Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ރަސްވާދަ: ފަސޭހައިން ވިކްޓްރީ ބަލިކޮށް ނިއުރޭޑިއަންޓް އެއްވަނައަށް

ނުވަ ޕޮއިންޓާއެކު ނިއުރޭޑިއަންޓް އޮތީ ގްރޫޕްގެ އެއްވަނާގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 24 ޖުލައި 2022 | އާދީއްތަ 18:43
މެޗުން މޮޅުވެ ސަޕޯޓަރުންނާއެކު ކުޅުންތެރިން އުފާފާޅުކުރަނީ

މެޗުން މޮޅުވެ ސަޕޯޓަރުންނާއެކު ކުޅުންތެރިން އުފާފާޅުކުރަނީ

"ރަސްވާދަ"އިގެ ގޮތުގައި ޕްރޮމޯޓްކުރި ރާއްޖޭގެ ފުޓްބޯޅައިގެ ދެބާރު ދެވަނަ ޑިވިޝަންގައި ވާދަކުރި މެޗު ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.

ސަސްޕެންޝަނަށްފަހު އަލުން ފުރަތަމަ ޑިވިޝަނަށް އެރުމަށް ވިކްޓްރީއާއި ނިއުރޭޑިއަންޓް ކުރަމުންދާ މަސައްކަތުގައި ދެވަނަ ޑިވިޝަންގައި ވާދަކުރި މެޗު ނިއުރޭޑިއަންޓް ކާމިޔާބުކުރީ 4-1 ނެވެ. އެއް ގްރޫޕެއްގައި ހިމެނޭ ދެޓީމްގެ މެޗު ކާމިޔާބުކޮށް ނިއުރޭޑިއަންޓުން ވަނީ ނުވަ ޕޮއިންޓާއެކު އެއްވަނައަށް ޖެހިލާފައެވެ. ނިއު ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. ވިކްޓްރީއަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެހެންކަމުން ސެމީފައިނަލްގެ ޖާގައެއް ހޯދަން ވިކްޓްރީއަށް އޮތީ އުނދަގޫ މަރުހަލާއެކެވެ.

މިދިޔަ ތިން އަހަރަށް ބަލާއިރުވެސް ކްލަބް ފުޓްބޯޅައިގައި އެންމެ ގިނަ ސަޕޯޓަރުން ވަން މެޗުގެ ފުރަތަމަ ހާފްގައިވެސް ނިއުރޭޑިއަންޓުން ތިން ލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު ގޯލްގެ ދުރު ކަނަށް ފޮނުވާލައިގެން ކާމިޔާބުކުރީ ކުރިން ފުރަތަމަ ޑިވިޝަންގައިވެސް ނިއުއަށް ކުޅުނު އަހުމަދު ސުހެއިލްއެވެ. ނިއުރޭޑިއަންޓްގެ ދެވަނަ ލަނޑު ބިދޭސީ ފޯވާޑް ކޯފީ ޖެހީ ކީޕަރަށް އެއްވެސް ފުރުޞަތެއް ނުދީއެވެ. އެލަނޑުގައިވެސް ސުހެއިލްގެ ދައުރު ބޮޑެވެ. ތިންވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކޯފީ ޖެހީ ސުހެއިލް ނަގައިދިން ބޯޅަ ވެއްޓިގެންފައި ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިހާފްގައި ނިއުރޭޑިއަންޓްގެ ލިޔާހުއަށް ރަނގަޅު ފުރުޞަތެއް ލިބި ބޭނުން ނުކުރެވުނެވެ. ފުރަތަމަ ހާފްގައި ނިއުގެ ގޯލާ އަމާޒުކޮށް ވިކްޓްރިއަށް ފޮނުވާލެވުނީ އެންމެ ބޯޅައެކެވެ. އެއީ ހާފް ނިމެން ދަނިކޮށް ލިބުނު ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެކެވެ.

ދެވަނަ ހާފްގައި ފުރަތަމަ ލަނޑު ޖެހީ ވިކްޓްރީންނެވެ. ނިއުރޭޑިއަންޓްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބުކުރީ މުޙައްމަދު ކުޑޫއެވެ. ދެވަނަ ހާފްގައި ނިއުރޭޑިއަންޓުންވެސް ލަނޑު ޖެހީ ޕެނލްޓީއަކުންނެވެ. އެއީ ޝަމްވީލް މުޙައްމަދު ވިކްޓްރީގެ އޭރިޔާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލިފަހުން ކުރި ފައުލަށް ދިން ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ މިޑްފީލްޑަރ ޓޮރިކްއެވެ. އޭގެކުރިން އޭނާއަށް ހުސްކޮށް ލިބުނު ފުރުޞަތު ބޭކާރުވީ ކީޕަރު ކައިރިންވެސް ނައްޓާލުމަށްފަހު ކޮއްޓަން އުޅުމުންނެވެ.

މިއީ 2018 ވަނަ އަހަރުގެ ފަހުން ވިކްޓްރީއާއި ނިއުރޭޑިއަންޓްގެ ފުރަތަމަ ކުރިމަތިލުމެވެ. މިމޮޅާއެކު ސެމީފައިނަލްގެ ފުރުޞަތު ނިއުރޭޑިއަންޓަށް ބޮޑެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތްނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

01 ސެޕްޓެމްބަރު 2025
ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

28 ޖޫން 2025
ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

14 މެއި 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު