Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އަޒްމީންގެ ރައްދު: މަގާމުން އިސްތިއުފާއެއް ނުދެން!

އިސްތިއުފާ ދިނުމުގެ ގޮތުން ވެލެންސިއާގެ އެއްވެސް ބޯޑު މެމްބަރަކަށް ސިޓީ ފޮނުވާފައި ނުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2024 | އާދީއްތަ 17:18
ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން

ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން

ކުލަބު ވެލެންސިއާގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދީފައި ނުވާނެ ކަމަށް ބުނެ، އެ ކުލަބުގެ ޗެއާމަން ޢަބްދުﷲ އަޒްމީން ރައްދު ދެއްވައިފި އެވެ.

އަޒްމީންގެ ފަރާތުން އާދީއްތަ ދުވަހުގެ ރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އާދީއްތަ ދުވަހު އިލްމާއު ހުސެއިން އިބްރާހިމް (މައު) އަދި ހަސަން ވަހީދު (ދޮނާ) ކޮށްފައިވާ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

އެ ބަޔާނުގައި އަޒްމީން ވިދާޅުވީ، ކުލަބު ވެލެންސިއާގެ ހިންގުމުގައި އޭނާ އަމަލީ ގޮތުން ބައިވެރިވާން ފެށީ 2023 ވަނަ އަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެއީ ކުލަބުގެ ޖެނަރަލް ސެކްރެޓަރީގެ ޙައިސިއްޔަތުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ކުލަބުގެ ރައީސްކަމަށް އޭނާ އިންތިޚާބުކުރިކަން ވެސް އަޒްމީން ފާހަގަ ކުރެއްވި އެވެ.

ހަމަ އެދުވަހު، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ކުލަބުގެ ހިންގާ ކޮމެޓީ ރަޖިސްޓްރީވެގެން އާންމުވި ކަމަށް އަޒްމީން ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން އޭނާ އިސްތިއުފާ ދިނުމުގެ ގޮތުން ވެލެންސިއާގެ އެއްވެސް ބޯޑު މެމްބަރަކަށް ސިޓީ ފޮނުވާފައި ނުވާނެ ކަމަށް އަޒްމީން ވިދާޅުވި އެވެ.

ވެލެންސިއާގެ ޗެއާމަންކަމުން އަޒްމީން އިސްތިއުފާ ދީފައިވާ ކަމަށް ބުނާ ސިޓީއެއް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ވަގުުތީ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް އަށް ވަނީ ފޮނުވައިފަ އެވެ. ވެލެންސިއާގެ މެއިލް އިން ފޮނުވި އެ ސިޓީ، ފަހުން ވަނީ ޑިލީޓް ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި

18 އޮކްޓޯބަރު 2017
ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި
12 އޮކްޓޯބަރު 2017

ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ

12 އޮކްޓޯބަރު 2017
ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ
23 ޖުލައި 2017

އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި

23 ޖުލައި 2017
އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި
24 ޖޫން 2017

ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

24 ޖޫން 2017
ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު