Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސާދިއޯ މާނޭ

ސާދިއޯ މާނޭ ކައިވެނިކޮށްފި، ޒުވާން ބައިވެރިޔާއަކީ ކާކު؟

އަންހެނުން ވާންވާނީ ސޯޝަލް މީޑިއާ ދުރު، ނަމާދުކުރާ މީހަކަށް: މާނޭ

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2024 | ބުދަ 08:19
ސާދިއޯ މާނޭ އާއި އަންހެނުން އައިޝާ ތަމްބާ

ސާދިއޯ މާނޭ އާއި އަންހެނުން އައިޝާ ތަމްބާ

ސެނަގާލް އާއި ސައޫދީ އަރަބިއްޔާގެ އައް ނަސްރުގެ ފޯވަޑް ސާދިއޯ މާނޭ ކައިވެނިކޮށްފި އެވެ.

އުމުރުން 31 އަހަރުގެ ލިވަޕޫލްގެ ކުރީގެ ފޯވަޑް ކައިވެނިކުރީ އޭނާ އަށްވުރެ 13 އަހަރު ހަނގު، އުމުރުން 19 އަހަރުގެ އައިޝާ ތަމްބާއާ އެވެ.

ކައިވެނީގެ ރަސްމިއްޔާތު އޮތީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ އެފްރިކަން ކަޕް ނޭޝަންސް ކުޅެން ގައުމީ ޓީމާއެކު ފުރުމަށް ސައޫދީ އަރަބިއްޔާގައި ހުރެފައި ސެނަގާލަށް އައިސް މުބާރާތަށް ފުރުމުގެ ކުރިންނެވެ.

ސެނަގާލްގެ ކަމާސާގައި ބޭއްވި ކައިިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންނާއި މާނޭގެ ގާތް ބައެއް ފުޓްބޯޅަ ކުޅުންތެރިންނެވެ.

ސެނަގާލްގެ ރިޕޯޓްތައް ބުނާ ގޮތުން އައިޝާ ތަމްބާ އަށްވީ 18 ނުވަތަ 19 އަހަރެވެ. އޭނާ އާއި މާނޭ ރައްޓެހިވެގެން އުޅޭތާ ވީދުވަހެއް ބުނަން އެނގޭ އެކަކު ވެސް ނެތެވެ. ނަމަވެސް ސެނަގާލްގެ ގާނޫނުތައް ބުނާގޮތުން މިކަމަށް ހުއްދަ ލިބެނީ އުމުރުން 16 އަހަރުވުމުންނެވެ. މާނޭ އާއި އައިޝާ ފުރަތަމަ ބައްދަލުވީ އޭނާގެ އުމުރުން 13 އަހަރުގައި ކަމަށްވެ އެވެ. އަދި އައިޝާކުރެން ކައިވެންޏަށް އެހުމުގެ ކުރިން އެކަމާ ބެހޭ ގޮތުން މާނޭ ވާހަކަ ދައްކަމުންދިޔައީ އައިޝާގެ ބޭބެއާ ކަމުގައި ވެސް ސެނެގާލްގެ ނޫސްތަކުން ބުނެ އެވެ.

ދެ މީހުންނަކީ ވެސް މުސްލިމުންނެވެ. އައިޝާ ތަމްބާ ސްކޫލްގައި ކިޔަވަން އުޅުނުއިރު އޭނާގެ ބިލްތައް ދެއްކުމާއި ހަރަދުބަރަދު ބެލެހެއްޓީ މާނޭ އެވެ. އަދި އައިޝާގެ އާއިލާގެ ގިނަ ހަރަދުތައް ވެސް ބަލަހައްޓަމުންދިޔައީ އެފްރިކާގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އައިޝާގެ ބައްޕައަކީ އާކިޓެކްޓެކެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ބޮޑު އަކުރުން ޖަހާފައިވަނީ "ﷲ އަށް ޝުކުރުކުރަން" މިހެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެ މީހުންނަކީ ވެސް އެކަހެރި ދިިއުޅުމަކަށް ލޯބިކުރާ ދެ މީހުންނެވެ. އަދި އައިޝާ އަކީ އެއްގޮތަކަށް ވެސް ޝޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރާ މީހެއް ނޫނެވެ.

ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯތައް އާއްމުކޮށްފައިވަނީ ފޮޓޯނެގި މަގްވިޝަން އިވެންޓްސްއިންނެވެ. ފޮޓޯތަކުން ފެންނަނީ ދެ މީހުން އެކަކު އަނެއްގެ އަތުގައި ހިފަހައްޓައިގެން ތިބޭތަނެވެ. އަނެއް ފޮޓޯއިން ފެންނަނީ މާމެލާމެތިން ޒީނަތްތެރިކޮށްފައިވާ ބިތެއްގެ ކުރިމަތީގައި މާނޭގެ ދެމަފިރިން އިށީނދެގެން ތިބި ތަނެވެ. ފަހަތުގައި ޖަހާފައިވަނީ މިިސިޒް މާނޭ އެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި އައިޝާ ލައިގެން ހުރީ މާމެއިޑް ސްޓައިލްގެ އަތްދިގު ލެސީ ހެދުމެކެވެ. އަދި އަތުގަ އާއި ކަރުގައި ރަން އަޅާފައި ހުއްޓެވެ.

މާނޭ ވަނީ މީގެ ކުރިން އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ކިބައިގައި ހުންނަން ބޭނުންވާ ސިފަަތަކާމެދު ވާހަކަ ދައްކައިފަ އެވެ. މި ގޮތުން އޭނާ ބުނެފައިވަނީ އަންހެނުން ވާންޖެހޭނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ނުކުރާ މީހަކަށް ކަމަށެވެ. މާނޭ އަކީ މުޅި ދުނިޔެ ދަންނަ މަޝްހޫރު މީހަކަށްވި ނަމަވެސް އޭނާ ވަނީ އައިޝާއާއެކު ގުޅުން ކައިވެންޏާ ހަމައަށް ސިއްރުކޮށްފަ އެވެ.

އޭނާ އަދި ބުނީ ހަޔާުގެ ބައިވެރިޔާ އަކީ އިސްލާމް ދީނަށް ލޯބިކުރާ، ނަމާދުކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

މާނޭ އަކީ ސެނެގާލްގައި މަޝްހޫރު އަދި ގަދަރުވެރި މީހެކެވެ. ސަބަބަކީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އަށް އޭނާވި ނަމަވެސް އާދައިގެ ދިރިއުޅުމަކަށް ލޯބި ކުރުމެވެ. އޭނާ ނިސްބަތްވާ ސަހަރައްދުގެ ގިނަ ބަޔަކަށް ގަވާއިދުން އެހީތެރިވަމުންދިއުމެވެ. ހާއްސަކޮށް ބައެއް އާއިލާތަކުގެ ސްކޫލް ހަރަދާއި، ހޮސްޕިޓަލްގެ ބިލްތައް ދެއްކުމާއި ބޭސްފަރުވާ އާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އޭނާ އެހީތެރިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާނޭ ނެތަސް ސެނެގާލްއަށް ނަތީޖާ ނެރެން މަޖުބޫރު

މާނޭ ނެތަސް ސެނެގާލްއަށް ނަތީޖާ ނެރެން މަޖުބޫރު

25 ނޮވެމްބަރު 2022
މާނޭގެ އިންސާނިއްޔަތުކަމުގެ އަގު ކުޅިވަރުގެ އެންމެ ބޮޑު ސްޓޭޖުން ވަޒަންކުރުން!

މާނޭގެ އިންސާނިއްޔަތުކަމުގެ އަގު ކުޅިވަރުގެ އެންމެ ބޮޑު ސްޓޭޖުން ވަޒަންކުރުން!

18 އޮކްޓޯބަރު 2022
ޔޫރޯގައި ޒުވާން ގިނަ ތަރިންތަކެއް ފެނިގެންދާނެ

ޔޫރޯގައި ޒުވާން ގިނަ ތަރިންތަކެއް ފެނިގެންދާނެ

04 ޖޫން 2021
ފުރާނަ އަތްމައްޗަށް ލައިގެން ތިބި މީހުންގެ ފަރުވާގެ ޒިންމާ ޒުވާން ޑޮކްޓަރަކަށް!

ފުރާނަ އަތްމައްޗަށް ލައިގެން ތިބި މީހުންގެ ފަރުވާގެ ޒިންމާ ޒުވާން ޑޮކްޓަރަކަށް!

05 މެއި 2021
މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

10 ޖެނުއަރީ 2021

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު