Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަޕާނަށް އައި ބިންހެލުން

ޖަޕާނަށް ބިންހެލުން އައިތާ 5 ދުވަސް ފަހުން އިމާރާތެއްގެ ދަށުން 90 އަހަރުންމަތީގެ އަންހެނަކު ދިރިހުއްޓާ ފެނިއްޖެ

2020ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެންވެސް މިފަހަރުގެ ބާރުގަދަ ބިންހެލުން އައި ނޯޓޯ ކިޔާ ސަރަހައްދަށް އެކަނިވެސް 500 އެއްހާ ކުދި ހެލުން އައިކަން ރިކޯޑް ކުރެވިފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2024 | އާދީއްތަ 08:12
ޖަޕާން އަށް އައި ބިންހެލުމުގައި ވެއްޓިފައިވާ ގެތަކެއްގެ ތެރެއިން ބަޔަކު ދަނީ

ޖަޕާން އަށް އައި ބިންހެލުމުގައި ވެއްޓިފައިވާ ގެތަކެއްގެ ތެރެއިން ބަޔަކު ދަނީ

ޖަޕާނަށް ބާރުގަދަ ބިންހެލުމެއްއައިސް ބޮޑެތި ގެއްލުންތަކެއް ލިބުނުތާ 5 ދުވަސް ފަހުން އުމުރުން 90 އަހަރުން މަތީގެ އަންހެނަކު ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ދިރިހުއްޓާ ފެނިއްޖެއެވެ. އެހީގެ މަސައްކަތުގައި އުޅުނު މީހުންނަށް އެ އަންހެންމީހާ ފެނިފައިވަނީ ސޫޒޫ ކިޔާ އަވަށުގައި ވެއްޓިފައިވާ ދެބުރި އިމާރާތެއްގެ ދަށުންނެވެ.

7.5 ގެ ބާރުމިނުގައި ހޯމަ ދުވަހު އައި ބިންހެލުމުގެ ސަބަބުން 120 މީހުން މަރުވެފައިވާކަން މިހާތަނަށް ވަނީ ޔަގީން ކުރެވިފައެވެ. މީގެ އިތުރުން 200 މީހުން ވަނީ ވީނުވީއެއްނޭނގި ގެއްލިފައެވެ.

ޖަޕާންގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ސޫޒޫ އަވަށުން ދެއަންހެނުން އިމާރާތެއްގެ ދަށުގައި ވީކަން އެނގުމުން އެތަނަށް އެހީތެރިންގެ 100 މީހުން ފޮނުވުނެވެ. ފެނުނު ދެއަންހެނުންގެ ތެރެއިން އުމުރުން ދުވަސްވީ މީހާގެ ހޭހުރިކަމަށާއި ނަމަވެސް ވަރަށް ވަރުދެރަކަމަށް ޚަބަރުތައް ބުނެއެވެ. ދެން ފެނުނު އަންހެން މީހާއަކީ އުމުރުން ސާޅީހަކަށް އަހަރުގެ އަންހެނެއްކަމަށާއި އޭނާވަނީ މަރުވެފައިކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ބިންހެލުމުގެ ސަބަބުން އެ ހިސާބުގެ ގިނަ މަގުތައް ހަލާކުވެފައިވުމާއެކު ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ތަކެތި ފޯރުކޮށް ދިނުމަށް ސިފައިން ހެލިކޮޕްޓަރު ބޭނުންކުރަމުންދާކަމަށް ޚަބަރުލިބެއެވެ.

ބިންހެލުން އައި ހިސާބަށް އާދީއްތަ ދުވަހަކީ ވާރޭ އަދި ސްނޯގެ އުނދަގޫ ކުރިމަތިވި ދުވަހެއްކަމުން ބިންގަނޑު ކަނޑައިގެން ދިއުންފަދަ އިތުރު ކަންކަން ކުރިމަތިވެދާނެކަމަށް ވެސް ދަނީ ބެލެމުންނެވެ.

ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި އިޝިކާވާ ޕްރިފެކްޗަރގެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، 23،200އެއްހާ ގެއިން ވަނީ ކަރަންޓް ކެނޑިފައެވެ. އަދި 66،400 ގެޔަށް ސަޕްލައި ފެން ނުލިބޭ ކަމަށް ޚަބަރު ތައްބުނެއެވެ. އިޝިކާވާގެ ގަވަނަރު ވިދާޅުވެފައިވާ ގޮތުގައި ފެނުގެ ނިޒާމްގެ ހޮޅިތަކަށް ގެއްލުންވެފައިވުމާއެކު އެކަން ރަނގަޅުކޮށް އަލުން ޚިދުމަތް ފެށުމަށް ވަގުތު ނަގާނެއެވެ.

ޖަޕާނަކީ ބިންހެލުން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. މިގޮތުން 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ވެސް މިފަހަރުގެ ބާރުގަދަ ބިންހެލުން އައި ނޯޓޯ ކިޔާ ސަރަހައްދަށް އެކަނިވެސް 500 އެއްހާ ކުދި ހެލުން އައިކަން ރިކޯޑް ކުރެވިފައިވާ ކަމަށް ކަމާބެހޭ އިދާރާ އިން ބުނެފައި ވެއެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!

ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!

09 ޖުލައި 2017
އެމެރިކާއިން އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ

އެމެރިކާއިން އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ

05 ޖުލައި 2017
ޓްރަމްޕްގެ 'ބޯ ބުރިކުރި' މައްސަލައިގައި ސީއެންއެންގެ ދުވަސްވީ ކޮމީޑިއަނެއް ގެއަށް!

ޓްރަމްޕްގެ 'ބޯ ބުރިކުރި' މައްސަލައިގައި ސީއެންއެންގެ ދުވަސްވީ ކޮމީޑިއަނެއް ގެއަށް!

01 ޖޫން 2017
މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި

މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި

22 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު