Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކެނެބިސް ޓްރެފިކް ކުރުން

ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ކްރިމިނަލް ކޯޓުގައި މި ޙުކުމް ކުރެއްވީ ގާޒީ އަލީ އާދަމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2023 | އާދީއްތަ 08:01
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް

ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ  ލ ގަން ތުނޑި، އަމްސާޕެލަސް ސައިފުﷲ ސައީދުގެ މައްޗަށެވެ.

Advertisement - newsAdvertisement

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން ހިންގި ތަހުގީގަކަށްފަހުއެވެ.

ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަކީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި، ނުވަތަ ރާއްޖޭގެ ސަރަޙައްދުގައި ވިއްކުމަށް އެއްތަނުން އަނެއްތަނަށް ގެންދެވޭ މަސްތުވާތަކެތި ޓްރެފިކް ކުރާ މައި ފަރާތްތައް ދެނެގަނެ، އެމީހުން ހިފައި ހައްޔަރު ކުރުމުގެ ބޭނުމަށް ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅުއްވާ ފަރާތެއްގެ ހުއްދައާއެކު ހިންގާ އޮޕަރޭޝަނެއްކަމަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ ސައިފުﷲ ވަނީ އެހެން މީހަކު ރާއްޖެ އެތެރެވިއިރު ގެނައި މަސްތުވާތަކެއްޗާ ޙަވާލުވެ، އެ ޕާރުސަލް ހިފައިގެން ގޮސްފައެވެ. ފުލުހުން އޭނާ ޗެކްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން މަސްތުވާތަކެތި އަޅާފައިވާ ދަޅެއް ފެނިފައިވެއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާއަށް ޖަވާބުދާރީވަމުން އޭނާ ބުނެފައިވަނީ، ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އެގޮތުން ފިލްމު ހުސްކުރި ދަޅު ފެނުނު ސޯޓަކީ އޭނާގެ ރައްޓެއްސެއްގެ ސޯޓެއް ކަމަށާއި، ސޯޓުގެ ޖީބުގައި މަސްތުވާތަކެތި އަޅާފައިވާ ދަޅެއް އޮތްކަން އޭނާއަށް ނޭނގޭކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި ކޯޓުން ނިންމާފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ. އެހެންކަމުން ކުށުގެ އުޤޫބާތެއްގެ ގޮތުން އޭނާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަަލަށް ލުމަށާއި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

އޭނާ ބަންދުގައި ހުރި މުއްދަތު ޙުކުމުން އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭނީ 24 އަހަރާއި 10 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެކެވެ.

ކްރިމިނަލް ކޯޓުގައި މި ޙުކުމް ކުރެއްވީ ގާޒީ އަލީ އާދަމްއެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު