Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި އެއަރޕޯޓް

ކުޅުދުއްފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް ތަރައްގީކުރުމަށް ބަޔަކު ހޯދަނީ

އެއަރޕޯޓުގެ ޓަރމިނަލް އެކްސްޕެންޑްކޮށް، އަލުން ތަރައްގީކުރަން ޖެހޭނީ އެ ކުންފުނިންދޭ ކޮންސްޕްޓް ކުރެހުމާ އެއްގޮތަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖެނުއަރީ 2024 | ހޮނިހިރު 08:16
ކުޅުދުއްފުށި އެއަރޕޯޓް

ކުޅުދުއްފުށި އެއަރޕޯޓް

ކުޅުދުއްފުށި އެއަރޕޯޓް ހިންގައި ބަލަހައްޓާ ކުންފުނި، ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް(އާރްއޭސީއެލް)އިން ކުޅުދުއްފުށި އެއަރޕޯޓްގެ ޓަރމިނަލް އެކްސްޕެންޑްކޮށް އަލުން ހަދާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެ ކުންފުނިން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އަދި އެއަރޕޯޓްގެ ޓަރމިނަލް އެކްސްޕެންޑްކޮށް، ތަރައްގީކުރަން ޖެހޭނީ އެ ކުންފުނިންދޭ ކޮންސްޕްޓް ކުރެހުމާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން 11،345 އަކަފޫޓުގެ ޕެސެންޖަރ ޓަރމިނަލަކާއި، ފެސެންޖަރ ޓަރމިނަލް ސަރަހައްދުގައި ޝޭޑިންގއެއް ލުމާއި، މިވަގުތު ބޭނުންކުރެވެމުންދާ ޕެސެންޖަރ ޓަރމިނަލްގެ ސްޓްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމަށާއި، އަދި ޕެސެންޖަރުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމްކުރުންވެސް ހިމެނެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި)އެއް، ގެޒެޓްގައި ބަޔާންކުރެވިފައިވާ މައުލޫމާތާއެކު، 09 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެދިފައިވެއެވެ.

ކުންފުނިން މައުލޫމާތު ދޭގޮތުގައި އަލަށް ހެދޭ ޓަރމިނަލުގައި ދަތުރުކުރާ ފަރާތްތަކަށާއި އާންމު ފަރާތްތަކަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް އެކުލެވިފައިވާނެއެވެ.

އަދި މި މަޝްރޫއުގެ ތެރޭގައި އެއަރޕޯޓުގެ ސަރަހައްދަށް ބޭނުންވާ ޕާކިންގގެ ޚިދުމަތްތަކާއި، އަދި އެއަރޕޯޓަށް އިތުރު ފުރިހަމަކަން ގެނެސްދޭނެ ކަންކަން ހިމަނާފައިވާނެ ކަމަށާއި، ޓުއަރިޒަމާ ގުޅުންހުރި ކަންކަން އެއަރޕޯޓުގެ އުތުރަށް އޮތް ހުސް ބިމުގައި ތައާރަފްކުރުމަށް،  އާރްއޭސީއެލްއާއެކު ކައުންސިލުން ސޮއިކޮށްފައި ވާކަމަށްވެސް މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

އެއާޕޯޓް އަޅާއިރު، ކުޅުދުއްފުށިން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ : ކައުންސިލް

23 އޮކްޓޯބަރު 2017
އެއާޕޯޓް އަޅާއިރު، ކުޅުދުއްފުށިން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ : ކައުންސިލް
17 އޮކްޓޯބަރު 2017

އެއާޕޯޓް ތަރައްގީކުރުމަށް އަބޫދާބީ ފަންޑާއެކު ސޮއިކޮށްފި

17 އޮކްޓޯބަރު 2017
އެއާޕޯޓް ތަރައްގީކުރުމަށް އަބޫދާބީ ފަންޑާއެކު ސޮއިކޮށްފި
16 އޮކްޓޯބަރު 2017

"އަބުރުފުޅު ފަންޑު" ގެ ހަރަކާތްތައް ހދ.ކުޅުދުއްފުށި އަދި ބ.ކަމަދޫގައި ފަށައިފި

16 އޮކްޓޯބަރު 2017
"އަބުރުފުޅު ފަންޑު" ގެ ހަރަކާތްތައް ހދ.ކުޅުދުއްފުށި އަދި ބ.ކަމަދޫގައި ފަށައިފި
04 ސެޕްޓެމްބަރު 2017

ކުޅުދުއްފުށި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

04 ސެޕްޓެމްބަރު 2017
 ކުޅުދުއްފުށި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި
19 ޖުލައި 2017

ކުޅުދުއްފުށި ހޮސްޕިޓަލް ތަރައްގީ ކުރާ ކުންފުންޏަށް ދެ ފަޅުރަށް!

19 ޖުލައި 2017
ކުޅުދުއްފުށި ހޮސްޕިޓަލް ތަރައްގީ ކުރާ ކުންފުންޏަށް ދެ ފަޅުރަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު