Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

މާނޭ ނެތަސް ސެނެގާލްއަށް ނަތީޖާ ނެރެން މަޖުބޫރު

ކޯޗު އަލިއޫ ސީސޭ ވަނީ ގޯލްކީޕަރު ބަދަލު ނުކުރަން ނިންމާފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 25 ނޮވެމްބަރު 2022 | ހުކުރު 08:25
ސެނެގާލް ޓީމު ޓްރެއިނިންގައި

ސެނެގާލް ޓީމު ޓްރެއިނިންގައި

ސެނެގާލް އަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުން އޭރުގެ ޗެމްޕިއަން ފްރާންސް ކަޓުވާލުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރި ޓީމެވެ. މި ޓީމު ގަތަރާ ދެކޮޅަށް މިއަދު ކުޅޭ މެޗަކީ ދެ ވަނަ ބުރަށް ދިއުމަށް ކޮންމެހެން ވެސް މޮޅުވާން މަޖުބޫރު މެޗެކެވެ. ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން ބަލިވުމުން ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ދެމި އޮންނާނީ މިރޭގެ މެޗުން މަދުވެގެން ޕޮއިންޓެއް ހާސިލްކޮށްގެންނެވެ.

މި މެޗަށް ނުކުންނައިރު ކޯޗު އަލިއޫ ސީސޭ ވަނީ ގޯލްކީޕަރު ބަދަލު ނުކުރަން ނިންމާފައެވެ. ނެދަލޭންޑްސްގެ މެޗުގައި ކީޕަރު އެޑުއާޑޯ މެންޑީ އަށް ގޯސްތަކެއް ހެދުނު ނަމަވެސް އޭނާގެ ގޮވައިގެން މިރޭގެ މެޗަށް ނުކުންނަނީ މެންޑީ އަކީ އެންމެ މެޗަކުން ފުރަތަމަ 11 އިން ބޭރުކުރެވޭ ވަރަށްވުރެ ބޮޑަށް އޭނާގެ ފެންވަރު ސާބިތުކޮށްދީފައިވާ ކީޕަރަކަށްވާތީއެވެ. ކޯޗު ސީސޭ ބުނީ ކޮންމެ ކުޅުންތެރިއަކަށް ވެސް މޮޅަށް ކުޅެވޭ ދުވަސް ދުވަހާއި ގޯސް ހެދޭނެ ވަގުތުތައް އަންނާނެ ކަމަށާއި ފުޓްބޯޅަ ބަލާހިތްވާ އެއްޗަކަށްވަނީ ކުޅުންތެރިން ހަދާ ގޯސްތަކާ އެކުގައި ކަމަށެވެ. އަދި ނެދަލޭންޑްސް މެޗުގައި މެންޑީ ދެއްކީ އޭނާ  ނަގައި ފުރަތަމަ 11 ގައި އެއްލާންޖެހޭ ވަރުގެ ކުޅުމެއްނޫން ކަމަށެވެ.

މި މެޗަށް ނުކުންނައިރު 2002ގެ ފަހުން ވޯލްޑް ކަޕުގައި ބައިކޮޅަށް ގޯލެއް ވަނަނުދީ ސެނެގާލް އަށް މެޗެއް ނިންމާލެވިފައި ނެތެވެ. މިހެންވެ ޓީމުގެ ފަހަތާ މެދު ކުރިއަށްވުރެ ބޮޑަށް ސަމާލުވުމަށް ކޯޗު ވަނީ ކުޅުންތެރިންނަށް އިރުޝާދުދީފައެވެ. ސެނެގާލްގެ އެޓޭކް މައިގަނޑު ގޮތެއްގައި ރާވާފައިވަނީ ވާތް ފަރާތުންނެވެ. މައިގަނޑު ގޮތެއްގައި ކުޅެނީ 4-3-3 ފޯމޭޝަނަށެވެ. ގަތަރުގައި މިވަގުތު ތިބި އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެބައްރުގެ ރައްޔިތުންގެ އުއްމީދުތައް އެންމެ ބޮޑަށް ގުޅިފައިވާ ޓީމަކީ ވެސް ސެނަގާލްއެވެ. އެމީހުންނަކީ އެފްރިކާގެ ޗެމްޕިއަނުންނެވެ. ސާދިއޯ މާނޭއަށް ނުކުޅެވުނަސް ޓީމުގެ ހުރިހާ ޑިޕާޓްމަންޓެއް ވެސް ވަރުގަދައެވެ.

ސެނަގާލްގެ ކޯޗު ގަބޫލުކުރާ ގޮތުގައި އެމީހުންނަކީ މި ގްރޫޕުގެ ފުރަތަމަ ދެ މެޗުން ޕޮއިންޓެއް ނުލިބި ކަޓައިގެންދާވަރުގެ ޓީމެއް ނޫނެވެ. އަދި މިއީ ސެނަގާލްގެ އެއްވެސް ރައްޔިތަކުން ގަބޫލުކުރާނެ ނަތީޖާއަކަށްނުވާތީވެ ކޯޗު ވެސް ހުރީ ނުތަނަވަސްކަމެއްގައެވެ. ސަބަބަކީ މޭނޭ ނެތޭ ކިޔާފައި ކޮންމެ ކޮންމެ ނަތީޖާއެއް ނެރެގެން އެ ގައުމުގެ ރައްޔިތުން ގަބޫލުނުކުރާނެތީއެވެ.

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2018

އެއީ ޖާދުލެއް ނޫން، އަސްލު ނަތީޖާ!

15 އޮކްޓޯބަރު 2018
އެއީ ޖާދުލެއް ނޫން، އަސްލު ނަތީޖާ!
14 އޮކްޓޯބަރު 2018

ނަތީޖާ ވަރަށް ސާފު، ދެން މިއީ ކޮން ސަކަރާތެއް!

14 އޮކްޓޯބަރު 2018
ނަތީޖާ ވަރަށް ސާފު، ދެން މިއީ ކޮން ސަކަރާތެއް!
09 އޮކްޓޯބަރު 2018

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ކޮށްނުދެވުނު ހަމައެކަނި ކަމަކީ ނަތީޖާ ނެރުން!

09 އޮކްޓޯބަރު 2018
އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ކޮށްނުދެވުނު ހަމައެކަނި ކަމަކީ ނަތީޖާ ނެރުން!
22 ސެޕްޓެމްބަރު 2018

ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި އަމަލު ކުރަންޖެހޭނީ ކިހިނެއް؟

22 ސެޕްޓެމްބަރު 2018
ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި އަމަލު ކުރަންޖެހޭނީ ކިހިނެއް؟
10 ސެޕްޓެމްބަރު 2018

ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!

10 ސެޕްޓެމްބަރު 2018
ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!
28 ޖުލައި 2018

ނަތީޖާ އެނބުރެނީ. މޮޅުވަނީ ރައްޔިތުންގެ ކޮޅު

28 ޖުލައި 2018
ނަތީޖާ އެނބުރެނީ. މޮޅުވަނީ ރައްޔިތުންގެ ކޮޅު
18 ޖޫން 2018

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

18 ޖޫން 2018
ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
08 ޖޫން 2018

ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

08 ޖޫން 2018
ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟
14 އޮކްޓޯބަރު 2017

އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

14 އޮކްޓޯބަރު 2017
އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!
03 މެއި 2017

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

03 މެއި 2017
އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު