Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުއްގިރި މައްސަލަ

ފުއްގިރި މައްސަލައިގައި އަޑުއެހުމެއް ނުބާއްވާތާ ހަތަރު މަސް

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 14 އޯގަސްޓު 2023ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޑިސެމްބަރު 2023 | ބުދަ 10:16
ރީގެ ރައީސް، އަބްދުﷲ ޔާމީން

ރީގެ ރައީސް، އަބްދުﷲ ޔާމީން

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ފަރާތްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ނުބާއްވާތާ 4 މަސްވެއްޖެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ 4 މަހަށްވުރެ ގިނަދުވަސްވެފައި ވާއިރު، އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، މައްސަލައިގައި އަޑުއެހުމެއް ނުބޭއްވި ގިނަދުވަސް ވަނީ ސެކްޝަންގައި ހުރި މައްސަލަތައް ގިނަވެފައި، ކޯޓުގެ ޖާގަ ނެތުމުން ކަމަށެވެ. އެގޮތުން ކޯޓުގެ ޖާގަ ނެތުމުގެ ސަބަބުން ޝަރީއަތްތައް ހިންގުމަށް ކޯޓު ރޫމްތައް ލިބުމުގައި ދަތިތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 14 އޯގަސްޓު 2023ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

މެލޭޝިއާގައި ހުންނަ ހައިކޮމިޝަން މެދުވެރިކޮށް މި އަޑުއެހުމުގައި ވަނީ ދައުލަތުގެ ހެކިވެރިއެއްކަމަށްވާ މުހައްމަދު ޝިފާއު ހާޒިރުކޮށްފައެވެ.

އޭނާއަކީ ކުރިން އެމްއެމްޕީއާރްސީގައި މަސައްކަތްކުރެއްވި ފަރާތެކެވެ.

އޭނާ ވިދާޅުވީ، ރ. ފުއްގިރިއާ ގުޅޭގޮތުން ކްރިކް ރިޒާއާއެކު އެމްއެމްޕީއާރްސީން ބައްދަލުވުންތަކެއް ކުރިއަށް ދިޔަކަމަށެވެ. އެ ބައްދަލުވުންތަކުގައި އިތުރު ފަރާތްތައްވެސް ބައިވެރިވިކަމަށް އޭނާ ވިދާޅުވިއެވެ.

ފުއްގިރި ހުށައެޅިފައިވާ އަގަކަށްވުރެ ކުޑަ އަގަކަށް ދޫކުރައްވަނީ ކީއްވެތޯ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު އަރިހު ދެންނެވުމުން، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަންގަވައިގެން ކަމަށް އެބޭފުޅުން ވިދާޅުވިކަމަށް ހެކިވެރިޔާ ހެކިބަސް ދެއްވަމުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގައި ކުރިއަށްދިޔަ ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގެންފައި ނުވާކަމަށާއި، ނަމަވެސް ބައްދަލުވުމާ ގުޅޭގޮތުން ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރެއްވިކަމަށެވެ.

އެ ބައްދަލުވުމުގެ ތެރެއިން ނައިބުރައީސް އަހުމަދު އަދީބުގެ ބޮޑީގާޑު ދަބަހެއް ދެއްވިކަމަށްވެސް ހެކިވެރިޔާ ވިދާޅުވިއެވެ.

ފުއްގިރިކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު