Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ މޭޔަރ އިންތިޚާބު

މާލޭގެ މޭޔަރަކަށް އަންނަ މީހަކަށް މޭޔަރުގެ ޒިންމާތައް އެނގެންޖެހޭ، މިހާރުގެ ރައީސްވެސް ހުރީ މޭޔަރުކަމުގެ ޒިންމާތައް ފުރިހަމަނުކުރައްވައި: އާޒިމް

އެކަންކަން ނުހިނގައިގެން، އޭރު ޓްރާންސްޕޯޓު މިނިސްޓްރީން އެތައް ސިޓީއެއް ސިޓީކައުންސިލަށް ފޮނުވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖެނުއަރީ 2024 | ހޮނިހިރު 08:06
އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމް

އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމް

މާލޭގެ މޭޔަރަކަށް އަންނަ މީހަކަށް މޭޔަރުގެ ޒިންމާތައް އެނގެންޖެހޭކަމަށް، މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އެމްޓީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި އާޒިމް ވިދާޅުވީ، މާލެ ސަރަހައްދަކީ އުޅެވޭވަރު ތަނަކަށް ހެދުމަކީ އޭނާގެ އަމާޒު ކަމަށެވެ.

Advertisement - newsAdvertisement

މާލެ ސަރަހައްދު އޮތީ މައްޗާއި އަޑިންވެސް ތޮއްޖެހިފައިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ވިލިނގިލީގައިވެސް ނަރުދަމާގެ މައްސަލަތައް އެބަހުރި ކަމަށެވެ. އެއީ ހައްލު ހޯދެންޖެހޭ މައްސަލައެއްކަން އާޒިމް ފާހަގަކުރެއްވިއެވެ.

ވިލިމާލެ ތަރައްގީ ކުރައްވާނީ އެރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށްކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ތަރައްގީއަކީ ހަމައެކަނި އުސް އިމާރާތްތައް ނޫންކަން ފާހަަގަ ކުރައްވައި އާޒިމް ވިދާޅުވީ، މީހުންގެ ދިރިއުޅުމުން އެ ހެޔޮ ބަދަލު ނާންނަނަަމަ ހަގީގީ ތަރައްގީއެއް ނާންނާނެކަމަށެވެ.

އާޒިމް ވިދާޅުވީ، މާލޭ މޭޔަރަކަށް އަންނަ މީހަކަށް މޭޔަރުގެ ޒިންމާތައް އެނގެންޖެހޭކަމަށެވެ. އެގޮތުން ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމާއި، ވެހިކަލް ކޮންޓްރޯލްފަދަ ކަންކަމަކީ މޭޔަރުންގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އެގޮތުން މިތަނުގައި ގެންގުޅެވޭނެ ވެހިކަލްގެ އަދަދުތައް 6 މަސްދުވަހުގެ ތެރޭގައި ކަނޑައަޅަން ގާނޫނުން ލާޒިމުކޮށްފައިވާއިރު، އެކަންކަންވެސް ނުކޮށް ހުރިކަމަށް އާޒިމް ވިދާޅުވިއެވެ.

މިއީ ގާނޫނުގައިވެސް ކަނޑައެޅިފައިވާ ކަންކަން ކަމަށާއި، އެކަންކަން ނުހިނގައިގެން އޭރު ޓްރާންސްޕޯޓު މިނިސްޓްރީން އެތައް ސިޓީއެއް ސިޓީ ކައުންސިލަށްވެސް ފޮނުވާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މާލޭގެ މަގުތައް ހެދުމާއި މަރާމާތު ކުރުމާއި، ޕާކިންގގެ މައްސަލަތައް ހައްލު ކުރުމަކީވެސް ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށެވެ.

ރަނގަޅު ނިޔަތެއްގައި މަސައްކަތް ކޮށްފިނަމަ ހައްލު ނުކުރެވޭ ކަމެއް ނޯންނާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.  

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު