Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މުސްކުޅިވުމުން ދުރުވުން

މުސްކުޅިވުމުން ދުރުކޮށްދޭނެ ދެ ޕްރޮޓީނެއް ސައިންސްވެރިން ހޯދައިފި

ޖަޕާނުގެ ސައިންސްވެރިން ހޯދާފައިވަނީ، މުސްކުޅިވުމާއި ބަލިތަކާ ގުޅިފައިވާ ދެ ސަބްސެލިއުލާރ ސްޓްރަކްޗަރ ދެމެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ދެ ޕްރޮޓީނެއް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2024 | ހޮނިހިރު 03:59
މުސްކުޅިނުވެ ގިނަދުވަހު ދުނިޔޭގައި ހުރުމަކީ ވަރަށް ބިނަ ބަޔަކު ބޭނުންވާނެ ކަމެއް

މުސްކުޅިނުވެ ގިނަދުވަހު ދުނިޔޭގައި ހުރުމަކީ ވަރަށް ބިނަ ބަޔަކު ބޭނުންވާނެ ކަމެއް

މުސްކުޅިވުމަށް މަގުފަހިވާ ބަލިތަކަށް ފަރުވާ ކުރުމަށް އާ މަގުތަކެއް ހުޅުވިދާނެ، އަދި އެކަމުގެ ސަބަބުން މުސްކުޅިވުމުން ދުރުކޮށްދޭނެ ދެ ޕްރޮޓީނެއް، ޖަޕާނުގެ ސައިންސްވެރިން ދެނެގަނެފިއެވެ.

މި ޕްރޮޓީނުގެ ސަބަބުން، ހަލާކުވެފައިވާ އޯގަނެލްސް ސެލްއެއްގެ ސަބްނިޓްތައް ނައްތާލުމަށް އެހީތެރިވެދެއެވެ.

އޭގެތެރެއިން ދެ ބާވަތް ކަމަށްވާ މައިޓޮކޮންޑްރިއާއާއި ލައިސޯސޯމްއަކީ ސެލްތަކުގައި ހަކަތަ އުފައްދައި، ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ.

މި އޯގަނެލްތަކަށް ލިބޭ ގެއްލުމަކީ  މުސްކުޅިވުމާ ގާތްކުރާ ގިނަ ބަލިތަކަކާ ގުޅިފައިވާ ބައްޔެއް ކަމަށްވާއިރު، އޭގެ ތެރޭގައި ޕާކިންސަންސް، އަލްޒައިމަރސް، ހަންޓިންޓަންސް ޑިސީޒް އަދި އެމިއޯޓްރޮފިކް ލެޓަރަލް ސްކްލެރޯސިސް (އޭއެލްއެސް) ފަދަ ނިއުރޯޑިޖެނެރޭޓިވް ބަލިތައް ހިމެނެއެވެ.

ޕްރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސް ޖަރނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި، ޖަޕާނުގެ އޮސާކާ ޔުނިވަރސިޓީއާއި އެހެނިހެން މެޑިކަލް ސްކޫލްތަކުގެ ސައިންސްވެރިން ބުނެފައިވަނީ (އެޗްކޭޑީސީ1) ހިމެނޭ ހެކްސޮކިނޭޒް ޑޮމެއިން ނަމަކަށް ކިޔާ ޕްރޮޓީނަކީ، މައިޓޮކޮންޑްރިއާއާއި ލައިސޯސޯމްވެސް ރައްކާތެރިކުރުމަށް އެހީތެރިވެދޭ ޕްރޮޓީނެއް ކަމަށެވެ.

ނާރާ މެޑިކަލް ޔުނިވާސިޓީގެ ބަޔޯކެމިސްޓްރީގެ ޕްރޮފެސަރެއް ކަމަށްވާ ސީނިއާ ލިޔުންތެރިޔާ ޝުހޭ ނަކަމޫރާ ޔޫރޯނިއުސް، ނެކްސްޓަށް ވިދާޅުވިގޮތުގައި އެޗްކޭޑީސީ1 ފަންކްޝަންގެ މޮޑިއުލޭޝަންގެ ސަބަބުން ސެލިއުލާރ ސެނެސެންސް ހުއްޓުވޭނެއެވެ.

ސެލިއުލާރ ސެނެސެންސްއަކީ ސެލްތައް ބައިބައިވުން ހުއްޓައިލުމުން ސެލްތަކަށް ކެންސަރު ޖެހުމަށް މަގުފަހިކޮށްދީ، މުސްކުޅިވުމާ ގާތްކޮށްދޭ ކަމެކެވެ. ސައިންސްވެރިން ބުނާގޮތުގައި، ބައެއް ދިރާސާތަކުން ދައްކާގޮތުގައި ސެނެސެންސް ހުއްޓުވުމަކީ އިންސާނުން މުސްކުޅިވުމާއި އުމުރާ ގުޅުންހުރި ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާނެ ކަމެކެވެ.

އަދި އެޗްކޭޑީސީ1 ގެ ސަބަބުން ފުއްޕާމެއާއި ލިވަރގެ ކެންސަރަށް އަސަރުކޮށްފާނެކަން ވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ނަކަމޫރާ ވިދާޅުވިގޮތުގައި، ސެލިއުލާރ ސެނެސެންސްއަކީ މުސްކުޅިވުމުގެ އުމުރާ ގުޅުންހުރި ގިނަ ބަލިތަކުގެ ތެރޭގައި ނިއުރޯޑިޖެނެރޭޓިވް ޑިސީޒް، ކާޑިއޯވަސްކިއުލާ ޑިސީޒް، ފައިބްރޯސިސް އަދި ބަލިކަށިކަން ފަދަ ބަލިތަކުގެ ސަބަބުތައް ހިމެނޭ ކަމެކެވެ.

ސްޓެންފޯޑް ޔުނިވަރސިޓީގެ ރޭޑިއޮލޮޖީގެ އިންސްޓްރަކްޓަރެއް ކަމަށްވާ ވިދްޔާނީ ސޫރިޔާދޭވަރާ ޔޫރޯނިއުސް ނެކްސްޓްއަށް ވިދާޅުވީ، މި ޢިލްމީ ހޯދުމުން، ސެލްގައި ހުންނަ އެއް އޯގަނެލަށްވުރެ ގިނަ އޯގަނެލަށް އެއްފަހަރާ އަސަރުކުރާ ކްރިޓިކަލް މޮލިކިއުލާ މެކޭނިޒަމެއް ދެނެގަނެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ސެލިއުލާ ސެނެސެންސްއަށް އަމާޒުކުރާ "އާ ސެނޮލިޓިކް ޑްރަގްސް އުފެއްދުމަށް އާ މޮލިކިއުލާ ޓާގެޓެއް" ހޯދިދާނެ ކަމަށެވެ.

މި ޕްރޮޓީން އޯގަނެލްސް ހިމާޔަތްކުރަނީ ކިހިނެއް ހެއްޔެވެ؟

މައިޓޮކޮންޑްރިއާއަކީ ސެލްއަކަށް ހަކަތަ އުފެއްދުމަށް މަސައްކަތްކުރާ އެއްޗެކެވެ. އެތަކެތި ހަލާކުވުމުން ސެލް ދިރުވާގޮތަށް ނައްތާލަން ވެސް ޖެހެއެވެ. އެގޮތުން ހަލާކުވެފައިވާ މައިޓޮކޮންޑްރިއާ ޖަމާވުމުން ނިއުރޯޑިޖެންރޭޓިވް ބަލިތައް ޖެހިދާނެކަމަށް، ހާވާޑްގެ ސައިންސްވެރިން ބުނެއެވެ.

ހަލާކުވެފައިވާ މައިޓޮކޮންޑްރިއާ ނައްތާލުމަކީ "މައިޓޮފެގީ" ނަމަކަށް ކިޔާ ޕްރޮސެސްއެއްގެ ތެރެއިން ހިނގާ ކަމެއް ކަމަށްވާއިރު، އެއީ ޕިންކް1 އަދި ޕާކިން ނަމަކަށްކިޔާ ޕްރޮޓީންތަކުގެ މައްޗަށް ބަރޯސާވާ ކަމެކެވެ.

ހަލާކުވެފައިވާ މައިޓޮކޮންޑްރިއާ މި ނައްތާލުމަށް ޕްރޮޓީން އެޗްކޭޑީސީ1 އާއި ޓްރާންސްކްރިޕްޝަން ފެކްޓަރ އީބީ (ޓީއެފްއީބީ) ނަމަކަށް ކިޔާ އެހެން ޕްރޮޓީނަކާ އެ ޕްރޮޓީނުން މުއާމަލާތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސައިންސްވެރިން މިހާރު ވަނީ ބުނެފައެވެ.

އަދި އެޗްކޭޑީސީ1 މަދުކުރުމުން ލައިސޯސޮމަލް މަރާމާތަށް ނުފޫޒު ފޯރުވާކަން ވެސް އެ މީހުންނަށް ފާހަގަކުރެވުނެވެ.

ލައިސޯސޯމްސްއާއި މައިޓޮކޮންޑްރިއާ އެކަތި އަނެއްކައްޗާ ގުޅެނީ ވީޑީއޭސީ ކިޔާ ޕްރޮޓީންތައް މެދުވެރިކޮށެވެ. ވަކިން ޚާއްސަކޮށް، އެޗްކޭޑީސީ1 އަކީ ވީޑީއޭސީތަކާ މުއާމަލާތުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ބައިތަކެކެވެ. މި ޕްރޮޓީނަކީ މައިޓޮކޮންޑްރިއާ-ލައިސޯސޯމް ކޮންޓެކްޓަށް ކޮންމެހެން ބޭނުންތެރި ޕްރޮޓީނެކެވެ. ނަކަމޫރީގެ އެ ދިރާސާގައި ލިޔެފައިވެއެވެ.

ސައިންސްވެރިން ބުނާގޮތުގައި މައިޓޮކޮންޑްރިއާއާއި ލައިސޯސޯމް ބެލެހެއްޓުމަކީ ކުރިން ވެސް ވަރަށް ބޮޑަށް ދެނެގަނެވިފައިވާ ކަމެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޗައިނާގެ ސައެންސްވެރިން، ހަނދުގެ ސަތަހައިން މުޅިން އާ މިނަރަލްއެއް ހޯދައިފި

ޗައިނާގެ ސައެންސްވެރިން، ހަނދުގެ ސަތަހައިން މުޅިން އާ މިނަރަލްއެއް ހޯދައިފި

10 ސެޕްޓެމްބަރު 2022
ޤަދީމީ މަމީސް ތަކަކާއި ބުދުތަކެއް މިސްރުގެ އާކިޓެކްޓުން ހޯދައިފި

ޤަދީމީ މަމީސް ތަކަކާއި ބުދުތަކެއް މިސްރުގެ އާކިޓެކްޓުން ހޯދައިފި

04 ޖޫން 2022
އަކްޝޭގެ ''މިޝަން މަންގަލް'' ތިން ދުވަހުން 70 ކްރޯޑް ހޯދައިފި

އަކްޝޭގެ ''މިޝަން މަންގަލް'' ތިން ދުވަހުން 70 ކްރޯޑް ހޯދައިފި

19 އޯގަސްޓު 2019
ޕެއިސާ ޔެ ޕެއިސާ އިން މާދުރީ އެންމެންގެ ސަމާލުކަން ހޯދައިފި

ޕެއިސާ ޔެ ޕެއިސާ އިން މާދުރީ އެންމެންގެ ސަމާލުކަން ހޯދައިފި

30 ޖެނުއަރީ 2019
ރިއާނާ އާއި ވައްތަރުވެ ރިނީ މަޝްހޫރުކަން ހޯދައިފި

ރިއާނާ އާއި ވައްތަރުވެ ރިނީ މަޝްހޫރުކަން ހޯދައިފި

05 ޖުލައި 2018

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު