Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ފީފާގެ އޮޑިޓަރުން، އެފްއޭއެމުގެ ލިޔުންތައް ބަލަން ޕޮލިހަށް

6 ޖެނުއަރީ 2024 | ހޮނިހިރު 06:29

އެފްއޭމުގެ ޚިޔާނާތުގެ މައްސަލަ ތަހުގީގުކުރަން އެންގީ ޕޮލިހުން

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2024 | ހޮނިހިރު 06:29
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ)

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ)

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެރިންގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތުތައް ބެލުމަށް، ފީފާގެ އޮޑިޓަރުން ދިވެހި ފުލުންގެއަތުގައި ހުރި، އެފްއޭއެމުގެ ލިޔުންތައް ބަލަން ފަށައިފިއެވެ.

އިތުބާރުހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި ފީފާގެ އޮޑިޓަރުން ރާއްޖެ އައީ ކޮންމެ އަހަރަކު ކުރަންޖެހޭ އެފްއޭއެމުގެ އޮޑިޓް ފުރިހަމަކުރުމަށެވެ.

އެފްއޭއެމުގެ ލިޔެކިއުންތައް ފުލުހުން ގެންދިޔައީ އެ އިދާރާގެ ވެރިންގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތުތައް ތަހުގީގުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އެންގެވުމުން، އެފްއޭއެމަށް ވަދެއެވެ. މިކަން ހިނގީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

އެފްއޭއެމުގެ ޚިޔާނާތުގެ މައްސަލަ ފެންމަތިވެ، ރައީސް ބައްސާމް އަދީލް ޖަލީލަށް ވަނީ އިންތިހާއަށް އާއްމުންގެ ފާޑުކިއުން އަމާޒުވެފައެވެ. އަދި ޚިޔާނާތުގެ ތުހުމަތުގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުން މިހާރު ވަނީ އަވަސް އިންތިޚާބަކަށް ގޮވާލާފައެވެ. ނަމަވެސް އިންތިޚާބުގެ ކަންކަން ފޮރުވައިގެން ކުރިއަށް ގެންދާތީ އާއްމުންގެ ފާޑުކިއުން ބޮޑެވެ. އަދި އަސާސީ ގަވާއިދާ ޚިލާފަށް ގިނަ ކަންކަން ކޮށްފައި ވުމާއި، އެކްސްކޯ ބައްދަލުވުންތައް ހަމައެކަނި ވަޓްސްއަފް ގްރޫޕުގައި މަޝްވަރާކޮށްގެން ނިންމާފައިވާތީ، ކަމިޝަނަރ އޮފް ސްޕޯޓްސް ވަނީ ފީފާއާއި އޭއެފްސީގެ ލަފާ ހޯދައި، ވަކި ގޮތެއް އަންގަންދެން އިންތިޚާބު ފަސްކުރަން އަންގާފައެވެ. ނަމަވެސް ކަމިޝަނަރުގެ އެންގުމަށް ބެލުމެއްނެތި، އެފްއޭއެމުން ވަނީ އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ.

އެފްއޭއެމުގެ ފައިސާ ހުސްވެ، މުވައްޒަފުންނަށް މުސާރަނުދޭތާ 10 މަސްދުވަސްވެ، މައްސަލަ ބޮޑުވުމުން މިހާރު މުސާރައިގެ ބައެއް ދީފައިވަނީ ފީފާގެ ޚާއްސަ އެންގުމެއްގެ ދަށުން ފޮނުވި ފައިސާއިންނެވެ. އެފްއޭއެމުގެ މައްޗަށް ރާއްޖޭގެ ގިނަ ކުންފުނިތަކުންނާއި، ހޮޓާ ރެސްޓޯރަންޓްތަކާއި، ސްޓެލްކޯއާއި، އަމިއްލަ ކުންފުނިތަކުންވަނީ ޚިދުމަތަށް ފައިސާ ނުލިބިގެން ދައުވާކޮށްފައެވެ. މީގެ ތެރެއިން ބައެއް މައްސަލަތައް ވަނީ ވަގުތުން ފައިސާދީ ޚަލާސްކުރުމަށް ނިންމާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 އޯގަސްޓު 2018

ކުރިޔަށް އޮތް ތިން ސީޒަނުގައި ވެސް ސްޕެނިޝް ލަލީގާ ބަލަން ޖެހޭނީ ފޭސްބުކްއިން!

14 އޯގަސްޓު 2018
ކުރިޔަށް އޮތް ތިން ސީޒަނުގައި ވެސް ސްޕެނިޝް ލަލީގާ ބަލަން ޖެހޭނީ ފޭސްބުކްއިން!
24 ޖުލައި 2018

ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި

24 ޖުލައި 2018
ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި
11 ޖޫން 2018

ފީފާގެ ކޮންގްރެސްގައި ރާއްޖެ ތަމްސީލުކުރުމަށް އެފްއޭއެމްގެ ވެރިން ރަޝިއާއަށް

11 ޖޫން 2018
ފީފާގެ ކޮންގްރެސްގައި ރާއްޖެ ތަމްސީލުކުރުމަށް އެފްއޭއެމްގެ ވެރިން ރަޝިއާއަށް
12 ޖެނުއަރީ 2018

ސައުދީގައި ފުޓްބޯޅަ ބަލަން ފުރަތަމަ ފަހަރަށް އަންހެނުނަށް ދަނޑަށް ވަނުމުގެ ހުއްދަ ލިބިއްޖެ

12 ޖެނުއަރީ 2018
ސައުދީގައި ފުޓްބޯޅަ ބަލަން ފުރަތަމަ ފަހަރަށް އަންހެނުނަށް ދަނޑަށް ވަނުމުގެ ހުއްދަ ލިބިއްޖެ
28 ޑިސެމްބަރު 2017

ފީފާގެ ރައީސްގެ މަރުހަބާ މެސެޖެއް ނިއުއަށް

28 ޑިސެމްބަރު 2017
ފީފާގެ ރައީސްގެ މަރުހަބާ މެސެޖެއް ނިއުއަށް
15 ނޮވެމްބަރު 2017

ފީފާގެ ކޮރަޕްޝަންގައި ތުހުމަތު ކުރެވުނު އޮފިޝަލަކު އަމިއްލައަށް މަރުވެއްޖެ

15 ނޮވެމްބަރު 2017
ފީފާގެ ކޮރަޕްޝަންގައި ތުހުމަތު ކުރެވުނު އޮފިޝަލަކު އަމިއްލައަށް މަރުވެއްޖެ
23 އޮކްޓޯބަރު 2017

މިފަހަރުވެސް ފީފާގެ "ދަ ބެސްޓް" އެވޯޑް ރޮނާލްޑޯއަށް

23 އޮކްޓޯބަރު 2017
މިފަހަރުވެސް ފީފާގެ "ދަ ބެސްޓް" އެވޯޑް ރޮނާލްޑޯއަށް
18 އޯގަސްޓު 2017

ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފި

18 އޯގަސްޓު 2017
ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފި
30 މެއި 2017

ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް

30 މެއި 2017
ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް