Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޝުއަރެންސްގެ ބިލް

ވަޒީފާ ގެއްލޭފަރާތްތަކުގެ އިންޝުއަރެންސްގެ ބިލް އަލުން މަޖިލީހަށް ހުށަހެޅުމަށް ފައްޔާޒް ގޮވާލައްވައިފި

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ ގާނޫނު ވުޖޫދަށް އައުމަކީ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއަށް ލިބޭ ކުރިއެރުމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖެނުއަރީ 2024 | ބުދަ 14:11
ކުރީގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއީލް

ކުރީގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއީލް

ސަރުކާރުން އަނބުރާ ގެންދިޔަ، ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރެންސްގެ ބިލް އަލުން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ހުށަހެޅި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ ބިލު ފާސްކުރުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގާރަ ދުވަހު ވަނީ އެ ބިލު ތަސްދީގު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ މިއީ ވަރަށް އުފާވެރި، ތާރީޚީ ދުވަހެއް ކަމަށެވެ. އެގޮތުން ޔޫނިއަން ގާނޫނުގެ އިތުރުން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ ގާނޫނު ވުޖޫދަށް އައުމަކީ، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއީ މުޅި މާހައުލު ބަދަލުކޮށްލާނޭ ދެ ގާނޫނު ކަމަށާއި، ބާކީ އޮތީ ޔޫއީއައި ބިލުގައިކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ލިއްބައިދީ، އެ ހައްގުތައް ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތް ކާމިޔާބުކޮށް، އެ ބިލް ވުޖޫދުކުރަން ކެރުނީ އެމްޑީޕީ ސަރުކާރަށާއި މަޖިލީހަށް ކަމަށެވެ. ފައްޔާޒު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުގެ އިތުރުން އިންސާފުގެ ދަތުރުގެ މިހިސާބަށް އާދެވުނުއިރު މިނިމަމް ވޭޖް ގާއިމުކުރެވި، ޔޫނިއަން އުފެއްދުމުގެ ހައްގު ކަށަވަރުކުރެވިފައި ވާކަމަށެވެ. މި ދަތުރުގައި އުފުލަންޖެހުނު ތަކުލީފަށްވުރެ މި ކާމިޔާބީގެ ހިތްހަމަޖެހުމާއި އުފާވެރިކަން ބޮޑުކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިއަދު މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ވަށާޖެހޭ ގާނޫނީ އޮނިގަނޑު ފުރިހަމަކުރެވިފައި ވާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން އަނބުރާ ގެންދިޔަ ވަޒީފާ ގެއްލޭފަރާތްތަކުގެ އިންޝުއަރަންސްގެ ބިލް އަލުން މަޖިލީހަށް ފޮނުވަންޖެހޭ ކަމަށެވެ.

ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ބިލެއް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ބިލުގައި ވަނީ ވަޒީފާ ގެއްލިފައި ތިބޭ މީހުންނަށް "ޖޮބް ސަރޗް" އެލަަވަންސެއް ދޭން ހުށަހަޅާފައެވެ. އެ އެލަވަންސް ދެނީ، ވަޒީފާ ގެއްލުނުއިރު ލިބެމުންދިޔަ ޕެންޝަނަށް ބަލައި، މުސާރައިގެ 70 އިންސައްތައެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ބިލު އަނބުރާ ގެންގޮސްފައެވެ.

އެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްރައްޔިތުންގެ މަޖިލިސްއިންޝުއަރެންސް ބިލް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު