Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު2 ރަޙިމުގައި އެއް ވަގުތެއްގައި 2 ދަރިން ހެދި ބޮޑުވ

1 މަންމަ، 2 ރަހިމު، 2 ދުވަސް ތެރޭގައި އެއްމާބަނޑު ދެބެއިން!

26 ޑިސެމްބަރު 2023 | އަންގާރަ 09:35

ކެލްސީއަކީ މަދުން ނޫނީ ނުފެންނަ 2 ރަހިމް ހުންނަ މީހަކަށް ވާ އިރު، ކޮންމެ ފަރާތެއްގައި އިން ރަޙިމުގައިވެސް ދަރިއަކު ވަނީ ޤަރުބަގެންފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 26 ޑިސެމްބަރު 2023 | އަންގާރަ 09:35
ވިހެއުމުގެ ގަދަ ވޭންވަރުގައި ކެލްސީ ވަނީ 20 ގަޑިއިރު ހޭދަކޮށްފައި

ވިހެއުމުގެ ގަދަ ވޭންވަރުގައި ކެލްސީ ވަނީ 20 ގަޑިއިރު ހޭދަކޮށްފައި

އެލަބާމާގެ އަންހެނަކު އެއްމާބަނޑު 2 ކުދިން، 2 ދުވަސް މަތިން ވިހައިފިއޭ ބުނެފިނަމަ އެއީ މާ އާދަޔާ ޚިލާފު ކަމެއް ކަމަކަށް ގިނަ މީހުން ނުދެކޭނެއެވެ. ނަމަވެސް، ހިއްސާ ކުރަން މި އުޅެނީ ވަރަށް މަދުން ނޫނީ ނުވާ ކަމެއްގެ ވާހަކައެވެ. އަންހެނެއްގެ ހަށިގަނޑުގައިވާ ދެރަހިމުގައި އެއްފަހަރާ ކުދިން އަށަގަނެ ވިހާފައިވާ ވާހަކައެވެ. އެމެރިކާގެ އެލަބާމާގެ ކެލްސީ ހެޗަރ އުފަންވީ ދެރަހިމާއި އެކުއެވެ. އަދި ކޮންމެ ރަހިމެއްގެ ވެސް ވަކި ދޮރެއް ނުވަތަ ސަރވިކްސް އެއް ހުރެ، ވަކިވަކިން މަސައްކަތް ކުރާ ދެ ރަޙިމް އޭނާގެ ހަށިގަނޑުގައިވެއެވެ.

ކެލްސީއާއި އޭނާގެ ފިރިމީހާ ކޭލަބް، އެ ދެމަފިރިންގެ އެއްމާބަނޑު ދެބޭންނަށް މަރުޙަބާ ކީ ވާހަކަ ބައިނަލްއަޤުވާމީ ޚަބަރުތަކުގެ ފަލަ ސުރުޚީތަކަށް އެރީ ސަބަބެއް ނެތިއެއް ނޫނެވެ. 2 ރަޙިމުގައި އެއް ވަގުތެއްގައި 2 ދަރިން ހެދި ބޮޑުވެ، މިފަދަ ގޮތަކަށް ދުނިޔެއަށް އުފަން ވުމަކީ މިލިއަނަކުން 1 ފަހަރު ހިނގާ ކަހަލަ ކަމެކެވެ.

އޮޕަރޭޝަން ކުރުމަކާ ނުލައި، ރޮކްސީ ލޭލާ އުފަންވީ ޑިސެމްބަރ 19 ވީ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭގެ 10 ގަޑިއިރު ފަހުން، ސިޒޭރިއަން ހަދައިގެން ރިބެލް ލޭކަން ނެގީ ޑިސެމްބަރ 20 ވީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ދެބޭންވެސް އުފަންވީ ޔުނިވަރސިޓީ އޮފް އެލަބާމާ އެޓް ބަރމިންގްހަމް ހޮސްޕިޓަލް (ޔޫއޭބީ)ގައެވެ.

ކެލްސީއަކީ މަދުން ނޫނީ ނުފެންނަ 2 ރަހިމް ލިބިފައިވާ މީހަކަށް ވާއިރު، ކޮންމެ ފަރާތެއްގައިވާ ރަޙިމުގައިވެސް ދަރިއަކު ޤަރުބަގަތީއެވެ. މިއީ ޑައިކެވިޓަރީ ޕްރެގްނެންސީއެވެ. ކެލްސީގެ ކޭހަކީ 'ހައި-ރިސްކް' ކޭހެއް ކަމަށް ބަލައި، ބަނޑަށް 39 ހަފުތާގައި އިންޑިއުސް ކުރިއެވެ.

ވިހެއުމުގެ ގަދަ ވޭންވަރުގައި ކެލްސީ ވަނީ 20 ގަޑިއިރު ހޭދަ ކޮށްފައެވެ. އެއްމާބަނޑު ދެބޭންގެ ތެރެއިން ފުރަތަމަ ކުއްޖާ ވިހެއުމަށްފަހު އެ ކުރަން ޖެހޭ ކަންކަން ކުރި އިރު ކެލްސީ ދިޔައީ އެ ދަރިފުޅަށް އޭނާގެ ގާތުން ކިރު ދެމުންނެވެ. އޭރު އަނެއް ދަރިފުޅު ވިހަން ހަމަ ގަދައަށް ބަނޑުގައިވެސް ރިއްސަނީއެވެ.

ކެލްސީ ބެލި ޑޮކްޓަރު، ޑރ ޝުވެތާ ޕަޓޭލް ބުނި ގޮތުގައި މިއީ 'ވަރަށް ވަރަށް ވަރަށް' މަދުން ނޫނީ ވާނެ ކަމެއް ނޫނެވެ. އަންހެނުންގެ ބަލިތަކާ ބެހޭ ބައެއް ޑޮކްޓަރުންގެ މުޅި ޙަޔާތުގައިވެސް މިފަދަ އެންމެ ކޭހެއްވެސް ނުފެނި ހިނގައިދާނެ ކަމަށް ޑރ ޝުވެތާ ފާހަގަ ކުރިއެވެ.

ކެލްސީގެ ހަށިގަނޑުގައި 2 ރަޙިމު ވާކަން އެނގުނީ އޭނާގެ ޢުމުރުން 17 އަހަރުގައެވެ. 2 ރަޙިމާއެކު އުފަންވެފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ އެންމެ 0.3 ޕަސެންޓް މީހުންނެވެ.

ޔޫއޭބީގެ ހައި-ރިސްކް ޕްރެގްނެންސީއަށް ޚާއްޞަ ޕްރޮފެސަރ، ޑރ ރިޗަރޑް ޑޭވިސްއާއި ޑރ ޝުވެތާ ބުނި ގޮތުގައި، ކެލްސީއަށް ލިބުނީ އެއްމާބަނޑު ދެބޭން ކަމަށް ކަނޑައެޅުމަކީ ވަރަށް ޙައްސާސް ނިންމުމެކެވެ.

ރޮކްސީއާއި ރިބެލްއަކީ އެއްމާބަނޑު ދެބޭންތޯ ކުރެވޭ ސުވާލަށް، ފަންނީ ނަޒަރަކުން ޖަވާބެއް ދޭނަމަ ބުނަންނަ ޖެހޭނީ، އާނ ބަހާއި ނޫން ބަހެވެ. އެއްމާބަނޑު ދެބޭންކަމަށް ޢާންމުކޮށް ކަނޑައަޅަނީ އެއް ރަޙިމެއްގައި އެއް ވަގުތެއްގައި ޤަރުބަގެނެގެން އުފަންވާ 2 ކުދިންނަށެވެ.

ކެލްސީގެ ޙާލަތުގައި އޭނާގެ ހަށިގަނޑުގައި 2 ރަޙިމުވެއެވެ. ކޮންމެ ރަޙިމެއްގައިވެސް ކުއްޖަކު ޤަރުބަގަތީއެވެ. 2 ރަޙިމުން ދޫކުރި 2 ބިސް، 1 އޯވިއުލޭޝަން ސައިކަލްގައި ފަރޓިލައިޒް ވީއެވެ. ޕްރޮފެސަރ ޑޭވިސް ބުނި ގޮތުގައި ރޮކްސީއާއި ރިބެލްއަކީ އެއް ބަނޑެއްގެ، 2 'އެޕަރޓްމަންޓެއްގައި' އުފެދުނު އެއްމާބަނޑު ދެބެންނެވެ.

ދެ ރަހިމުގައި ދެ ދަރިންއަލަބާމާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
16 ފެބުރުއަރީ 2017

ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!

16 ފެބުރުއަރީ 2017
ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
02 ފެބުރުއަރީ 2017

ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ

02 ފެބުރުއަރީ 2017
ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ
17 ޖެނުއަރީ 2017

ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް

17 ޖެނުއަރީ 2017
ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
08 ޖެނުއަރީ 2017

"ރަންގޫން" ގެ އޮފިޝަލް ޓްރެއިލަރ އަށް އެއްދުވަސްތެރޭ ނުވަ މިލިއަން ވިއުސް

08 ޖެނުއަރީ 2017
 "ރަންގޫން" ގެ އޮފިޝަލް ޓްރެއިލަރ އަށް އެއްދުވަސްތެރޭ ނުވަ މިލިއަން ވިއުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް