Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން ފުޓްބޯޅަ

ދެވަނަ މެޗުގައިވެސް 4 ލަނޑުގެ މޮޅެއް ހޯދައިގެން މަސްއޮޑި ކުރިއަށް

މަސްއޮޑި ދެ މެޗުން 8 ލަނޑު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 ޖެނުއަރީ 2024 | ބުރާސްފަތި 14:09
މަސްއޮޑި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ: ފޮޓޯ-މަސްއޮޑި ސކ

މަސްއޮޑި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ: ފޮޓޯ-މަސްއޮޑި ސކ

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މަސްއޮޑި ސްޕޯރޓްސް ކްލަބުން ކުޅުނު ދެވަނަ މެޗުގައިވެސް 4 ލަނޑުގެ މޮޅެއް ހޯދައިފިއެވެ.

ފުރަތަަމ މެޗު 4-0ން ކާމިޔާބުކުރި މަސްއޮޑި، ދެވަނަ މެޗުވެސް ކާމިޔާބުކުރީ އެނަތީޖާއިންނެވެ. ދެވަނަ މެޗުގައި 4-0ން ކުރިހޯދީ އެލްޓީ ސްޕޯރޓްސް ކްލަބްގެ މައްޗަށެވެ. މެޗުގެ ކޮންމެ ހާފެއްގައި މަސްއޮޑިން ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ހާފްގައި ދެ ލަނޑު ޖެހީ އައްޒާމް އަބްދުﷲއާއި ފެލިކްސްއެވެ. ދެވަނަ ހާފްގައި ދެ ލަނޑު ޖެހީ އިބްރާހީމް އާޒިމާއި ސަރްދޯވްއެވެ. ދެވަނަ ހާފްގެ ދެ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު މަސްއޮޑިން ކާމިޔާބުކުރީ މަހިބަދޫ ސްޕޯރޓްސް ކްލަބާ ވާދަކޮށެވެ. މަސްއޮޑިއަކީ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމެވެ.

މަސްއޮޑިއާ އެއް ގްރޫޕެއްގައި ހިމެނެނީ މަހިބަދޫއާއި, އެލްޓީ ސްޕޯރޓްސް ކްލަބާއި, ޖޭޖޭ ސްޕޯރޓްސްއާއި ކުޑަހެންވޭރެވެ. ފުރަތަމަ މެޗުގައި ކުޑަހެންވޭރުން ވަނީ 5-0ން ޖޭޖޭ ސްޕޯރޓްސް ކްލަބް ބަލިކޮށްފައެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތްމަސްއޮޑި

އިތުރަށް ކިޔާލަން

09 މެއި 2024

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

09 މެއި 2024
މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
06 ފެބުރުއަރީ 2024

މަސްއޮޑި ސެމީއަށް، ފުރަތަމަ ޑިވިޝަނަށް ދިއުމަށް ބޭނުންވަނީ އެއް މޮޅު!

06 ފެބުރުއަރީ 2024
މަސްއޮޑި ސެމީއަށް، ފުރަތަމަ ޑިވިޝަނަށް ދިއުމަށް ބޭނުންވަނީ އެއް މޮޅު!
13 ޖެނުއަރީ 2024

ނިއުރޭޑިއަންޓުގެ މެޗެއް ބަލަން އިތުރު އިންތިޒާރެއް، މެޗު ލިބުނީ ނުކުޅެ!

13 ޖެނުއަރީ 2024
ނިއުރޭޑިއަންޓުގެ މެޗެއް ބަލަން އިތުރު އިންތިޒާރެއް، މެޗު ލިބުނީ ނުކުޅެ!
21 ޑިސެމްބަރު 2023

ވިކްޓްރީއާއި ނިއުރޭޑިއަންޓް ދެ ގްރޫޕަކަށް!

21 ޑިސެމްބަރު 2023
ވިކްޓްރީއާއި ނިއުރޭޑިއަންޓް ދެ ގްރޫޕަކަށް!
21 ޑިސެމްބަރު 2023

ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމް ފުރަތަމަ ޑިވިޝަނަށް!

21 ޑިސެމްބަރު 2023
ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމް ފުރަތަމަ ޑިވިޝަނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު