Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބު ވެލެންސިއާ

އަޒްމީން އިސްތިއުފާދެއްވާފައިވާ ކަމަށް ބުނާ "ފޭކު" ލިޔުމުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

އަޒްމީން ވިދާޅުވީ މިހާރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖެނުއަރީ 2024 | ބުރާސްފަތި 08:03
އެފްއޭއެމްގެ ކުރީގެ ރައީސް ޓޮމް އަދި ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން

އެފްއޭއެމްގެ ކުރީގެ ރައީސް ޓޮމް އަދި ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން

ކުލަބު ވެލެންސިއާގެ ޗެއާމަންކަމުގެ މަޤާމުން ޢަބްދުﷲ އަޒްމީން އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނެ ފޭކު ލިޔުމެއް ހުށަހެޅި މައްސަލަ ވެލެންސިއާއިން ދިވެހި ފުލުހުންނަށް ހުށަހަޅައިފި އެވެ.

މި މަހުގެ 31 ވަނަ ދުވަހު އޮންނަ ފުޓުބޯޅަ އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ކުލަބު ވެލެންސިއާ އިން ތާއީދު ކުރަނީ، އެފްއޭއެމްގެ ކުރީގެ ރައީސް އަޙުމަދު ޠާރިޤް (ޓޮމް) އަށެވެ. ނަމަވެސް އެ އިންތިޚާބުގައި ވާދަކުރައްވާ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އަތުގައި ވެސް ވެލެންސިއާގެ ތާއީދު ސިޓީއެއް އޮތެވެ. ނަމަވެސް ވެލެންސިއާ އިން ބުނީ އެއީ އެ ކުލަބުގެ ނަމުގައިވާ ފޭކު ލިޔުމެއް ކަމަށެވެ.

ކްލަބު ވެލެންސިއާގެ ޗެއާމަންކަމުން އަޒްމީން އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނެ އެފްއޭއެމަށް ލިޔުމެއް ފޮނުވާފައި މައްސަލައިގައި، އެ ކުލަބުގެ ޗެއާމަން އަޒްމީން ވިދާޅުވީ، އެއީ ފޭކު ލިޔުމެއް ކަމަށާއި، އެ މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށެެވެ. އަޒްމީން ފާހަގަ ކުރެއްވި ގޮތުގައި މަގާމުން އިސްތިއުފާ ދޭ ނަމަ، އެކަން އަންގަން ޖެހޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަށެވެ. އަޒްމީން ވިދާޅުވީ މިހާރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީން ސުވާލު ކުރުމުން ފުލުހުން ބުނީ، ވެލެންސިއާގެ ފަރާތުން އެ އިދާރާ އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމުގައި ވެސް ފުލުހުން ވަނީ ބުނެފަ އެެވެ.

ކުލަބު ވެލެންސިއާގެ ތާއީދު އޮތީ ޓޮމް އަށް ކަމަށް ބަޔާންކޮށް، އެ ކުލަބުން ވަނީ އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީ އަށް ވެސް އެކަން އަންގައިފަ އެވެ. އަދި ޓޮމް އަށް އޮތް ތާއީދު ސިޓީ ފިޔަވައި، ދެން އޮތް ސިޓީ އަކީ އަސްލެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ކުލަބު ވެލެންސިއާޢަބްދުﷲ އަޒްމީން މޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު