Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައިލޯ ވީއޭއެމް ކަޕް

ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދައިފި

14 ޖުލައި 2024 | އާދީއްތަ 06:08

މީގެ ކުރިން ވެމްކޯ އިން ވަނީ 2019، 2022 ވަނަ އަދި 2023 ވަނަ އަހަރު ވެސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2024 | އާދީއްތަ 06:08
ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން ހޯދި ކުލަބު ވެމްކޯ އިން ތަށި އުފުލާލަނީ

ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން ހޯދި ކުލަބު ވެމްކޯ އިން ތަށި އުފުލާލަނީ

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުލަބު ވެމްކޯ އިން ހޯދައިފި އެވެ.

ކުލަބު ވެމްކޯ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ހޮނިހިރު ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ޕޮލިސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޕޮލިސް ކުލަބުގެ މައްޗަށް ވެމްކޯ އިން ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓާއި ދެ ވަނަ ސެޓު ކާމިޔާބު ކުރީ ވެމްކޯ އިންނެވެ. އެއީ ފުރަތަމަ ސެޓު 25-19 އަދި ދެ ވަނަ ސެޓު 25-23ންނެވެ. ނަމަވެސް ޕޮލިސް ކުލަަބުން ވަނީ ތިން ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް، އެ ސެޓު ކާމިޔާބުކޮށް އުންމީދެއް ހޯދައިފަ އެވެ. ޕޮލިސް ކުލަބުން ތިން ވަނަ ސެޓު ކާމިޔާބު ކުރީ 13-25ންނެވެ. މެޗުގެ ހަތަރު ވަނަ ސެޓުގައި ވެސް ޕޮލިސް ކުލަބުން ވަނީ ރަނގަޅަށް ސެޓު ފަށައިފަ އެވެ. މި ސެޓުގައި އެ ޓީމުން ލީޑު ވެސް ހޯދި އެވެ، އެހެން ނަމަވެސް، ވެމްކޯ އިން ވަނީ ކުޅުން ރަނގަޅުކޮށް މި ސެޓު ކާމިޔާބު ކޮށްފަ އެވެ. ހަތަރު ވަނަ ސެޓު 25-21ން ކާމިޔާބުކޮށް ވެމްކޯ އިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިއަހަރުގެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ، ވެމްކޯގެ އައިޝަތު މާޖިދާ، ޖޫޒާން ޒަރީރު، މާޔާ ޙުސެއިން ޞަލާޙު، ފައިޙާ މުޙައްމަދު، ޕޮލިސް ކުލަބުގެ ޙައްވާ ރާޝިދާ، މަރިޔަމް އަޒުމާ އަދި ވޮލީ ބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އާމިނަތު ރިޔާޝާ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ވެމްކޯގެ ކޯޗު އަޙުމަދު އަދީލް (ބޭބެ) އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ޕޮލިސް ކުލަބުގެ މާސާ ފާރޫގް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ މާޖިދާ އެވެ.

މިއީ ވެމްކޯ އިން މުބާރާތް ކާމިޔާބު ކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ވަނީ 2019، 2022 ވަނަ އަދި 2023 ވަނަ އަހަރު ވެސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ވެމްކޯ އިން ހަތަރު ފަހަރު ވެސް މުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި ޕޮލިސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ

08 ފެބުރުއަރީ 2017
ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް