Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެވަނަ ޑިވިޝަން

ނިއުރޭޑިއަންޓް ވަރުގަދަ ރޫހެއްގައި، ހުއްޓުމެއް ނެތް!

ނިއުރޭޑިއަންޓް އޮތީ ގްރޫޕްގެ އެއްވަނާގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 29 ޖުލައި 2022 | ހުކުރު 07:18
ނިއުރޭޑިއަންޓްގެ ކޯފީ ބޯޅަ ހިފައިގެން ކުރިއަށްދަނީ: ފޮޓޯ-ނިއުރޭޑިއަންޓް

ނިއުރޭޑިއަންޓްގެ ކޯފީ ބޯޅަ ހިފައިގެން ކުރިއަށްދަނީ: ފޮޓޯ-ނިއުރޭޑިއަންޓް

އަލުން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދަން ކުރާ މަސައްކަތުގައި އޮތް ވަރުގަދަ ރޫހު ދަމަހައްޓާ, ނިއުރޭޑިއަންޓުން ހަތަރު ވަނަ މޮޅު ހޯދައިފިއެވެ.

ދެވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖްގައި މިހާތަނަށް ނިއުރޭޑިއަންޓް ކުޅުނީ ހަތަރު މެޗެވެ. ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކު ނިއުރޭޑިއަންޓް އޮތީ ގްރޫޕްގެ އެއްވަނާގައެވެ. ހަތަރު ވަނަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ކުރި ހޯދީ ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަކުރި ބީޖީއާ ވާދަކޮށް 2-0 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ލަނޑު ޖެހީ ކޯފީއެވެ. ދެވަނަ ހާފްގައި ދެވަނަ ލަނޑު ޖެހީ ލިޔާހުއެވެ. މުޅި މެޗުގައި ނިއުރޭޑިއަންޓުން ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ހޯދިނަމަވެސް, ގިނަ ފުރުޞަތުތައް ގޯލަކަށް ބަދަލުކޮށް ނުލެވުނެވެ. އެކަމަކު މެޗުން މޮޅުވުމުން ނިއުރޭޑިއަންޓް އޮތީ ސެމީފައިނަލްގެ ޖާގައަކާ ގާތުގައެވެ.

ނިއުރޭޑިއަންޓް ހިމެނޭ ގްރޫޕްގެ ދެވަނާގައި އޮތީ ދިހަ ޕޮއިންޓާއެކު އެލްޓީ ސްޕޯރޓްސް ކްލަބެވެ. އެލްޓީއަށް ކުރިއަށް އޮތީ ނިއުރޭޑިއަންޓް މެޗެވެ. ތިންވަނާގައި އޮތީ ހަ ޕޮއިންޓާއެކު ޓީނޭޖެވެ. ވިކްޓްރީ އޮތީ ހަތަރު ޕޮއިންޓާއެކު ހަތަރު ވަނާގައެވެ. ފަސްވަނާގައި އޮތީ މަހިބަދޫއެވެ. އެއީ ތިން ޕޮއިންޓާއެކުއެވެ. މަހިބަދޫއަށް ކުރިއަށް ނިއުރޭޑިއަންޓް މެޗު އެބައޮތެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

01 ސެޕްޓެމްބަރު 2025
ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

28 ޖޫން 2025
ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

14 މެއި 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު