Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ދަ ބެސްޓް އެވޯޑް

ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި

އެވޯޑަށް ވާދަކުރާ 10 ކުޅުންތެރިންގެ ލިސްޓެއް ވަނީ އިއުލާންކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 ޖުލައި 2018 | އަންގާރަ 23:29
ރޮނާލްޑޯ އެމްބާޕޭ އަދި މެސީ - މި ތިން ކުޅުންތެރިން ވެސް ވަނީ މިއެވޯޑަށް ނޮމިނޭޓް ވެފައި

ރޮނާލްޑޯ އެމްބާޕޭ އަދި މެސީ - މި ތިން ކުޅުންތެރިން ވެސް ވަނީ މިއެވޯޑަށް ނޮމިނޭޓް ވެފައި

ފީފާ އިން ކޮންމެ އަހަރަކު ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ވަނީ އެވޯޑަށް ވާދަކުރާ 10 ކުޅުންތެރިންގެ ލިސްޓެއް އިއުލާންކޮށްފައެވެ. މި ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަކީ؛

  1. ކްރިސްޓިއާނޯ ރޮނާލްޑޯ (ޔުވެންޓަސް/ޕޯޗުގަލް)
  2. ކެވިން ޑެބްރައިން (މެންޗެސްޓާ ސިޓީ/ބެލްޖިއަމް)
  3. އެންޓޮއިން ގްރީޒްމަން (އެޓްލެޓިކޯ މެޑްރިޑް/ފްރާންސް)
  4. އެޑެން ހަޒާޑް (ޗެލްސީ/ބެލްޖިއަމް)
  5. ހެރީ ކޭން (ޓޮޓެންހަމް ހޮޓްސްޕަރސް/އިނގްލޭންޑް)
  6. ކިލިއަން އެމްބާޕޭ (ޕީއެސްޖީ/ފްރާންސް)
  7. ލިއޮނެލް މެސީ (ބާސެލޯނާ/އާޖެންޓީނާ)
  8. ލޫކާ މޮޑްރިޗް (ރެއާލް މެޑްރިޑް/ކްރޮއޭޝިއާ)
  9. މުހައްމަދު ސަލާހު (ލިވަޕޫލް/އިޖިޕްޓް)
  10. ރަފައޭލް ވަރާން (ރެއާލް މެޑްރިޑް/ފްރާންސް)

މިދިޔަ އަހަރު މި އެވޯޑް ކާމިޔާބުކުރި ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި އޭނާ ކުޅުނު ރެއާލް މެޑްރިޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ޔޫރަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ލިއޮނެލް މެސީ ގެންދިޔައިރު ފްރާންސްގެ ކުޅުންތެރިންގެ ގޮތުގައި އެންޓޮއިން ގްރީޒްމަން އަދި ރަފައޭލް ވަރާންގެ އިތުރުން ކިލިއަން އެމްބާޕޭ ވަނީ ވާރލްޑް ކަޕް މިއަހަރު ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ މުހައްމަދު ސަލާހު އަދި ހެރީ ކޭންގެ ފަރާތުން ވެސް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު ކްރޮއޭޝިއާ ފައިނަލަށް ގެންގޮސްދިން ކެޕްޓަން ލޫކާ މޮޑްރިޗް ވެސް ވަނީ ލިސްޓުގައި ހިމަނާފައެވެ. ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައި ވަނީ އޭނާއެވެ. މީގެ އިތުރުން ބެލްޖިއަމްގެ ދެ ކުޅުންތެރިން ކަމަށްވާ ހަޒާޑް އަދި ޑެބްރައިން ވެސް ވަނީ ލިސްޓުގައި ހިމަނާފައެވެ.

މިދިޔަ އަހަރު ތިން ވަނަ ހޯދި ނޭމާއަށް މި ލިސްޓުން ފުރުސަތު ދީފައެއް ނުވެއެވެ. މިދިޔަ ސީޒަނުގައި އޭނާގެ އަޑު މަޑުވެފައިވާ އިރު މި މަހު ނިމިގެންދިޔަ ވޯލްޑް ކަޕްގައި ވެސް އޭނާ އަށް އެދެވިގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ފީފާއިން ވަނީ އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރާ 11 ކޯޗުން ވެސް އިއުލާންކޮށްފައެވެ. އެ ލިސްޓުގައި ހިމެނޭ ކޯޗުންނަކީ؛

  1. މަސިމިލިއާނޯ އަލެގްރީ (ޔުވެންޓަސް)
  2. ސްޓަނިސްލާސް ޗާޝޯވް (ރަޝިއާ)
  3. ލަޓްކޯ ޑަލިޗް (ކްރޮއޭޝިއާ)
  4. ޑިޑިއާ ޑެޝޭމްޕްސް (ފްރާންސް)
  5. ޕެޕް ގާޑިއޯލާ (މެންޗެސްޓާ ސިޓީ)
  6. ޔާގެން ކްލޮޕް (ލިވަޕޫލް)
  7. ރޮބާޓޯ މާޓިނޭޒް (ބެލްޖިއަމް)
  8. ޑިއޭގޯ ސިމިއޯނޭ (އެޓްލެޓިކޯ މެޑްރިޑް)
  9. ގެރެތު ސައުތުގޭޓް (އިންގްލޭންޑް)
  10. އާނެސްޓޯ ވަލްވާޑޭ (ބާސެލޯނާ)
  11. ޒައިނުއްދީން ޒިދާން (ރެއާލް މެޑްރިޑް)

މިއެވޯޑްތަކަށް ވާދަކުރާ ފަރާތްތަކަށް ވޯޓްލުމަށް ފީފާއިން ވަނީ މިހާރު ހުޅުވާލާފައެވެ. މި އެވޯޑަށް ސަޕޯޓަރުންނާއި ނޫސްވެރިން އަދި ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުން ވޯޓު ދޭނެއެވެ. އެވޯޑު ހަފްލާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ލަންޑަނުގައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު