޝަރީއަތް ނިމެންދެން ބަންދުކުރުން

ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ޔުނާން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޔުނާން އަލުން ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2024 | ހުކުރު 12:30
ޖިންސީ ގޯނާގެ ދައުވާލިބޭ ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ

ޖިންސީ ގޯނާގެ ދައުވާލިބޭ ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދަޢުވާ އުފުލާފައިވާ، ފިލްމީ ތަރި މުހައްމަދު ޔުނާން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައި ވަނީ ހުޅުމާލެ ކޯޓުންނެވެ. ޝަރުތުތަކާއެކު ގޭބަންދުގައި ހުރި ފިލްމީ ތަރި މުހައްމަދު ޔުނާން ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)ން ބުނީ ޔުނާން އަލުން ހައްޔަރުކޮށްފައިވަނީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތްކަަމަށް ހައިކޯޓުން ނިންމާފައިވާތީ ކަމަށެވެ.

Advertisement - newsAdvertisement

27 ޑިސެމްބަރު 2023ގައި ޕީޖީން ވަނީ، އޭނާ ޝަރުތުތަކާ ޚިލާފަށް ބޭރުގައި އުޅޭތީ އަލުން ބަންދުކޮށް ދިނުމަށް އެދި ހުޅުމާލޭ ކޯޓަށް ހުށަހަޅާފައެވެ. މިމައްސަލަ ޕީޖީން ވަނީ 18 ޑިސެމްބަރު 2023ގައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހައިކޯޓުން 10 ޖެނުއަރީ 2024ގައި ބުނެފައިވަނީ ޔުނާން ބަންދުން ދޫކޮށްލާފައިވަނީ، މުޖުތަމައުގެ ސަލާމަތަށްޓަކައި، އޭނާ ބަންދުކުރި ހާލަތު ބަދަލުވެގެން ނޫންކަން އެނގެން އޮތްކަމަށެވެ. ޔުނާން ބަންދުން ދޫކޮށްލުމުގައި ދަށު ކޯޓުން ކޮށްފައިވާ ޝަރުތަކަކީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭފަދަ ޝަރުތުތަކެއް ކަމަށް ނުފެންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޔުނާން ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ބޭސްފަރުވާއަށް ނޫނީ ބޭރަށް ނުނިކުތުމާއި، ދަރިން ހިމެނޭ ގޮތުން ކުޑަކުދިންނަށް އެކްސެސް ނުވުން ހިމެނެއެވެ. ހަމައެހެންމެ ވިކްޓިމްސްއާ އެއްވެސް ގޮތަކަށް މުއާމަލާތު ނުކުރުމާއި، ދިރިއުޅޭ ތަން ކޯޓަށް އެންގުމާއި، މާލެއިން ނުވަތަ ރާއްޖެއިން ފުރައިގެން ދާނަމަ ކޯޓުގެ ހުއްދަ ހޯދުން، އަދި މީޑިއާއަށް އެއްވެސް މައުލޫމާތެއް ނުދިމަށް ވަނީ ޝަރުތުރުކޮށްފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ޔުނާންއާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށްފައިވަނީ މިދިޔަ 04 އޮކްޓޫބަރު 2020 ގައެވެ. އޭނާގެ މައްޗަށް ދައުވާކުރީ ޑިސެމްބަރު 2020ގައެވެ. އެ މައްސަލާގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރި ނަމަވެސް 3 މާޗް 2023ގައި ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް އުފުލާފައިވާ އިރު ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ވަނީ ކޮށްފައެވެ. މިއިން ކޮންމެ ދައުވާއެއް ކޮށްފައިވަނީ ވަކި ދައުވާއެއްގެ ގޮތުގައެވެ.

މުހައްމަދު ޔުނާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރުތުތަކަކާއެކު ގޭބަންދުގައި ހުރި ޔުނާން ހައްޔަރުކޮށްފި

ޝަރުތުތަކަކާއެކު ގޭބަންދުގައި ހުރި ޔުނާން ހައްޔަރުކޮށްފި

11 ޖެނުއަރީ 2024
ޝަރުތުތަކާ ޚިލާފަށް ޔުނާން ބޭރުގައި އުޅޭތީ އަލުން ބަންދުކޮށްދޭން އެދިއްޖެ

ޝަރުތުތަކާ ޚިލާފަށް ޔުނާން ބޭރުގައި އުޅޭތީ އަލުން ބަންދުކޮށްދޭން އެދިއްޖެ

27 ޑިސެމްބަރު 2023
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު