Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަކިޓާ އެތްލެޓިކްސް މުބާރާތް

މަކިޓާ އެތްލެޓިކްސް މުބާރާތް: އެޗްޑީއެޗް އަދި ޖީއެންއޭސީ ޗެމްޕިއަންކަން ހޯދައިފި

މުބާރާތުގެ ފިރިހެން ބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ މުހައްމަދު މުނާޒު އަލީ

ލީވާން އަލީ
ލީވާން އަލީ | 30 ޖުލައި 2017 | އާދީއްތަ 06:28
މަކިޓާ އެތްލެޓިކްސް މުބާރާތުގެ ތެރެއިން

މަކިޓާ އެތްލެޓިކްސް މުބާރާތުގެ ތެރެއިން

10 ވަނަ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް އެތްލެޓިކްސް މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހދ.އެޓޯލް އެޑިއުކޭޝަން ސެންޓަރު (އެޗްޑީއެޗް) އިން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ޏ.އެޓޯލް އެޑިއުކޭޝަން ސެންޓަރު (ޖީއެންއޭސީ) އިން ހޯދައިފި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ކުރިޔަށްދިޔަ މި މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ބައިން އެންމެ މޮޅު އެތްލީޓަކަށް ޏ.އެޓޯލް އެޑިއުކޭޝަން ސެންޓަރުގެ އަހުމަދު ޝައްޔިރު ނާޒިމް ޖަލީލު ހޮވުނުއިރު، 13 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ހދ.އެޓޯލް އެޑިއުކޭޝަން ސެންޓަރުގެ ރިފާ މުހައްމަދު އެވެ. އަހުމަދު ޝައްޔިރު ތިން ރަން މެޑަލް ހޯދިއިރު، ރިފާ ވަނީ ދެ ރަން މެޑަލް އަދި އެއް ރިހި މެޑަލް ހޯދާފައެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު އެތްލީޓަކަށް ޒެފިއަސް ސްޕޯޓްސް ކްލަބްގެ މުހައްމަދު މުނާޒު އަލީ ހޮވުނުއިރު، 16 އަހަރުން ދަށޫގެ އަންހެން ބައިން އެންމެ މޮޅު އެތްލީޓަކަށް ހޮވުނީ ސ.ހިތަދޫ ސްކޫލްގެ އައިޝަތު ހިމްނާ ހަސަން އެވެ. މުނާޒު ތިން ރަންމެޑަލް ހޯދާފައިވާއިރު، ހިމްނާވެސް ވަނީ ތިން ރަން މެޑަލް ހޯދާފައެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ ބައިން އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ޒެފިއަސް ސްޕޯޓްސް ކްލަބްގެ ސަރީސް އަހުމަދު ހޮވުނުއިރު، 19 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލްގެ ނަޝާ ނިޒާރެވެ. ސަރީސް ދެ ރަން މެޑަލް އަދި ސިލްވާ މެޑަލްއެއް ހޯދިއިރު، ނަޝާ ވަނީ ތިން ރަން މެޑަލް ހޯދާފައެވެ.

މި މުބާރާތުގެ 13 އަހަރުންދަށުގެ ފިރިހެން ބައިން ހާފިޒު އަހުމަދު ސްކޫލް ޗެމްޕިއަންކަން ހޯދިއިރު، އެ އުމުރު ފުރައިގެން އަންހެންބައިން ޗެމްޕިއަންކަން ހޯދީ ހދ. އެޓޯލްސް އެޑިޔުކޭޝަން ސެންޓަރެވެ. 16 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ގދ. އެޓޯލްސް އެޑިޔުކޭޝަން ސެންޓަރު ހޯދިއިރު، އެ އުމުރު ފުރައިގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޏ.އެޓޯލްސް އެޑިޔުކޭޝަން ސެންޓަރެވެ. 19 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޏ.އެޓޯލްސް އެޑިޔުކޭޝަން ސެންޓަރު ހޯދިއިރު، އެ އުމުރު ފުރައިގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އައްޑޫހައިސްކޫލެވެ.

މުބާރާތުގެ ފިރިހެން ބައިން އެންމެ މޮޅު އެތުލީޓަކަށް ޒިފިއަސް ސްޕޯޓްސްކުލަބު މުހައްމަދު މުނާޒު އަލީ ހޮވުނުއިރު، އެންމެމޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ހިތަދޫ ސްކޫލުގެ އައިޝަތު ހިމްނާ ހަސަނެވެ. މުބާރާތުގައި މުނާޒު ވަނީ ތިން ރަން މެޑެލްއާއެކު ރެކޯޑެއް ހަދާފައެވެ. މީގެއިތުރުން ހިމްނާ ވަނީ ތިން ރަން މެޑަލް ހޯދައިގެން މުބާރާތުގައި ދެ ރެކޯޑެއް ހަދާފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު