Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން މުބާރާތް

ދެވަނަ ޑިވިޝަން މުބާރާތް އެފްއޭއެމް އިން އަނެއްކާވެސް ފަސްކޮށްފި! ގެއްލުން ކްލަބްތަކަށް!

މުބާރާތް ފަށަން ތާވަލްކޮށްފައިވަނީ ޑިސެމްބަރު 10 އަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 3 ނޮވެމްބަރު 2023 | ހުކުރު 06:07
ދެވަނަ ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ބުރު: ފޮޓޯ-އެފްއޭއެމް

ދެވަނަ ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ބުރު: ފޮޓޯ-އެފްއޭއެމް

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފެށުން އެފްއޭއެމްއިން އަނެއްކާވެސް ފަސްކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ އެއިދާރާއިން ފޭސްބުކް ޕޭޖް މެދުވެރިކޮށް އިއުލާންކޮށްފައިވާ ގޮތުން މުބާރާތް ފަށާނީ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެރޭ އެންމެ ފުރަތަމަ ކުރި ޕޯސްޓްގައި ބުނެފައިވަނީ މުބާރާތް ފަށާނީ ނޮވެމްބަރު 25 ގައި ކަމަށެވެ. އޭގެ ކުރިން ކްލަބްތަކަށް އަންގަމުން ދިޔައީ ނޮވެމްބަރު 20 ވަނަ ދުވަހު މުބާރާތް ފަށާނެ ކަމަށެވެ. މީޑިޔާއަށް މައުލޫމާތު ދޭ ގްރޫޕްގައި ވެސް މީގެ ކުރިން އެފްއޭއެމް އިން ވަނީ ނޮވެމްބަރު 20 ގައި މުބާރާތް ފަށާނެ ކަމަށެވެ.

ދެވަނަ ޑިވިޝަނަށް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި ނިއުރޭޑިއަންޓާއި, ވިކްޓްރީން ޕްރެކްޓިސް ފެށިއިރުވެސް ބުނީ ނޮވެމްބަރު 20 ގައި މުބާރާތް ފަށާނެކަމަށް އަނގަބަހުން އަންގާފައި ވާކަމަށެވެ. ނަމަވެސް އޭރުވެސް ނިއުރޭޑިއަންޓްގެ ކޯޗު އަހުމަދު ނިމާދު ބުނަމުން އައީ އެއީ އަނގަބަހުން އޮތް, ރަސްމީ ކުރުމެއް ނެތް އެންގުމަކަށްވާތީ ކަންބޮޑުވުން އެބައޮތް ކަމަށެވެ.

މުބާރާތުގެ ތާރީޚަށް ގެނައި ބަދަލާ ގުޅިގެން ކްލަބްތަކުން ޑިސެމްބަރުގެ ނިޔަލަށް ބިދޭސީ ކުޅުންތެރިންނާއެކު ހެދި އެއްބަސުވުން ޖެނުއަރީގެ ނިޔަލަށް އިތުރު ކުރަން ޖެހި, ޚަރަދު އެތަށް ތަނަކުން ބޮޑުވާނެއެވެ. ޕްރެކްޓިސް ފެށި ބައެއް ކްލަބްތަކުން މިހާރު ކުޅުންތެރިންނާއެކު އެއްބަސްވުން ހަދާފައިވަނީ ސެޕްޓެމްބަރުން ޑިސެމްބަރަށެވެ.

އެފްއޭއެމްއިން ރާވާ ހިންގާ ހަރަކާތްތައް ފަށާނެކަމަށް, ނިމޭނެކަމަށް ބުނާ ތާރީޚުތަކަކީ ވެސް އިތުބާރެއް, ޔަޤީންކަމެއް ނެތް އެއްޗަކަށް ވަނީ ވެފައެވެ. ދިވެހި ޕްރިމިއަރ ލީގު އަލުން ފަށާނެ ތާރީޚެއް ވެސް ނޭންގެއެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު